މާލެ އަތޮޅު ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް އޮގްޒޮން ކެރިއާ 2 ނަމަކަށް ކިޔާ ދޯންޏެއްގައި މިއަދު ވަނީ އަލިފާން ރޯވެފައެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް އަދި ހުޅުމާލޭ ފަޔާ ސްޓޭޝަނުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. އަދި އަލިފާން ނިއްވާލުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންދާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގި ވަގުތު ދޯނީގައި މީހުން ތިބިކަން ނުވަތަ ނޫންކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ. ކަނޑުމަތީގައި ހިނގާ މިފަދަ ހާދިސާތަކަކީ ވަރަށް ނުރައްކާތެރި އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަންކަމެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން ދަނީ މިކަން ވަރަށް ގާތުން ބަލަމުންނެވެ.
- ގުޅީފަޅު ކައިރީ އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ
- ރޯވެފައިވަނީ އޮގްޒޮން ކެރިއާ 2 ކިޔާ ދޯންޏެއްގައި
- އެމްއެންޑީއެފް ހުޅުމާލޭ ފަޔާ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދޭ
- ދޯނީގައި މީހުން ތިބިކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވޭ
ކ. ގުޅީފަޅު ކައިރީ އޮތް ދޯންޏެއްގައި މިއަދު ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ރޯވެފައި ވަނީ ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއާ 2" ނަމަކަށްކިޔާ ދޯންޏެއްގައި ކަމަށެވެ. އެ މުއައްސަސާއިން ބުނި ގޮތުގައި އެ ހާދިސާގެ ރިޕޯޓު ލިބުނީ 13:22 ހާއިރެވެ.
އެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ދަތުރުކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ސަރަހައްދަށް ގޮސް ފަޔާފައިޓަރުން ކުރި މަސައްކަތުން، ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ 14:45 ހާއިރުކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ފަސް މީހުން ތިބި ކަމަށާއި، އަލިފާން ރޯވުމުން އެ މީހުން ވަނީ އެހެން ދޯންޏަކަށް އަރައި، ރައްކާތެރިކަން ހޯދައިފައި ކަމަށެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯނީގެ އިންޖީނު ރޫމަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި ކަމަަށް އެމްއެންޑީއެފުން ބުންޏެވެ.