އެމްއައިބީން މާލޭގައި އާ އޭޓީއެމްއެއް ހުޅުވައިފި

އެމްއައިބީން މާލޭގައި އާ އޭޓީއެމްއެއް ހުޅުވައިފި -- ފޮޓޯ/ އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާލޭގެ އޯކިޑް މަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގައި 24 ގަޑިއިރު ޚިދުމަތް ލިބޭ އާ އޭޓީއެމްއެއް ހުޅުވައިފިއެވެ. މި އޭޓީއެމް ހުޅުވައިދެއްވީ ބޭންކުގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަޙްމަދު ރިޒާއެވެ. މިއީ މާލޭގައި އެ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގާއިމުކުރެވުނު އޭޓީއެމްއެކެވެ. މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާއާއި ޑޮލަރު ޖަމާކޮށް އަދި ނެގޭނެއެވެ. އަދި މިކަމުގެ ސަބަބުން އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނަށާއި ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަސޭހަވެގެންދާނެއެވެ.

  • އޯކިޑް މަގުގެ އެމްއެސްއެލް ބިލްޑިންގައި 24 ގަޑިއިރު ޚިދުމަތް ލިބޭ އޭޓީއެމްއެއް ގާއިމުކުރުން
  • މި އޭޓީއެމް ހުޅުވައިދެއްވީ އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަޙްމަދު ރިޒާ
  • ދިވެހި ރުފިޔާއާއި ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބުން
  • އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނަށާއި ފަތުރުވެރިންނަށް ފަސޭހަވެގެންދިއުން

އޯކިޑް މަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 24 ގަޑިއިރު ޚިދުމަތް ލިބޭ އާ އޭޓީއެމްއެއް ހުޅުވައިފިއެވެ.

މި އޭޓީއެމް ހުޅުވައިދެއްވީ އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު، އަޙްމަދު ރިޒާއެވެ.

އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު، އަޙްމަދު ރިޒާ އާ އޭޓީއެމް ހުޅުވައިދެއްވަނީ -- ފޮޓޯ/ އެމްއައިބީ

އެމްއައިބީން ބުނި ގޮތުގައި މިއީ އާބާދީ ބޮޑު މާލޭ ސިޓީގައި އެމްއައިބީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ.

މި އޭޓީއެމްއަކީ ދިވެހި ރުފިޔާއާއި ޑޮލަރު ޖަމާކޮށް، އަދި ނެގޭ ގޮތައް ފަރުމާކުރެވިފައިވާ އޭޓިއެމްއެކެވެ.

އެމްއައިބީން މާލޭގައި އާ އޭޓީއެމްއެއް ހުޅުވައިފި -- ފޮޓޯ/ އެމްއައިބީ

މި އޭޓީއެމްގެ ސަބަބުން، ބޮޑެތި އޮފީސް ބްލޮކްތަކުން ވަށާލެވިފައިވާ އެ ސަރަޙައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކީ އެމްއައިބީގެ އެކައުންޓް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އަދި މި ސަރަޙައްދަކީ ޖެޓީއާ ކައިރި ސަރަޙައްދަކަށްވުމުން ފަތުރުވެރިންނަށް ވެސް މި ޚިދުމަތްތައް ފަސޭހައިން ބޭނުންކުރެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ.

comment ކޮމެންޓް