ކުޑަކުދިން ކުޅޭނެ ތަނަކާއި ފުޑް ޓްރަކްތަކަކާއެކު ހިއްތަން މައިޒާން އަލުން ހުޅުވައިފި

ތަރައްގީކުރުމަށްފަހު އަލުން ހުޅުވި ހިއްތަން މައިޒާން: އެ ތަނުގައި ޕްލޭ ކޯނާއަކާއި، ފުޑް ޓްރަކްތަކެއް ވަނީ ބަހައްޓާފައި -- ސަން ފޮޓޯ/ އަހުމަދު އިޔާދު

މާލޭގައި ހުންނަ ހިއްތަން މައިޒާން 2024 ވަނަ އަހަރު މަރާމާތަށް ބަންދުކުރުމަށްފަހު، އިތުރު ފުރިހަމަކަމާއެކު އަލުން ވަނީ ހުޅުވާފައެވެ. މި މައިޒާން ތަރައްގީކޮށްފައިވަނީ ކުޑަކުދިންނަށް ޚާއްސަ ޕްލޭ ކޯނާއަކާއި، އާއިލާތަކަށް އެކުގައި ވަގުތު ހޭދަކޮށްލެވޭނެ އިންތިޒާމުތަކާއެކުގައެވެ. މީގެ އިތުރުން ޓޭކްއަވޭއަށް ކާތަކެތި ވިއްކާ ފުޑް ޓްރަކްތަކެއްވެސް މި ތަނުގައި ވަނީ ބަހައްޓާފައެވެ. މިއީ މާލޭ ސިޓީ ކައުންސިލުގެ ޗާލު މާލެ ސިޓީ އަމާޒުގެ ދަށުން ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހުޅުވުނު ތަނެކެވެ.

  • 2024 ވަނަ އަހަރު ބަންދުކުރި ހިއްތަން މައިޒާން އަލުން ހުޅުވައިފި
  • ކުޑަކުދިން ކުޅޭނެ ޚާއްސަ ސަރަހައްދެއް ގާއިމުކުރުން
  • ޓޭކްއަވޭ ޚިދުމަތްދޭ ފުޑް ޓްރަކްތައް ބެހެއްޓުން
  • މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކުރެވުނު މަސައްކަތެއްކަން

ކުޑަކުދިން ކުޅޭނެ ތަނަކާއި، ފުޑް ޓްރަކްތަކަކާއެކު ހިއްތަން މައިޒާން ތަރައްގީކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.

ހިއްތަން މައިޒާން މަރާމާތަށް ބަންދުކުރީ 2024 ވަނަ އަހަރެވެ.

އެ ތަނުގައި ހިމާޔަތްކޮށްފައިވާ ބޮޑު ބިޔަ ގަހެއް ހުންނައިރު، އެ މައިޒާން ހުންނަނީ އެ ގަހުގެ ވަށައިގެންނެވެ.

ތަރައްގީކުރުމަށްފަހު އަލުން ހުޅުވި ހިއްތަން މައިޒާން: އެ ތަނުގައި ޕްލޭ ކޯނާއަކާއި، ފުޑް ޓްރަކްތަކެއް ވަނީ ބަހައްޓާފައި -- ސަން ފޮޓޯ/ އަހުމަދު އިޔާދު

އެ މައިޒާން އަލުން ހުޅުވިއިރު ކުޑަކުދިން ކުޅޭނެ ޕްލޭ ކޯނާއެއް ވަނީ ހަދައިފައެވެ. އަދި ކުޑަކުދިން ގޮވައިގެން އާއިލާތަކުން އައިސް ތިބެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

ހަމައެއާއެކު ފުޑް ޓްރަކްތަކެއް ވެސް ވަނީ އެ މައިޒާނުގައި ބަހައްޓައިފައެވެ. އެއީ ޓޭކް-އަވޭ އަށް ކާތަކެތި ވިއްކާ ފުޑް ޓްރަކްތަކެކެވެ.

މާލޭ ސިޓީ ކައުންސިލުން, މާލޭގެ އެކި ސަރަޙައްދު ތަކުގައި ހިތްފަސޭހަ މައިޒާންތައް ތަރައްގީކުރަން ފެށީ 2023 ވަނަ އަހަރެވެ. އެ މަސައްކަތަކީ މާލެ ސިޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަދި "ޗާލު މާލެ ސިޓީ" އަމާޒަށް ވާސިލްވުމަށްޓަކައި ކުރާ މަސައްކަތެކެވެ.

comment ކޮމެންޓް