އިސްކަންދަރު ސްކޫލުގެ 65 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

10 މެއި 2026: އިސްކަންދަރު ސްކޫލަށް 65 އަހަރު ފުރުން މިއަދު ފާހަގަ ކޮށްފި: އެ ޚާއްސަ މުނާސަބަތު ފާހަގަ ކުރުމަށް އެ ސްކޫލުގައި މިއަދު ވަނީ ޚާއްސަ އެސެމްބްލީއެއް ބާއްވާފައި-- ސަން ފޮޓޯ: ޝާތިއު އަބްދުالله

މިއަދު އިސްކަންދަރު ސްކޫލަށް 65 އަހަރު ފުރުމުގެ މުނާސަބަތު، ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެ ސްކޫލުގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ އެސެމްބްލީގައި ޕްރިންސިޕަލް މުޙައްމަދު ޝުކުރީ ވަނީ ދަރިވަރުންނަށް ނަމޫނާ ކުދިންނަށް ވުމަށް ގޮވާލައްވައިފައެވެ. އަދި ސްކޫލަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލައާއި ސެޓްފިކެޓް ވަނީ ދީފައެވެ. 1961 ގައި ފެށުނު މި ސްކޫލަކީ މިހާރު 1800 އަށްވުރެ ގިނަ ކުދިންނަށް ތަޢުލީމު ދެމުން އަންނަ ބޮޑު ސްކޫލެކެވެ.

  • އިސްކަންދަރު ސްކޫލަށް 65 އަހަރު ފުރުން ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ފާހަގަކުރުން.
  • ޕްރިންސިޕަލް މުޙައްމަދު ޝުކުރީ ދަރިވަރުންނަށް ނަމޫނާ ކުދިންނަށް ވުމަށް އިލްތިމާސްކުރެއްވުން.
  • ސްކޫލަށް ގިނަ ދުވަހު ޚިދުމަތްކުރި މުވައްޒަފުންނަށް އެވޯޑު ދިނުން.
  • 1961 ވަނަ އަހަރު 185 ދަރިވަރުންނާއެކު ފެށި ސްކޫލުގައި މިހާރު 1800 އަށްވުރެ ގިނަ ދަރިވަރުން ކިޔެވުން.
  • ސްކޫލުގެ ނަން ތަފާތު ފަހަރުމަތިން ބަދަލުކުރުމަށްފަހު، މިހާރުގެ ނަމަށް ބަދަލުކުރެވުނީ 1980 ގައި.

އިސްކަންދަރު ސްކޫލަށް 65 އަހަރު ފުރުމުގެ މުނާސަބަތު, މިއަދު އެ ސްކޫލުގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި މުނާސަބަތާ ގުޅިގެން މިއަދު ހެނދުނު އެ ސްކޫލުގައި ވަނީ ޚާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. އިސްކަންދަރު ސްކޫލުގެ އަހަރީ ދުވަހަކީ މެއި މަހުގެ 10 ވަނަ ދުވަސް ކަމަށްވާއިރު، އެ ދުވަހަކީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ވެސް ފާހަގަކުރާ ދުވަސް ކަމުން، ކޮންމެ އަހަރަކު ވެސް އެ ސްކޫލުން އަހަރީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެންނެވެ.

މިއަދު ބޭއްވި ޚާއްޞަ އެސަމްބްލީގައި އަހަރީ ދުވަހާ ގުޅޭ ގޮތުން މުދައްރިސުންނާއި ދަރިވަރުން ޝުއޫރު ފާޅުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތުގައި ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން ސްކޫލުގެ ޕްރިންސިޕަލް އަދި މެނޭޖުމަންޓުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަހަރީ ދުވަހާ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުކުރީއެވެ.

10 މެއި 2026: އިސްކަންދަރު ސްކޫލަށް 65 އަހަރު ފުރުން މިއަދު ފާހަގަކޮށްފި: އެ ޚާއްސަ މުނާސަބަތު ފާހަގަ ކުރުމަށް އެ ސްކޫލުގައި މިއަދު ވަނީ ޚާއްސަ އެސެމްބްލީއެއް ބާއްވާފައި-- ސަން ފޮޓޯ: ޝާތިއު އަބްދުالله

އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް މުޙައްމަދު ޝުކުރީ ވަނީ އަހަރީ ދުވަހުގެ ތަހުނިޔާއާއި ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ. ޕްރިންސިޕަލްގެ ވާހަކަފުޅުގައި، އިސްކަންދަރު ސްކޫލަކީ ނަމޫނާ ސްކޫލެއްކަން ފާހަގަކުރައްވައި، އެ ސްކޫލުގެ ދަރިވަރުންނަކީ އަޚުލާޤާއި ކިޔެވުމުގައި ވެސް ނަމޫނާ ދައްކާ ކުދިންތަކަކަށް ވުމަށް ގޮވާލެއްވިއެވެ.

އަދި، އިސްކަންދަރު ސްކޫލަކީ ހުރިހާ ގޮތަކުން ވެސް "ނަމްބަރު ވަން" ސްކޫލަށް ހެދުމަށް މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އޭނާ އަލިއަޅުވާލެއްވިއެވެ.

މި ހަފުލާގައި ސްކޫލަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފައިވެއެވެ. އެގޮތުން 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި މުވައްޒަފުންނަށް ޚާއްސަ ހަނދާނީ ފިލައެއް އެރުވިއިރު، 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޓީޗަރުންނަށް ވަނީ ސެޓްފިކެޓް ދީފައެވެ. މީގެ އިތުރުން، ދަރިވަރުންނާއި ޓީޗަރުންގެ ފަރާތުން ތަފާތު އައިޓަމްތައް އެސެމްބްލީގައި ހުށަހަޅައިދީފައިވެއެވެ.

10 މެއި 2026: އިސްކަންދަރު ސްކޫލަށް 65 އަހަރު ފުރުން މިއަދު ފާހަގަ ކޮށްފި: އެ ޚާއްސަ މުނާސަބަތު ފާހަގަ ކުރުމަށް އެ ސްކޫލުގައި މިއަދު ވަނީ ޚާއްސަ އެސެމްބްލީއެއް ބާއްވާފައި-- ސަން ފޮޓޯ: ޝާތިއު އަބްދުالله

ފެށުނުއިރު 580 ދަރިވަރުން ތިބި ނަމަވެސް، މިއަދު އިސްކަންދަރު ސްކޫލަކީ 1800 އަށްވުރެ ގިނަ ދަރިވަރުން ގްރޭޑް އެކަކުން 10 އަކަށް ތައުލީމު ހާސިލުކުރަމުން އަންނަ ބޮޑު ސްކޫލެކެވެ. މިއަދު ހެނދުނު ބޭއްވި އެސެމްބްލީގެ އިތުރުން، މެންދުރު ފަހު ދަންފަޅީގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ވެސް އެސެމްބްލީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޝުކުރީ ވިދާޅުވީ ކުޑަކުދިންގެ ދުވަހަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ދުވަހެއް ކަމަށެވެ.

"ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 10 ވަނަ ދުވަހު މި ފާހަގަކުރާ ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ފެށުނީ 1954 ވަނަ އަހަރު. މި ދުވަސް މުހިންމު ދުވަހެއްގެ ގޮތުގައި ފާހަގަކުރި ނަމަވެސް މާޒީއަށް ބަލާއިރު، ކުޑަކުދިންނަށް އެ ކުދިންގެ ގޮތުގައި އައީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުން،" ޕްރިންސިޕަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުޑަކުދިންނަށް ފަހި މާހައުލެއް ނެތުމާއި ހަނގުރާމަތަކުގެ ސަބަބުން ގިނަ ކުދިންތަކަކަށް ޅަ އުމުރުގައި މަސައްކަތުގެ މާހައުލަށް ނުކުމެ އާމްދަނީ ހޯދަން މާޒީގައި މަޖުބޫރުވެފައިވެއެވެ.

10 މެއި 2026: އިސްކަންދަރު ސްކޫލަށް 65 އަހަރު ފުރުން މިއަދު ފާހަގަ ކޮށްފި: އެ ޚާއްސަ މުނާސަބަތު ފާހަގަ ކުރުމަށް އެ ސްކޫލުގައި މިއަދު ވަނީ ޚާއްސަ އެސެމްބްލީއެއް ބާއްވާފައި-- ސަން ފޮޓޯ: ޝާތިއު އަބްދުالله

އިސްކަންދަރު ސުކޫލް ހުޅުވުނީ 10 މެއި 1961 ގައި ހަމީދިއްޔާ މޮންޓެސޫރީ ސުކޫލުގެ ނަމުގައެވެ. އޭރު މި ސްކޫލު އަކީ އަމީނިއްޔާ އަދި މަޖީދިއްޔާއަށް ދާ ޕްރައިމަރީ ގްރޭޑްތަކަށް ކުދިން ތައްޔާރުކުރުމަށް ކިޔަވައިދިނުމުގެ ކަރިކިއުލަމް ބައްޓަށްކޮށްގެން ކިޔަވައި ދެމުން ގެންދިޔަ ތަނެކެވެ.

ކުރިން 1961 ވަނަ އަހަރު އިސްކަންދަރު ސުކޫލުގައި ތިބީ 185 ދަރިވަރުންނާއި، ޕްރިންސިޕަލާ އެކު ޖުމުލަ ހަ ޓީޗަރުންނެވެ. އަދި، 1970 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސުކޫލްގެ ނަން ނާސިރިއްޔާ މޮންޓެސޫރީ ސުކޫލުގެ ނަމަށް ބަދަލުކުރެވުނެވެ. އޭގެ ފަހުން، 1978 ވަނަ އަހަރު އިސްކަންދަރު ސުކޫލަށް އިތުރުކުރެވުނު 18 ކްލާސް ރޫމްގައި ޖުމުލަ 588 ދަރިވަރުން ތައުލީމު ޙާޞިލުކޮށްފައިވެއެވެ.

އަދި، 1979 ވަނަ އަހަރު ސުކޫލުގެ ނަން އިސްކަންދަރު މޮންޓެސޫރީ ސުކޫލުގެ ނަމަށް ބަދަލުކުރިއެވެ. އެ ފަހަރު ސުކޫލަށް ނަންދެވުނީ ދިވެހިރާއްޖޭގެ ރަސްކަލެއް ކަމުގައިވާ ސުލްޠާން އިބްރާހިމް އިސްކަންދަރުގެ ނަމާ ގުޅުވައިގެންނެވެ. އިސްކަންދަރު ސުކޫލުގެ ނަމަށް ބަދަލުކުރީ 1 ޖެނުއަރީ 1980 ގައެވެ.

comment ކޮމެންޓް