ގައުމީ ޔުނިވާސިޓީގައި ކިޔަވައި، އަޑުއިވުމުން މަހުރޫމްވެފައިވާ ދަރިވަރެއް މުޅިން އަލަށް ދަސްވެނިވެއްޖެ

ދަސްވެނިވި ރާހިލްއާއެކު މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަޑުއިވުމުން މަހުރޫމްވެފައިވާ ދަރިވަރަކު ބެޗެލާސް ޑިގްރީ ފުރިހަމަކޮށްފިއެވެ. އިސްމާއީލް ރާހިލް ނަމަކަށްކިޔާ މި ދަރިވަރު ފުރިހަމަކޮށްފައިވަނީ ބެޗެލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ކޯހެކެވެ. މިއީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މަތީ ތައުލީމު ހާސިލްކުރުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި ކާމިޔާބީ ފާހަގަކޮށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވަނީ ރާހިލްއަށް މަރުހަބާ ވިދާޅުވެފައެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ނުކުޅެދުންތެރިކަމަކީ ކިޔެވުމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދިން އުންމީދީ ކަމެކެވެ.

  • ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އަޑުއިވުމުން މަހުރޫމްވެފައިވާ ފުރަތަމަ ދަރިވަރު ޑިގްރީ ހާސިލްކުރުން.
  • އިސްމާއީލް ރާހިލް ފުރިހަމަކުރީ ބެޗެލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ކޯސް.
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ރާހިލްއަށް މަރުހަބާ ވިދާޅުވުން.
  • މިއީ ޚާއްސަ އެހީއަށް ބޭނުންވާ އެހެން ކުދިންނަށް ވެސް ހުޅުވިގެންދިޔަ އުންމީދީ ދޮރެއްކަމަށް ގިނަ ބަޔަކު ފާހަގަކުރުން.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ތާރީޚުގައި އަޑުއިވުމުން މަހުރޫމްވެފައިވާ ދަރިވަރަކު ފުރަތަމަ ފަހަރަށް ބެޗެލާސް ޑިގްރީ ފުރިހަމަކޮށް، މިއަދު ދަސްވެނިވެއްޖެއެވެ.

ދަސްވެނިވެފައިވަނީ އަޑުއިވުމުން މަހުރޫމްވެފައިވާ ދަރިވަރެއްކަމަށްވާ އިސްމާއީލް ރާހިލެވެ. އޭނާ ދަސްވެނިވެފައިވަނީ ބެޗެލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯހުންނެވެ.

މިއީ އަޑުއިވުމުން މަހުރޫމްވެފައިވާ ދަރިވަރަކު، ގައުމީ ޔުނިވާސިޓީން މި ފެންވަރުގެ ކޯހެއް ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.

މިކަމާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު މަރުހަބާގެ ޕޯސްޓެއްގައި ވަނީ، އޭނާއަށް މިނިސްޓަރު ރ. އިސްމާއީލް ޝަފީއު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މި ކާމިޔާބީއާއެކު ގިނަ ބަތަކު އަންނަނީ ރާހިލް އަކީ އަޑުއިވުމުން މަހުރޫމްވެފައިވާ ކުއްޖެއް ނަމަވެސް އޭނާ ދައްކުވައިދިނީ އެއީ ކިޔެވުމަށް އޮތް ހުރަހެއް ނޫން ކަމަށް ބުނަމުންނެވެ. އަދި މިއީ އެ ފަދަ ކުދިންނަށް މަތީ ތައުލީމުގެ ދާއިރާއިން ހުޅުވިގެންދިޔަ އުންމީދީ ދޮރެއްގެ ގޮތުގައި އެ ގިނަ ބަޔަކު ފާހަގަކުރެއެވެ.

comment ކޮމެންޓް