ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑް، އޯވީއެސް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ޚާއްސަ ޑިސްކައުންޓްތަކެއް ދޭން ފަށައިފިއެވެ.
ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ހުންނަ އޯވީއެސް ފިހާރައިން ވިޔަފާރިކުރާ ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް ބިލުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި 5،000 ރުފިޔާއިން މަތީގެ ބިލުތަކަށް 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ޑިސްކައުންޓް ހޯދުމަށްޓަކައި، ފައިސާ ދައްކާއިރު ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން ފަސޭހަކަމާއެކު ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
އޯވީއެސްއަކީ ޒަމާނީ އަދި ހިތްގައިމު ފޭރާމާއި، އެކި ކަހަލަ އެކްސެސަރީޒްގެ އިތުރުން ލައިފްސްޓައިލް އުފެއްދުންތައް ހެޔޮ އަގެއްގައި ފޯރުކޮށްދޭ ބައިނަލްއަގުވާމީ ބްރޭންޑެކެވެ.
ދިރާގުން ބުނި ގޮތުގައި އެލީޓް ކްލަބް ޕްރޮގްރާމަކީ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް އެލީޓް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.