7,000ގެ ބޮޑު ބެޓެރީއަކާއެކު ވީވޯ އެކްސް500 ސީރީޒް ނެރެނީ

200 މެގަޕިކްސެލްގެ ޕެރިސްކޯޕް ޓެލެފޯޓޯ ކެމެރާއެއް މި ސީރީޒްގެ ފޯނުތަކުގައި ހިމެނޭނެ ---

ސްމާޓްފޯނު އުފައްދާ މަޝްހޫރު ކުންފުނި ވީވޯއިން އެކްސް300 ސީރީޒްއަށްފަހު ދެން ނެރެން ހަމަޖެހިފައިވަނީ އެކްސް500 ސީރީޒްގެ ފޯނުތަކެވެ. 4 ނަންބަރަކީ ބަދު ނަސީބު ނަންބަރެއް ކަމަށް ބެލެވޭތީ އެކްސް400 ސީރީޒް ދޫކޮށްލުމަށްފަހު ނެރޭ މި އާ ސީރީޒްގައި މައިގަނޑު ގޮތެއްގައި ތިން މޮޑެލްއެއް ހިމެނޭނެއެވެ. އެއީ އެކްސް500، އެކްސް500 ޕްރޯ އަދި އަލަށް ތައާރަފުކުރާ އެކްސް500އީ އެވެ. މި ފޯނުތަކުގެ އެންމެ ފާހަގަކޮށްލެވޭ ސިފަތަކުގެ ތެރޭގައި 7000 އެމްއޭއެޗްގެ ބޮޑު ބެޓެރީއަކާއި 100 ވޮޓްގެ ފާސްޓް ޗާޖިންގ ހިމެނެއެވެ. މީގެ އިތުރުން މީޑިއާޓެކް ޑައިމެންސިޓީ 9600 ޕްރޮސެސަރާއި، ފެންވަރު ރަނގަޅު ކެމެރާ ސިސްޓަމްތަކެއްވެސް ހުންނާނެކަމަށް އޮންލައިން ލީކުތަކުން ބުނެއެވެ.

  • ވީވޯއިން ދެން ނެރޭނީ އެކްސް400 ގެ ބަދަލުގައި އެކްސް500 ސީރީޒްގެ ފޯނުތައް
  • މި ސީރީޒްގައި މަދުވެގެން ތިން މޮޑެލްއެއް ހިމެނޭނެ
  • ފޯނުތަކުގައި 7000 އެމްއޭއެޗްގެ ބެޓެރީއަކާއި 100 ވޮޓްގެ ފާސްޓް ޗާޖިންގ ހުންނާނެ
  • މީޑިއާޓެކް ޑައިމެންސިޓީ 9600 ޗިޕްސެޓާއި މަތީ ފެންވަރުގެ ކެމެރާތައް ހިމެނޭނެ

ސްމާޓް ފޯނާއި އެފަދަ ތަކެތި އުފެއްދުމުގައި ދުނިޔޭގައި ނަންހިނގާ ޗައިނާގެ ވީވޯ ކުންފުނިން ދެންނެރޭ ފޯން ސީރީޒްގައި 7،000 އެމްއޭއެޗްގެ ބޮޑު ބެޓެރީއެއް ހިމެނޭނެކަން އޮންލައިން ލީކްތަކުން މައުލޫމާތު ލިބިއްޖެއެވެ.

ވީވޯ ކުންފުނީގެ އެކްސް300 ސީރީޒްގެ ފޯނުތައް އިންޑިއާގެ މާކެޓަށް ނެރުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެ ކުންފުނީގެ ދެން އަންނަން އޮތް ފޯނު ސީރީޒްގެ މައުލޫމާތު އޮންލައިންކޮށް ލީކުވާން ފަށާފައިވާއިރު، ވީވޯއިން ދެން ނެރޭނީ "އެކްސް400" ސީރީޒްގެ ބަދަލުގައި "އެކްސް500" ބްރޭންޑިންގެ ފޯނުތަކެއް ކަމަށް ބެލެވެއެވެ.

މިއީ އޭޝިއާގެ ބައެއް ގައުމުތަކުގައި 4 މި ނަންބަރަކީ ބަދު ނަސީބު ނަންބަރެއްގެ ގޮތުގައި ބަލާތީ، އެ ނަންބަރު ބޭނުންކުރުމުން ދުރުހެލިވުމަށް ނިންމި ނިންމުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސީރީޒްގައި މަދުވެގެން ތިން މޮޑެލްއެއް ހިމެނޭނެ ---

އައިއެމްއީއައި ޑޭޓާބޭސްއިން ފެނިފައިވާ ސްކްރީންޝޮޓްތަކަށް ބަލާއިރު، މި ސީރީޒްގައި މަދުވެގެން ތިން މޮޑެލްއެއް ހިމެނޭނެއެވެ. އެއީ ވީވޯ އެކްސް500، ވީވޯ އެކްސް500 ޕްރޯ އަދި ވީވޯ އެކްސް500އީ އެވެ. މީގެ ތެރެއިން އެކްސް500އީ އަކީ މި ސީރީޒްއަށް އަލަށް އިތުރުވާ މޮޑެލްއެއް ކަމަށް ބެލެވެއެވެ.

ޓެކްނޮލޮޖީގެ މާހިރުން ލަފާކުރާ ގޮތުގައި ވީވޯ އެކްސް500 ގައި ހިމެނޭނީ 6.37 އިންޗީގެ ސްކްރީނެކެވެ. އަދި ޕްރޯ މޮޑެލްގައި 6.83 އިންޗީގެ ބޮޑު ސްކްރީނެއް ހިމެނޭނެއެވެ. މި ދެ ފޯނުގައިވެސް 3ޑީ އަލްޓްރާސޮނިކް ފިންގާޕްރިންޓް ސެންސަރާއި، 144 ހާޓްޒްގެ ރިފްރެޝް ރޭޓް ހުންނާނެ ކަމަށް ވަނީ ލީކުވެފައެވެ.

ޕްރޮސެސަރަށް ބަލާއިރު، މި ފޯނުތަކުގައި ބޭނުންކުރާނީ މީޑިއާޓެކް ޑައިމެންސިޓީ 9600 ސީރީޒްގެ ޗިޕްސެޓްތަކެވެ. އަދި 7,000 އެމްއޭއެޗްގެ ބޮޑު ބެޓެރީއަކާއެކު 100 ވޮޓްގެ ފާސްޓް ޗާޖިންގް ސަޕޯޓް މި ފޯނުތަކަށް ލިބޭނެ ކަމަށް ބެލެވެއެވެ.

މި ފޯނުތަކުގެ ކެމެރާއަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ލޯފިކް ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ 50 މެގަޕިކްސެލްގެ މައި ކެމެރާއެއްގެ އިތުރުން، 200 މެގަޕިކްސެލްގެ ޕެރިސްކޯޕް ޓެލެފޯޓޯ ކެމެރާއެއް މި ސީރީޒްގެ ފޯނުތަކުގައި ހިމެނޭނެ ކަމަށް ލީކްތަކުގައި ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ވީވޯ އެކްސް500 ޕްރޯ މެކްގެ ނަމުގައި އިތުރު މޮޑެލްއެއްވެސް މި ސީރީޒްގެ ތެރެއިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ލީކްވެފައިވާ މައުލޫމާތުތަކުގައި ބުނެފައިވެއެވެ.

comment ކޮމެންޓް