ސަފާރީއަށް އޮޓޮމެޓިކުން ޓެބްތައް ގްރޫޕްކޮށްލެވޭ ފީޗާއެއް ތައާރަފުކުރަނީ

މިއީ ގޫގުލް ކްރޯމް ފަދަ ބްރައުޒާތަކުގައި ބޭނުންކުރާ ޓެބް އޮގަނައިޒޭޝަން ޓޫލްތަކާ އެއްގޮތް މަސައްކަތްތަކެއް ކުރާނެ ފީޗާއެއް ---

އެޕަލް ކުންފުނިން އެފަރާތުގެ އައިފޯން، އައިޕެޑް އަދި މެކް ކޮމްޕިއުޓަރުތަކަށް ނެރުމަށް ތައްޔާރުވަމުންދާ އާ އޮޕަރޭޓިން ސިސްޓަމްތަކާއެކު ސަފާރީ ބްރައުޒާއަށް ބޮޑު ބަދަލެއް ގެނައުމަށް ވަނީ ނިންމާފައެވެ. ބްލޫމްބާގްގެ ރިޕޯޓްތައް ބުނާގޮތުން އައިއޯއެސް 27، އައިޕެޑްއޯއެސް 27 އަދި މެކްއޯއެސް 27 ގެ އަޕްޑޭޓްތަކާއެކު އޭއައި ބޭނުންކޮށްގެން އޮޓޮމެޓިކުން ޓެބްތައް ގްރޫޕްކޮށްދޭ ފީޗާއެއް ތައާރަފުކުރާނެއެވެ.

  • އެޕަލް އިން ސަފާރީއަށް އޮޓޮމެޓިކް ޓެބް ގްރޫޕިން ތައާރަފުކުރަނީ
  • މި ފީޗާ ޓެސްޓްކުރަމުންދަނީ އައިއޯއެސް 27 އަދި މެކްއޯއެސް 27 ގައެވެ
  • އޭއައި ބޭނުންކޮށްގެން ޓެބްތައް ގްރޫޕްކުރާނީ ބަލާ މައުލޫއުތަކަށް ބިނާކޮށެވެ
  • މި އާ ފީޗާތައް ރަސްމީކޮށް ދައްކާލާނީ ޖޫން މަހުގެ ޑަބްލިއުޑަބްލިއުޑީސީ 2027 ގައެވެ

އެޕަލްގެ އައިފޯނާއި، އައިޕެޑް އަދި މެކް ކޮމްޕިއުޓަރުތަކަށް ދެން އެންމެ އަވަހަށް ނެރުމަށް ހަމަޖެހިފައިވާ އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓްތަކާއެކު، ސަފާރީ ބްރައުޒާއަށް އާ ފީޗާއެއް ތައާރަފުކުރުމަށް އެ ކުންފުނިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"އޮޓޮމެޓިކް ގްރޫޕިން ފޯ ޓެބްސް" ގެ ނަމުގައި ތައާރަފުކުރާ މި ފީޗާއަކީ އިންޓަނެޓް ބްރައުޒްކުރާއިރު ހުޅުވާފައި ހުންނަ ޓެބްތައް އަމިއްލައަށް ތަރުތީބުކޮށްލެވޭނެ ނިޒާމެކެވެ.

ބްލޫމްބާގްގެ މާކް ގާމަން ހާމަކުރި ގޮތުގައި، މި އާ ފީޗާ މިހާރު އަންނަނީ އައިއޯއެސް 27، އައިޕެޑްއޯއެސް 27 އަދި މެކްއޯއެސް 27ގެ އަޕްޑޭޓްތަކާއެކު ޓެސްޓްކުރަމުންނެވެ.

މިއީ މިހާރުވެސް ގޫގުލް ކްރޯމް ފަދަ ބްރައުޒާތަކުގައި ބޭނުންކުރާ ޓެބް އޮގަނައިޒޭޝަން ޓޫލްތަކާ އެއްގޮތް މަސައްކަތްތަކެއް ކުރާނެ ފީޗާއެއް ކަމަށް ބެލެވެއެވެ.

މި ފީޗާގެ ސަބަބުން ބްރައުޒާގައި ހުޅުވާފައި ހުންނަ ޓެބްތައް އަމިއްލައަށް ދެނެގަނެ، އެކި މައުލޫއުތަކަށް ނުވަތަ ބޭނުންތަކަށް ބަހާލައިގެން ގްރޫޕްކޮށްލާނެއެވެ.

https://sun.mv/219619

މީގެ ކުރިން ސަފާރީގައި ޓެބް ގްރޫޕްތައް ހަދަން ޖެހެނީ މެނުއަލްކޮށް ނަމަވެސް، އާ އަޕްޑޭޓާއެކު އޭއައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މި މަސައްކަތް އަމިއްލައަށް ކުރެވޭނެ ގޮތް ވެގެންދާނެއެވެ.

ސަފާރީ ބްރައުޒާގެ މަތީގައި އިންނަ ބަޓަނަކުން "އޮގަނައިޒް ޓެބްސް" އިޚްތިޔާރު ކުރުމުން، އޮޓޮމެޓިކުން ޓެބްތައް ގްރޫޕްކުރަން ބޭނުންތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނެއެވެ.

ލީކުވެފައިވާ ކޯޑުތަކުން އެނގޭ ގޮތުގައި، ބްރައުޒާއިން ޓެބްތައް ގްރޫޕްކުރާނީ މީހާ އިންޓަނެޓް ބޭނުންކުރާ މައުލޫއުތަކަށް ބަލައިގެންނެވެ.

މީގެ އިތުރުން އެޕަލްގެ ވިޝަން ޕްރޯ ހެޑްސެޓަށް ޚާއްސަ ވިޝަންއޯއެސް 27 އަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އާ އޭއައި އެޑިޓިން ޓޫލްތަކާއި ސިިރީގެ އާ ފީޗާތައް ހިމެނެއެވެ.

މި ހުރިހާ އާ ފީޗާތަކެއް ރަސްމީކޮށް ދައްކާލާނީ އަންނަ ޖޫން މަހު ބާއްވާ އެޕަލްގެ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ 2027) ގައެވެ.

comment ކޮމެންޓް