އިޤުރާރުވީމޭ ލޯބިން - 33

އިޤުރާރުވީމޭ ލޯބިން -

ޒަހްރާންގެ ފުށުން ފެންނަމުންދާ ގާތްކަމުގެ ސަބަބުން އައިރާގެ ހިތުގައި އުފެދެމުންދާ އިޙްސާސްތައް ކޮންޓްރޯލްކުރުމަށްޓަކައި، އައިރާ ނިންމީ މާލެ ދޫކޮށް ރަށަށް ދިއުމަށެވެ. ނަމަވެސް ޒަހްރާން ވަނީ އޭނާގެ ކޮއްކޮ އަޔާޝްގެ ގާތުގައި އައިރާގެ މާޒީއަށް ބެލުމެއްނެތި އައިރާދެކެ އިންތިހާއަށް ލޯބިވާކަން ހާމަކޮށްފައެވެ. އަދި އައިރާ ފުރައިގެން ދިއުމަށް ޒަހްރާން ހުރަސްއަޅައި، އޭނާގެ ޙަޤީޤީ އިޙްސާސްތައް އައިރާއަށް އަންގައިދިނުމަށް މަސައްކަތްކުރެއެވެ.

  • އައިރާ ޒަހްރާނާ ދުރުހެލިވުމަށްޓަކައި، އެނބުރި ރަށަށް ދިއުމަށް ނިންމައި އެކަން ޒަހްރާނަށާއި ބަސްމާއަށް އެންގުން.
  • ބަސްމާއަށް އައިރާގެ ޙާލަތު އެނގުމުން، އައިރާއަށް ހިތްވަރުދީ ޙަމްދަރުދީ ފާޅުކުރުން.
  • ޒަހްރާން އޭނާގެ ކޮއްކޮ އަޔާޝްއާ ބައްދަލުކޮށް، އައިރާގެ ނިކަމެތި މާޒީއާއި ޙާލަތު އެނގިހުރެވެސް އައިރާދެކެ ޙަޤީޤީ ލޯބިވާކަން ކަށަވަރުކޮށްދިނުން.
  • ޓެރެސް މަތީގައި ޒަހްރާން އައިރާއާ ބައްދަލުކޮށް، އޭނާގެ ހިތުގައިވާ ޖަޒުބާތުތައް ބަލައިގަތުމަށް އައިރާއަށް މަޖުބޫރުކުރުން.
  • އައިރާގެ ނިންމުން: އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ގޮތުން ދުރުހެލިވުމަށް އިސްކަންދިނުން.
  • ޒަހްރާންގެ ސާބިތުކަން: މުޖުތަމަޢުގެ ނަޒަރިއްޔާތަށްވުރެ ލޯތްބާއި އިންސާނިއްޔަތުކަމަށް އިސްކަންދިނުން.
  • ނަފްސާނީ ކުރިމަތިލުން: ދެ ކެރެކްޓަރުންވެސް އެމީހުންގެ އެތެރޭގެ އިޙްސާސްތަކާ ހަނގުރާމަކޮށް، ގޮތްނިންމަން މަޖުބޫރުވުން.
  • "ސެންޓިމެންޓް": {
  • "އޯވަރޯލް": "ޕޮޒިޓިވް",
  • "ސްކޯ": 0.85,
  • "އިމޯޝަންސް": ["ލޯބި", "ކަންބޮޑުވުން", "ހަމްދަރުދީ"],
  • "ކީވޯޑްސް": ["އައިރާ", "ޒަހްރާން", "ނިންމުން", "އިޙްސާސް"]
  • }

އަޔާޝް ބުނެލިއެވެ. އައިރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

އިތުރަށް އެ ދެމެދުގައި ވާހަކަ ނުދެކެވި އުޅެނިކޮށް ޒަހްރާން ޓެރެސްއަށް ނުކުމެއްޖެއެވެ. އައިރާއާއި އަޔާޝްއާ ދެމީހުން ފެނުމުން އައިސް އެ ދެމީހުންގެ މެދުގައި ޒަހްރާން މަޑުކޮށްލިއެވެ.

"ދަނީ އިނގޭ ތިރިއަށް. އެންޑް އެކަމާ އެބަ އުޅެން އިނގޭ. " އެހެން ބުނެލާފައި ޒަހްރާންގެ ކޮނޑުގައި ޖަހާލާފައި އަޔާޝް ދިޔައީއެވެ.

"އަހަރެންވެސް ދަނީ..." އެހެން ބުނެލާފައި އައިރާ ވެސް ތިރިއަށް ދާންވެގެން ހިނގައިގަތެވެ. އެހެންނަމަވެސް، މަޑުޖެހުނީ ޒަހްރާންގެ އޭނަގެ އަތުގައި ހިފެއްޓުމުންނެވެ.

އައިރާ މޫނު އަނބުރާލަމުން ޒަހްރާނަށް ބަލައިލުމާއެކު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ.

"ވައި އާރ ޔޫ އެވޮއިޑިން މީ؟ މިހާރު ދެ ދުވަސް ވެއްޖެ އައިރާ ތިގޮތަށް އަހަރެން އެވޮއިޑް ކުރާތާ. ޑިޑް އައި ޑޫ އެނީތިންގް ރޯންގް؟" އެހެން އަހައިލިއިރު ޒަހްރާންގެ އަޑުގައިވި މަޑުމޮޅިކަން ރަމްޒުކޮށްދެމުން ދިޔައީ އޭނައަށް އެކަމުން އަސަރު ކޮށްފައިވާ ކަމެވެ. އެއްޗެއް ނުބުނެ އައިރާ ބަލައިލީ ޒަހްރާން ހިފައްޓާފައިވާ އަތަށެވެ. ޒަހްރާން ވަގުތުން އައިރާގެ އަތުން ދޫކޮށްލިއެވެ. އެހެންނަމަވެސް، އޭނަ ދެން ގޮސް ހުއްޓުނީ އައިރާގެ ކުރިމައްޗަށެވެ. އޭނަގެ ސުވާލަށް ޖަވާބު ނުދީ ނުދެވޭނެޔޭ ޒަހްރާންގެ އެ އަމަލުން ބުނާ ފަދައެވެ.

"ވަރަށް ލަސްވެއްޖެ. އަހަރެން ބޭނުމީ ރެސްޓްކޮށްލަން." އައިރާ ޒަހްރާނާ ހަތަރު ކަޅި ހަމައެއް ނުކުރެއެވެ. މިހާރަކަށް އައިސް ޒަހްރާނާ ދެމެދު އޭނަގެ ހިތުގައި އުފެދެމުންދާ އިޙްސާސްތަކަށް ފުރަގަސްދޭން އައިރާ ހުރީ ބޭނުންވެފައެވެ. ޒަހްރާނަކީ އޭނައާ އެކަށީގެންވާ މީހެއް ނޫނެވެ. އެކަން އަބަދުވެސް އޭނަ ހަނދާންކުރަން ޖެހޭނެއެވެ.

"ހަމަ އަސްލުވެސް ވަރަށް ވަރުބަލިވެފަ މިހުރީ. ޕްލީޒް." އައިރާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ޒަހްރާނަށް އައިރާއަށް ބަލަހައްޓައިގެން ހުރެވުނުއިރު، އޭނަގެ ހިތަށް ތަދުވިއެވެ. އެންމެ ފަހަރަކުވެސް އައިރާއާ އޭނައާ ހަތަރު ކަޅި ބައްދަލެއް ނުކުރެއެވެ.

"ނުދެވޭނެ. އައިރާއަށް ވެގެން ތިއުޅޭ ގޮތެއް ނުބުނަނީހެއް ނުދެވޭނެ." ޒަހްރާން ހުރީ ގޮތުގައެވެ. ހަޤީޤަތުގައި އޭނަ ވަނީ ހާސްވެސް ވެފައެވެ.

"އަހަރެން... އަހަރެން ގޮތެއް ނިންމައިފިން..." އެންމެފަހުން އައިރާ ބުނެލިއެވެ.

"ކޮން ގޮތެއް؟" ޒަހްރާންގެ ހިތް ތެޅިލިއެވެ.

"އަހަރެން ބޭނުމީ ރަށަށް ދާން." އައިރާ އެހުރި ގޮތަށް ހުރެ ބުނެލިއެވެ. މިހާރު އޭނައަށް އެންމެ ރަނގަޅުގޮތަކީ އެއީކަން އައިރާއަށް އެނގިއްޖެއެވެ. ރަށުން ކިތަންމެ މަލާމާތަކާއި ފުރައްސާރައެއް ކުރިމަތިވީ ނަމަވެސް، މާލޭގައި އުޅުމަށްވުރެ ހުރިހާ ގޮތަކުންވެސް އޭނައަށް ފަސޭހަވާނެއެވެ. ދިރިއުޅުމަށް ކުރާނެ މަސައްކަތްކަތަކާ މެދު ރަށަށް ގޮސްފައި ވިސްނިދާނެއެވެ.

"އެއީ ކީއްވެ؟ އައިރާއަށް ކުއްލިއަކަށް ކިހިނެއްވީ؟ މީހަކު އެއްޗެއް ބުނީތަ؟ ޓެލް މީ." ކުއްލިއަކަށް އައިރާ އެ ނިންމި ނިންމުން ޤަބޫލުކުރަން ޒަހްރާނަށް އުނދަގޫވިއެވެ. އޭނަ ދެބުމަ ކުޑަކޮށް ގާތްކޮށްލެވުމާއެކު ސުވާލުކޮށްލިއެވެ. އެގޭގައި އައިރާއަށް ދަތިވަނީ ކޮންކަމެއްތޯ އެނގެން އޭނަ ބޭނުންވިއެވެ.

"ނޫން. އެއީ އެންމެ ރަނގަޅު ގޮތަކަށް ވީމަ." އައިރާ ބުނެލިއެވެ.

"ރަށުގައި އައިރާގެ އެއްވެސް މީހަކު ނެތެއްނު. ދެން ކީއްވެ؟" ޒަހްރާނަށް ބުނެވުނެވެ. އައިރާ އޭނައާ ދުރަށް ދާކަމުގެ އިޙްސާސާއެކު އެކަނިވެސް މޭގައި ރިއްސާލައިފިއެވެ.

"އައި ކޭން ޓޭކް ކެއަރ އޮފް މައި ސެލްފް ޒަހްރާން... އައި ހޭވް އޯލްރެޑީ މޭޑް މައި ޑެސިޝަން. އައެމް ލީވިންގ..." އައިރާ އެހެން ބުނެލާފައި އެތަނުން ދާން ހިނގައިގަތެވެ. އިތުރަށް އައިރާ ހިފައްޓާކަށްވެސް ޒަހްރާންވެސް ނޫޅުނެވެ. އެހެންނަމަވެސް އޭރު އޭނަގެ ހިތުގައިވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. އައިރާ ގޮސް ނުކުތްތަން ބަލަން ހުރުމަށްފަހު، ރެއިލިންގައި އަތް އަޅުވައިލިއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން މަސައްކަތްކުރަމުން ދިޔަ މީހެއްފަދައިން، ރެއިލިންގެ ދަގަނޑުގައި ގޮށްމުށްކަވާފައި ޖަހައިލެވުނެވެ.

"ޑޭމިޓް. އައި ލަވް ޔޫ އައިރާ..." ޒަހްރާންގެ ދުލުން ނުކުތް ބަސްތަކާއެކު ރެއިލިންގައި ހިފައްޓައިގެން އެހުރިގޮތަށް ހުރެފައި އޭނަ އިސްޖަހައިލިއެވެ.

އަވަސް އަރުވާލައިގެން ސިޑިން ފައިބަން ހަދައިގެން އައިރާގެ ފައިވެސް ކުޑަކޮށް ފުރޮޅާލާގޮތްވިއެވެ. ހަޤީޤަތުގައި އޭނަގެ ހިތްވަނީ އަވަސްވެފައެވެ. ނުތަނަވަސްވެފައެވެ. ހަމަ އެކަނި ޒަހްރާން އޭނައާ މެދު ބަހައްޓާ ގާތްކަމާއި އެ ދެލޮލުގައި ވާ ވިދުމުގެ ސަބަބުންނެއް ނޫނެވެ. އެހެންނަމަވެސް، މިހާރަކަށް އައިސް އޭނައަށް އަމިއްލަ ހިތުގެ މައްޗަށް ބާރު ފޯރުވަން ނުކުޅަދާނަވާހެން ހީވާތީއެވެ. އޭނަގެ ހިތް އަމިއްލަ އިޙްތިޔާރުން ބޭރުގައި ޒަހްރާނާ ދިމާލަށް ދީލާލައިގެން ދާތީއެވެ. އެ އިޙްސާސްތައް އޭނަ ހިންދާލަން ޖެހޭނެއެވެ. ޒަހްރާނަކީ ކިހާ ފެންވަރެއްގެ ކާކުކަން ދެނެގަންނަން ވާނެއެވެ. އެހެން ނޫނަސް އޭނަ އަދި އެފަދަ ގުޅުމަކަށް ތައްޔާރެއް ވެސް ނޫނެވެ. ތަފާތު ގޮތްތަކަށް ވިސްނަމުން ދިޔަ އައިރާ މަޑުވެސް ކޮށްލުމެއްނެތިއެ ދިޔަ ބާރުމިނުގައި ގޮސް ވަނީ ކޮޓަރިއަށެވެ.

އެނދުމަތީގައި އިށީނދެވުމާއެކު މެއާ ދިމާލުގައި އައިރާއަށް އަތް ޖައްސައިލެވުނެވެ. އެ ހިތުގެ ތެޅުން ހަމައަކަށް އަޅުވާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ. އަވަސް ނޭވާތަކެއް ދޫކޮށްލެވުމާއެކު، ތުންފަތުގައި ދަތް އަޅައިލެވުނެވެ. ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔަކަން ރޭކާލީވެސް، ދެލޮލަށް ފުސްވުމުންނެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލުމާއެކު އައިރާ ހަމަޖެހެން މަސައްކަތްކުރިއެވެ.

ޓެރެސްގައި މަޑުކޮށްލައިގެން ޒަހްރާން އެތަކެއް އިރަކު ހުއްޓެވެ. އައިރާއަށް އެ ހިތުގެ ޙާލު ބަޔާންކޮށްދޭން ބޭނުންވި ނަމަވެސް، ފަސްޖެހެވެނީއެވެ. އައިރާ ފޮނުވާލާކަށް އޭނަ ބޭނުމެއް ވެސް ނޫނެވެ. އެހެންނަމަވެސް، އައިރާގެ މައްޗަށް ބާރު ފޯރުވުމުގެ ހައްޤެއް އޭނައަކަށް ނެތެވެ.

*****

ޖެހިގެން އައި ދުވަހެވެ. ދިހައެއް ޖަހަން އުޅެނިކޮށް އައިރާ އައިސް ކާކޮޓަރިއަށް ވަނީ އަތުގައި އޮތް ފުޅިއަށް ފެން އެޅުމުގެ ބޭނުމުގައެވެ. އޭރު އެތަނުގައި ހުރި ބަސްމާ ދިޔައީ، ނާކަރު ކުއްޖެއްކަމުގައިވާ ނޯޔާއަށް މެންދުރުގެ ނާސްތާއަށް ތައްޔާރުކުރަންވީ އެއްޗެހި ކިޔައިދެމުންނެވެ. އައިރާ ފެނުމާއެކު އޭނަ ހިނިތުންވެލިއެވެ. ހުރިހާ އެއްޗެއް ކިޔައިދީފައި، އިތުރު އެއްޗެއް އޮޅުން ފިލުވަން ބޭނުންތޯ ނޯޔާ ގާތު ސުވާލުކޮށްލުމާއެކު، ނޫނެނޭ ބުނެފައި ނޯޔާ އެތަނުން ގޮސް ވަނީ ކައްކާ ބަޔަށެވެ. ފުޅިއަށް ފެން އަޅާ ނިމިގެން އައިރާ ދާންވެގެން އެނބުރިލިތަނާ ބަސްމާ ގޮވާލައިފިއެވެ.

"އައިރާ..." އައިރާ އެނބުރިލިއިރު ބަސްމާ ހުރީ އޭނައަށް ބަލަހައްޓައިގެން ހިނިތުންވެލައިގެންނެވެ.

"އައިރާ ރަނގަޅުތަ؟ ހާދަ ބަލި ވައްތަރު ޖަހައޭ..." ބަސްމާ އައިރާއާ ކައިރިއަށް ޖެހިލިއެވެ. އެއާއެކު ދެފަރާތަށް ބޯ ހޫރައިލި އައިރާ ނޫނެކޭ ބުނެލިއެވެ.

"ކަމަކަށް އުނދަގޫވަންޏާ ބުނައްޗޭ!" ބަސްމާ ބުނެލިއެވެ.

"އަޅުގަނޑު... އަޅުގަނޑު ރަށަށް ދާން ވެގެން މިއުޅެނީ..." އައިރާ އެންމެފަހުން ބުނެލިއެވެ.

"ރަށަށޭ. ގައިމު އީލު ބުނި ރަށުގައި އައިރާގެ އެއްވެސް މީހަކު ނުހުރެޔޭ. ގެވެސް ހުންނަނީ ފަޅުވެފައޭ... އައިރާގެ މަންމަ ނިޔާވެފައޭ އީލު ބުނި..." ބަސްމާ އޭނައަށް އެނގިފައިވާ މިންވަރުގެ މައްޗަށް ބުރަވެ ހުރެ ވާހަކަ ދެއްކިއެވެ. އެއާއެކު އާއެކޭ ބުނުމުގެ ގޮތުން އައިރާ ބޯ ޖަހައިލިއެވެ.

"ދެން ކޮބާ ބައްޕަ؟ ބައްޕަ އުޅެނީ ރަށުގައިތަ؟" ބަސްމާ އޭނަގެ ދެވަނަ ސުވާލެއްވެސް އައިރާއަށް އަމާޒުކޮށްލިއެވެ. އަތުގައި އޮތް ފެންފުޅިއަށް ބާރުކޮށްލެވުމާއެކު، އައިރާއަށް އިސްޖަހައިލެވުނީއެވެ. އޭނައަށް ޖަވާބު ދޭން އެންމެ އުނދަގޫ ސުވާލަކީ އެއީއެވެ.

"ބައްޕަ.... އެއްވެސް... ނެތް..." ލަސްލަހުން އައިރާގެ ދޫ ހަރަކާތްކުރިއިރު އޭނަގެ އަޑުވެސް މަޑުވިއެވެ. ބަސްމާ ހީކުރީ، އައިރާގެ ބައްޕަވެސް ނިޔާވެފައި ވީކަމުގައެވެ. އައިރާ ތުންފަތުގައި ދަތް އަޅާލަމުން ކަރުނަތައް ކޮންޓްރޯލްކުރަން މަސައްކަތްކުރަން ފެށިގޮތާ، އޭނަގެ ޠަބީޢަތަށް އައި ބަދަލުތައް ބަސްމާއަށް ފާހަގަކުރެވިގެން ދިޔައެވެ. އޭނަ ލަސްލަހުން އުފުއްލައިލި އަތް އައިރާގެ ކޮނޑުމަތީގައި ބާއްވައިލިއެވެ. އެ ދެލޮލުން ވެއްޓުނު ކަރުނަ ތިކި ފެނުމާއެކު ބަސްމާގެ ހިތް ޙަމްދަރުދީއިން ފުރިގެން ދިޔަ ހިނދު އޭނައަށް އައިރާ ގެނެސް މޭގައި ޖައްސައިލެވުނީއެވެ. އައިރާއަށް ހުރި ގޮތަށް ހުރެވުނެވެ. އޭނަގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އައިރާ ފުހެލިއެވެ. ބަސްމާ އޭނައާ ދުރުވެލުމަށްފަހު، އައިރާގެ އަތުގައި ހިފައްޓައިލިއެވެ. އަދި ހުރިހާކަމެއްވެސް ރަނގަޅުވާނެކަމުގައި ބުނެލިއެވެ.

*****

އަޔާޝްއާއި ޒަހްރާނާ ދެމީހުން ތިބީ ކޮފީއެއްގައެވެ. އޭރު މެންދުރު ދޭއް ޖަހާ ބޮޑުވެއްޖެއެވެ. އޮފީހުގައި އިނދެފައި އަޔާޝްވެސް ކޮފީއަކަށް ނުކުމެލީ މާލެ އައިސް ޒަހްރާން ގުޅުމުންނެވެ.

"ދޮންބެ އައިރާގެ ޖޮބްގެ ކަންތައް މިއަދު ހަމަ ޖައްސާނަން..." އަޔާޝް ކޮފީ ޖޯޑުން އެތިފޮދެއް ބޮއިލިއެވެ.

"ނޯ ނީޑް!" ޒަހްރާން ބޭރު މަގުމައްޗަށް ބަލައިލިއެވެ. ދެމީހުން ތިބީ، ކެފޭއެއްގައި ބޭރު ފެންނަ ގޮތަށެވެ.

"އެއީ.. ކިހިނެއްވީ؟" އަޔާޝްއަށް ލިބުނީ ހައިރާންކަމެވެ. އޭނަ ފުންކޮށް ޒަހްރާނަށް ބަލައިލިއެވެ.

"ޝީޒް ލީވިނގް..." ޒަހްރާން ފުންނޭވާއެއް ދޫކޮށްލިއެވެ.

"ކޮންތާކަށް؟" އަނެއްކާވެސް އަޔާޝް ސުވާލުކޮށްލިއެވެ.

"ރަށަށް..." މަޑުމޮޅިކަމާއެކު ޒަހްރާން ޖަވާބު ދިނެވެ.

"ދޮންބެ ހީކުރީ އައިރާގެ އެއްވެސް މީހެއް ނެތްކަމަށް. ޖޮބް ހޯދަން ބުނިއިރު، ބުނީމެއްނު އެކަހަލަ އެއްޗެއް." އަޔާޝްވެސް ބުނެލިއެވެ.

"އެހެންވިޔަސް އޭނަ ބޭނުންވަނީ ރަށަށް ދާން..." އަޑާ އެއްވަރަށް ޒަހްރާންގެ މޫނުމަތީން ވެސް މާޔޫސްކަން ފެނިގެން ދިޔައެވެ.

"ރެން... އައި ނޯ ޔޫ ލަވް ހާރ... ދުވަހަކު ގެއަށް ނާންނަން އަމިއްލަ ނަފްސަށް ވީ ވަޢުދާވެސް ރެން ޚިޔާފުވީ ހަމައެކަނި އައިރާއަށްޓަކާ... އައިރާއަށް ބަލާލާގޮތުން އެކަނިވެސް ތިހިތުގައިވާ ލޯބި ހާމަވޭ. އައިރާއަށް ކެއާ ކުރާ ގޮތާ، އައިރާއާ މެދު ކަންބޮޑުވާ ގޮތާ، އައިރާއަށްޓަކައި ރެން ތި ކޮށްދޭ ހުރިހާކަމަކުން ވެސް ދޭހަވަނީ ހަމަ އެންމެ އެއްޗެއް. ރެން އައިރާ ދެކެ ލޯބިވާކަން. އިންތިހާއަށް ލޯބިވާކަން... އައިރާފަދަ ކުއްޖަކާ ދޭތެރޭ ރެންގެ ހިތުގައި ތިފަދަ އިޙްސާސްތަކެއް އުފެދޭނީ ވަރަށް ވެސް ޚާއްޞަ ވީމަކަން އެނގޭ." އަޔާޝް ބުނެލިއެވެ. ޒަހްރާން އެއްޗެއް ނުބުނެ ބޭރު ބަލަހައްޓައިގެން އިންގޮތުން ވެސް އޭނަ އެބުނި ބަސްތަކުގެ ތެދުކަން އެނގެއެވެ. އަނެއްކޮޅުން އެ ވާހަކަތައް ދޮގުކުރާކަށްވެސް ޒަހްރާން ނޫޅުނެވެ.

"ރެން.. ކިޔައިދީބަލަ. އައިރާއާ ދިމާވީ ކިހިނެއްތަ؟ އަސްލު ކާކުތަ އެއީ؟ ކީއްވެތަ ތިވަރަށް އޭނަ ދެކެ ލޯބިވަނީ؟" އަޔާޝް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ނޭނގެ... އެނގޭހާވެސް އެއްޗަކީ އަހަރެން އޭނަ ދެކެ އިންތިހާއަށް ލޯބިވާކަން. އައި ލަވްހާ ޑޭމް ސޯ މަޗް ދޮންބޭ. އައި ލަވްހާ.." ޒަހްރާން ބުނެލިއެވެ. "އަހަންނާ އޭނައާ ދިމާވީ އިއްތިފާޤަކުން. އޭރު ހިތަކަށް ނާރާ އަހަންނަށް މި ދަރަޖައަށް ލޯބިވެވިދާނެއެކޭ... ޝީ ވޯޒް ނޮޓް މައި ޓައިޕް، ފަޤީރު ނިކަމެތި އަންހެން ކުއްޖެއް. އެވެސް އެކަނިމާއެކަނި އުޅެމުންދިޔަ..."

އެހެން ބުނެލާފައި، އައިރާއާ ދިމާވިގޮތް ޒަހްރާން އަޔާޝްއަށް ކިޔައިދިނެވެ.

"ސޯ އޭނަގެ ފިރިމީހާ އެފެއާރ ހިންގާފަ، އޭނަ ޑިވޯސް ކުރީ؟" އަޔާޝްއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އޭނަ އިތުރަށް އެނގެން ބޭނުންވިއެވެ.

"ދޮންބެ. އަހަރެންވެސް ބޭނުން ހިތަށް ލުޔެއް. ހުރިހާ ވާހަކައެއް ވެސް ކިޔައިދީފާނަން. އެކަމަކު ޔޫ ހޭވްޓު ޕްރޮމިސް މީ... އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރީ ނުބުނާނެކަމަށް. ބައްޕަ ކައިރީވެސް..." ޒަހްރާން ބުނެލިއެވެ. އަޔާޝް ބޯ ޖަހައިލިއިރު ޒަހްރާންގެ މޫނުމަތީން ފެންނަމުން ދިޔަ ސީރިއަސްކަން އޭނައަށް ވެސް އުނދަގޫކުރުވިއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު، ޒަހްރާން އަޔާޝްއަށް ވާހަކަތައް ކިޔައިދޭން ފެށިއެވެ. އެ ވާހަކަތައް އަޑު އަހަމުން ދިޔަ ވަރަކަށް އަޔާޝްގެ ހައިރާންކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.

"ޝީ އިޒް އަ ޑިވޯސީ ރެން... އެނޑް ޑިވޯސްގެ ކުރިން ޝީ ހޭޑް އަ މިސްކެރިޖް. އެ ހުރިހާކަމެއްގެ ތެރޭގައި އުޅެނިކޮށް ޔޫ ސްޓާރޓެޑް ޑިވެލޮޕިން ފީލިންގްސް ފޯ ހާރ. އަނެއްކޮޅުން ޝީ ވޯޒް ބޯން އައުޓް އޮފް ވެޑް ލޮކް. ހާރ މަދަރ އިޒް އެ ޕްރޮސްޓެޓިއުޓް... ރެން.... ހޫ އިޒް ޝީ، ރިއަލީ...." އަޔާޝްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"ޔެސް ޝީ އިސް. އޭނައަކީ ދޮންބެ ތި ބުނި ކަހަލަ އަންހެން ކުއްޖެއް. ރާއްޖެތެރޭގެ ހަށިވިއްކާ އަންހެނަކަށް ލިބުނު ބައްޕަ ނެތް ކުއްޖެއް. އެކަމަކުން އަހަންނަކަށް ފަރަޤެއް ނުވޭ. ކީއްވެގެންކަން އެނގޭތަ؟ ތިހުރިހާކަމެއް ތިހެން ހުއްޓަސް، ޝީޒް ސްޓިލް ހިއުމަން. ޖަސްޓް ލައިކް ޔޫ އެންޑް މީ... އޭނަގެ ފިރިމީހާގެ ޢާއިލާއިން އޭނަ ޤަބޫލުނުކުރީވެސް ތިކީ ސަބަބުތަކާ ހެދި. އެންމެފަހުން ވަރި ކުރީވެސް އެފަދަ އިލްޒާމެއް ބޮލުގަ އަޅުވާފަ. އޭނަ އުޅުނު ޙާލު އެންމެ ކައިރިން ފެނުނު މީހަކީ އަހަރެން... އެއްވެސް މީހެއްގެ ދުލުން އައިރާއަށް ބަދުބަހެއް ބުނާތަން ބަލާކަށް އަހަންނަކަށް ނުހުރެވޭނެ. އެއިން އެއްވެސް ކަމަކީ އޭނަގެ ކުށެއް ނޫން. ތިހުރިހާ ކަމަކާއެކީވެސް އަހަރެން އޭނަދެކެ ލޯބިވޭ. ޝީޒް ސޯ ޕްރިޝިއަސް ޓުބީ ދޮންބޭ. ޝީ ރިއަލީ އިޒް... އައި ވޯންޓު ގިވް ހާރ އެވްރީ ހެޕިނެސް އިން ދިސް ވޯލްޑް....އައި ލަވްހާ..." ޒަހްރާންގެ ދުލުން ބޭރުވި ބަސްތަކާއެކު އަޔާޝްއަށްވެސް އިނދެވުނީ ބަސް ހުއްޓިފައެވެ. އޭނަގެ ކުރިމަތީގައި އެ އިނީ އޭނަގެ ލޯބިވާ ކޮއްކޮއެވެ. އެ ކޮއްކޮގެ ދެލޮލުން ފެނިގެން ދަނީ އައިރާއަށްޓަކައި ވާ އިންތިހާ ދަރަޖައިގެ ލޯތްބެވެ. ނިމުނެއް ނުވާ ޖަޒުބާތުތަކަކާ އިޙްސާސްތަކެކެވެ.

"އެކަކު ކައިރީގައިވެސް ދޮންބެ ނުބުނާނަން." އަޔާޝް ބުނެލިއެވެ.

*****

ޒަހްރާނެކޭ އެއްގޮތަށް އައިރާއަށް ވެސް އޭނަގެ ހިތަށް ބާރުފޯރުވަން ވަނީ އުނދަގޫވެފައެވެ. ފާއިތުވަމުންދާ ކޮންމެ ދުވަހަކީ އޭނަ އަމިއްލަ ހިތާ ހަނގުރާމަ ކުރާ ދުވަހެކެވެ. މަޑުމަޑުން ރިހާމްގެ ހަނދާންތައް އޭނަގެ ހިތުން ފުހެވެމުން ދިޔައެވެ. އެ ހިތުގައި ޒަހްރާންގެ ނަން ފެވެމުން ދިޔައެވެ. މިއަދާ ހިސާބަށް ޒަހްރާން އޭނައަށްޓަކާ ކޮށްދީފައިވާ ކަންތައްތައް ހަނދާންވާ ކޮންމެ ފަހަރަކު، ޒަހްރާނަށް ޝުކުރު އަދާކުރެވެއެވެ. ހިނިތުންވެވެއެވެ. އެހެންނަމަވެސް އޭގެ ފަހަތުގައިވާ ސަބަބު އޮޅުން ފިލަމުން ދާ ވަރަކަށް އޭނަގެ ހިނިތުންވުން ފަނޑުވެއެއެވެ.

"ކީއްވެތަ ކުރިން އަހަންނަށް އެހުރިހާކަމެއް ނުވިސްނުނީ. ކީއްވެތަ؟ އަހަންނަށް ކީއްވެތަ ނުފެނުނީ. އޭނަ އަހަންނަށް ބަލާލާގޮތް... އެ ދެލޮލުގައި އެހުންނަ ވިދުން. ދަމާބާރު. އަހަރެން ހުރީ އެއިން އެއްވެސް ކަމެއް ފެންނަވަރަށް ވުރެ ރިހާމްގެ ލޯބީގައި ދިވާނާ ވެފައިތަ؟ ރިހާމްއާ ޒަހްރާނާ ހާދަ ތަފާތޭ... ރިހާމްގެ ފަރާތުން ނުފެންނަ އެތަކެއް ސިފައެއް ޒަހްރާންގެ ކިބައިން އަހަންނަށް އެބަ ފެނޭ... އޭނަގެ ހިތުގައި އަހަންނާ މެދު އެބަ އިޙްސާސްތަކެއް ވޭ. ދުލުން ނުބުނި ނަމަވެސް.... ހަމައެކަނި.... ހަމައެކަނި ޒަހްރާނެއް ނޫން...އަހަރެން... އަހަރެންވެސް... އަނެއްކާ..." ވިސްނަމުން ވިސްނަމުން ގޮސް އައިރާއަށް އޭނަގެ ހިތާ މެދުގައިވެސް ވިސްނެން ފެށިއެވެ. އެއާއެކު ދެފަރާތަށް ބޯހޫރައިލެވުނެވެ. އެގޮތަށް ވިސްނަން ނުވާނެކަމުގައި ބުނެ އައިރާ އަމިއްލަ ހިތަށް އިންޒާރުދޭން ފެށިއެވެ. އޭނަ ހުރީ ޓެރެސްގައި މަޑުކޮށްލައިގެން ރެއިލިންގައި އަތް އަޅުވާލައިގެންނެވެ. އެއީ ރޭގަނޑެއް ނަމަވެސް އުނޑުމަތީގައި ވިލާ ބޯކަމުން ހަނދާ ތަރިތައްވެސް ފެންނާކަށް ނެތެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުން ފަޒާގައި މަޑުމަޑު ޒޫމް އަޑެއް ހިފާލާފައިވާއިރު، ތެންފިނިކަމެއް ވެސް ވެއެވެ. އައިރާ އަޅައިގެން ހުރި ބުރުގަލާވެސް ވައި ރޯޅިތައް ގޯނާކުރަން ފެށިއެވެ. ބުރުގާ އޭނަގެ މޫނުމަތީގައި އެޅެން ފެށުމުން އައިރާ، ހަށަމަށް ދެއަތް އަރުވާލާހެން ބުރުގާ އަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ.

"އަހަންނަށް މިވަނީ ކިހިނެއްތަ؟ ވީ އެންމެ އަވަހަކަށް ދާންވީ؟" އައިރާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަ ދެލޯ މަރައިލިއެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުން ހިތަށް ލުޔެއް ނުލިބުނަސް، ހަށިގަނޑަށް އަރާމުކަމެއް އިޙްސާސްވިއެވެ. ލޯ ހުޅުވައިލެވުނީ ކައިރިއަށް އައިސް މީހަކު ހުއްޓުމުންނެވެ. ލޯ ހުޅުވައިލުމާއެކު ފެނުނީ އޭނައަށް ބަލަހައްޓައިގެން ހުރި ޒަހްރާނަށެވެ.

"ޒަހްރާން..." އައިރާއަށް ބުނެވުނެވެ.

"އައިރާ... އަހަރެން ބޭނުން ވާހަކައެއް ބުނަން..." ޒަހްރާން އައިރާއާ ވީ ދިމާލަށް އެނބުރިލިއެވެ. އައިރާއަށްވެސް ރެއިލިންގައި އަޅުވާލާފައި އޮތް އަތް ތިރިކޮށްލެވުނެވެ.

"ފަހުން. މިހާރު ތިރިއަށް ދާން މިދަނީ..." އައިރާ ބުނެލިއެވެ. އޭނަ އެހެން ބުނެލީ ޒަހްރާނާއެކު އެކަނި ހުންނަން ބޭނުންނުވާތީ އެވެ. ޚާއްސަކޮށް މިރޭ އޭނާއަށް ޒަހްރާންގެ ލޮލުން ފެނުނު ވިދުމާ އެ އަޑުގައި ވި އަސަރުތަކުން ޖެހިލުންވެސް ވީއެވެ.

"އަހަރެން އައިމަ ދަނީކަން އަހަންނަށް އެނގޭ. މިހުރިހާއިރު ވީއިރުވެސް ގައިމު އައިރާ މިތަނުން ދާކަށް ނޫޅެމު. އަހަރެން ކިހާ އިރެއް އައިރާއަށް ބަލަން އެތާ ދުރުގަ ހުންނަތާ..." ޒަހްރާން ބުނެލިއެވެ. އޭނަ ހިނިތުންވެލިއެވެ.

"ޒަހްރާން... އަހަރެން....." އެހެން ބުނެފައި އައިރާ ހިނގައިގަތުމުން ޒަހްރާން އައިރާގެ ކުރި ބެއްދިއެވެ.

"ޕްލީޒް..." އައިރާއަށް އިސްޖަހައިލަމުން ބުނެވުނެވެ. އޭނަ ފިލަން އެ މަސައްކަތްކުރަނީ ޒަހްރާނަށް ކަމެއް ނުވަނަ އަމިއްލަ ހިތުގެ އިޙްސާސްތަކަށް ކަމެއް ވެސް އައިރާއަކަށް ނޭނގުނެވެ.

ޒަހްރާންގެ ތުންފަތް މައްޗަށް ވެރިވީ މައުނަވީ ހިނިތުންވުމެކެވެ.

"އަހަރެން ބޭނުން ވާހަކައެއް ބުނަން...." ޒަހްރާން ސީދާ އައިރާގެ ދެލޮލަށް ބަލަމުން ބުނެލިއެވެ. އައިރާ ޒަހްރާނާ ނަޒަރު ވަކިކޮށްލުމާއެކު، އަނެއްކާވެސް ދާން ހިނގާށޭ ބުނެލިއެވެ.

"ދެވިދާނެޔޭ. އެކަމަކު އަހަރެން މި ވާހަކަ ބުނުމަށްފަހު. އިތުރަށް ކެތެއް ނުވާނެ އައިރާ... އަހަރެން ހީވަނީ މޮޔަ ވެދާނެހެން." ޒަހްރާން އައިރާގެ ދަތްދޮޅީގައި ހިފާ އޭނައާ ހަތަރު ކަޅި ހަމަކުރުވިއެވެ.

"އަހަންނާ ނަޒަރު ވަކިނުކޮށްބަ. ޕްލީޒް... އަހަރެންގެ ދެލޮލުން އައިރާއަށް ފެންނަނީ ކޯންޗެއްތަ؟" ޒަހްރާންގެ އަޑުގައިވަނީ ކޮންފަދަ އަސަރެއްހެއްޔެވެ؟ އެތައް ޖަޒުބާތުތަކެއް އެ އަޑުގައި މަސްހުނިވެފައި ވެއެވެ. "ބުނެބަލަ! ކޯންޗެއްތަ ފެންނަނީ؟"

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު