އުރީދޫ ޕްރިޕެއިޑް ކަސްޓަމަރުންނަށް އުރީދޫ އާޗާ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ފަސޭހަކަމާއެކު އިންޓަނެޓް ބޭނުންކޮށް، މެދުކެނޑުމެއްނެތި ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިދެއެވެ.
އުރީދޫން ބުނީ، އާޗާ 750 ޕްލޭން މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަ ޖީބީގެ ޑޭޓާ ލިބޭނެ ކަމަށެވެ. އަދި އުރީދޫ ނަންބަރުތަކަށް ހިލޭ ގުޅޭނެ ގޮތް ހަމަޖެހިފައިވާތީ، އާއިލާ އާއި ރައްޓެހިންނާ އެކު އަބަދުވެސް ގާތް ގުޅުމެއް ބޭއްވުމަށް ފުރުސަތު ފަހިވާނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.
އުރީދޫން ބުނި ގޮތުގައި، ހަތަރު ހަފުތާގެ މުއްދަތަށް ހުންނަ މި ޕެކޭޖަކީ ދުވަހުން ދުވަހަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތަކަށް އެންމެ އެކަށީގެންވާ ޕެކޭޖެވެ.
އާޗާ ޕޯޓްފޯލިއޯގައި ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ތަފާތު ޕެކޭޖުތައް ހިމެނެއެވެ. މި ޕެކޭޖުތަކަކީ އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަން އެ ކުންފުނިން ފާހަގަކުރިއެވެ.
އެގޮތުން، މުނިފޫހިފިލުވުމަށާއި މަސައްކަތުގެ ބޭނުންތަކަށް ވެސް އާޗާ ޕެކޭޖުތަކަކީ މިހާރުގެ ޑިޖިޓަލް ޒަމާނާ އެކަށޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖުތަކެއް ކަމަށް އުރީދޫން ބުންޏެވެ.
ކަސްޓަމަރުންނަށް އުރީދޫ ސުޕަ އެޕް މެދުވެރިކޮށް ވަރަށް ފަސޭހައިން އާޗާ ޕެކޭޖުތައް އެކްޓިވޭޓް ކުރެވޭނެއެވެ. މިއީ ކޮންމެ ތަނެއްގައި ހުރެގެން ވެސް ޚިދުމަތްތައް މެނޭޖުކުރުމަށް ލިބޭ ފަސޭހަ މަގެކެވެ.
އުރީދޫ މޯލްޑިވްސްގެ އަމާޒަކީ އާންމު ދިރިއުޅުމަށް ފަސޭހަކޮށްދޭ އީޖާދީ ޚިދުމަތްތައް ފޯރުކޮށްދީ، ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުން ކަމަށް އުރީދޫން ބުންޏެވެ.