ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގެ ތެރެއިން: ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލު މިއަދު ވަނީ މަޖިލީހަށް ހުށަހަޅައިފަ....

ދިވެހިރާއްޖޭގައި ޒާތީ މަޢުލޫމާތު ރައްކާތެރިކޮށް، އެ މަޢުލޫމާތު އެއްކުރުމާއި ބޭނުންކުރުމުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އާ ބިލެއް ވަނީ ހުށަހަޅާފައެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ މަޢުލޫމާތުގެ ވެރިފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމާއި، މަޢުލޫމާތު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި ރެގިއުލޭޓްކުރުމެވެ. މި ބިލުގައި މަޢުލޫމާތު ލީކުވުމުން ޢަމަލުކުރާނެ ގޮތްތަކާއި، ބޭރު ޤައުމުތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ.

  • ސަރުކާރުގެ ފަރާތުން ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
  • ބިލު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް.
  • މަޢުލޫމާތުގެ ވެރިފަރާތުގެ ޙައްޤުތައް ޙިމާޔަތްކޮށް، މަޢުލޫމާތު ބޭނުންކުރާ ފަރާތްތައް ރެގިއުލޭޓްކުރުން.
  • ޤާނޫނު ތަންފީޒުކުރުމަށްޓަކައި ޕްރައިވަސީ ކޮމިޝަނަރެއްގެ ދައުރު އިންފޮމޭޝަން ކޮމިޝަނަރަށް މަތިކުރުން.
  • ޑޭޓާ ލީކުވުން ފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން ކަނޑައެޅުން.

ދިވެހިރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި އަދި ބޭނުންކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމެވެ.

އަލީ އިބްރާހީމް ހުށަހެޅުއްވި މި މި ބިލުގެ މައިގަނޑު މަޤްސަދަކީ މަޢުލޫމާތު ނިސްބަތްވާ ފަރާތްތަކުގެ ހައްގުތައް ޙިމާޔަތްކުރުމާއި، މަޢުލޫމާތު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި އެ ފަރާތްތައް ރެގިއުލޭޓްކުރުން ކަމަށް ބުނެފައިވެެއެވެ.

https://sun.mv/221616

މި ބިލުގައި ޒާތީ މަޢުލޫމާތު ޕްރޮސެސްކުރުމުގެ ޢާންމު އުސޫލުތަކާއި، ޚާއްޞަ ބާވަތްތަކުގެ މަޢުލޫމާތު ގެންގުޅޭނެ ގޮތްތަކުގެ އިތުރުން، ރާއްޖޭއިން ބޭރުގެ ފަރާތްތަކަށް މަޢުލޫމާތު ބަދަލުކުރުމާ ގުޅޭ ހަމަތައް ބަޔާންކޮށްފައިވެއެވެ. އަދި ޑޭޓާ ސަބްޖެކްޓުން ނުވަތަ މަޢުލޫމާތުގެ ވެރިފަރާތްތަކަށް ލިބިދޭ ޙައްޤުތަކާއި، ޑޭޓާ ބްރީޗެއް ނުވަތަ މަޢުލޫމާތު ލީކުވުމެއް ފަދަ ކަމެއް ހިނގައިފިނަމަ ޢަމަލުކުރަންޖެހޭ ގޮތްތައްވެސް ހިމަނާފައިވެއެވެ.

މި ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ޕްރައިވަސީ ކޮމިޝަނަރެއްގެ ދައުރު ކަނޑައަޅައި، އެ ފަރާތުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް މި ބިލުން ލިބިދެއެވެ. މީގެ ތެރޭގައި ޝަކުވާ ހުށަހެޅުމާއި، މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ކޮމިޝަނަރަށް ދިނުން ހިމެނެއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މެންބަރު ޢަލީ އިބްރާހީމެވެ.

"މި ބިލުގެ މައިގަނޑު މަގްސަދަކީ މަޢުލޫމާތު ނިސްބަތްވާ ފަރާތްތަކުގެ ޙައްގުތައް ޙިމާޔަތްކުރުމާއި، މަޢުލޫމާތު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި އެފަރާތްތައް ރެގިއުލޭޓްކުރުން. އަދި މި ބިލުގައި ޒާތީ މަޢުލޫމާތު ޕްރޮސެސްކުރުމުގެ ޢާންމު އުސޫލުތަކާއި އަދި ޑޭޓާ ސަބްޖެކްޓުން ނުވަތަ މަޢުލޫމާތުގެ ވެރިފަރާތްތަކަށް ލިބިދޭ ޙައްޤުތަކާއި، ޑޭޓާ ބްރީޗެއް ނުވަތަ މަޢުލޫމާތު ލީކުވުމެއް ފަދަ ކަމެއް ހިނގައިފިނަމަ ޢަމަލުކުރަންޖެހޭ ގޮތްތައްވެސް ހިމެނޭ." ބިލު ހުށަހެޅުއްވި މަގްސަދުގެ ތެރޭގައި ބުނެފައިވެއެވެ.

ބިލު ޤާނޫނަކަށް ވުމުން، ޑޭޓާ ކޮންޓްރޯލް ކުރާ ފަރާތްތަކާއި ޕްރޮސެސް ކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ރެކޯޑު ބަލެހެއްޓުމާ ގުޅޭ ކަންކަން ތަފްސީލީ ގޮތެއްގައި ބަޔާންކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޑޭޓާ ކޮންޓްރޯލް ކުރާ ފަރާތްތަކާއި ޕްރޮސެސް ކުރާ ފަރާތްތަކުން ވަކި ހާލަތްތަކެއްގައި ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން ކަނޑައަޅަން ޖެހޭނެއެވެ. މީގެ އިތުރުން، ޑޭޓާ ބްރީޗެއް ނުވަތަ މަޢުލޫމާތު ލީކުވުމެއް ފަދަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

މި ޤާނޫނު ތަންފީޒުކޮށް ހިންގުމަށްޓަކައި ޕްރައިވަސީ ކޮމިޝަނަރެއްގެ މަޤާމު އުފެއްދުމަށް ބިލުގައި ހިމަނާފައިވާއިރު، ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު އަދާކުރައްވާނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އައްޔަންކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ކޮމިޝަނަރަށް ޤާނޫނު ހިންގުމަށް ބޭނުންވާ ބާރުތަކާއި މަސްއޫލިއްޔަތުތައް ބިލުން ލިބިދޭނެއެވެ.

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އެކުލަވާލާފައިވާ މި ބިލުގެ ދަށުން، ބޭރު ގައުމުތަކާއި ބައިނަލްއަޤުވާމީ އިދާރާތަކަށް ޒާތީ މަޢުލޫމާތު ޓްރާންސްފާކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިގެންދާނެއެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިގްތިޞާދަށާއި މީހުންގެ އަމިއްލަ މިނިވަންކަން ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

comment ކޮމެންޓް