ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި 4،121 މީހުންނަށް ވޯޓުލެވޭނެ!

މީހަކު ވޯޓުލަނީ: ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި 4،121 މީހުންނަށް ވޯޓުލެވޭނެ ކަމަށް އީސީން ވަނީ ބުނެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މި އިންތިޚާބުގައި ވޯޓުލުމަށް މާލޭގައި 2 ފޮށި އަދި އައްޑޫ ސިޓީގައި 5 ފޮއްޓާއެކު ޖުމުލަ 7 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިދިކޮޅު އެމްޑީޕީން އެދުނު ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އެކަން ކުރެވެން ނެތްކަމަށް ކޮމިޝަނުން ވަނީ އަންގާފައެވެ. މި ބައި އިލެކްޝަން ބާއްވަނީ، ކުރިން މި ދާއިރާގެ ގޮނޑީގައި ހުންނެވި މުޙައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ކަނޑައަޅައި، އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ. މި ގޮނޑިއަށް މިހާރު ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދު އަދި އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުالله ޞާދިޤެވެ.

  • ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 4121 އެވެ.
  • އިންތިޚާބުގައި ޖުމުލަ 7 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
  • އުސޫލާ ޚިލާފުވާތީ ހުޅުމާލޭގައި އިތުރު ވޯޓު ފޮއްޓެއް ނުބަހައްޓާނެއެވެ.
  • އިންތިޚާބު ބާއްވަނީ މެންބަރު މުޙައްމަދު ސިނާނުގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ.
  • ގޮނޑިއަށް ވާދަކުރައްވަނީ ޕީއެންސީގެ އަޙްމަދު ސަޢީދު އަދި އެމްޑީޕީގެ ޢަބްދުالله ޞާދިޤެވެ.

އަންނަ މަހު ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާންމުކޮށްފިއެވެ.

ވަކި ވަކިން އެ ކޮމިޝަނުން އާންމުކުރި ހަތް ލިސްޓުގައިވާ ގޮތުގައި، އެ އިންތިޚާބުގައި ޖުމުލަ 4،121 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ.

އެ އިންތިޚާބުގައި ވޯޓުލުމަށް ޖުމުލަ ހަތް ވޯޓު ފޮއްޓެއް އީސީން ބަހައްޓާނެއެވެ. ދެ ފޮއްޓެއް ބަހައްޓަނީ، މާލޭގައި ކަމަށްވާއިރު، އައްޑޫގައި ފަސް ފޮއްޓެއް ބަހައްޓާނެއެވެ.

ފާހަގަކުރެވޭ ގޮތުގައި، މި އިންތިޚާބުގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެދި އިދިކޮޅު އެމްޑީޕީން އީސީއަށް ސިޓީއެއް ވެސް ހުށަހެޅިއެވެ. އެއީ، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ކަމަށް ބުނެއެވެ.

މީހަކު ވޯޓުލަނީ: ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި 4،121 މީހުންނަށް ވޯޓުލެވޭނެ ކަމަށް އީސީން ބުނޭ -- ސަންފޮޓޯ/ ނާއިލް ހުސައިން

އެ ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އީސީން ބުނީ، ބައި-އިލެކްޝަންތަކާ ގުޅިގެން އެ ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މާލޭގެ މައި ސެންޓަރުގެ ގޮތުގައި ކަނޑައަޅާ މަރުކަޒާއި، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ކަނޑައަޅާ މަރުކަޒުގެ އިތުރުން އެހެން އެއްވެސް ތަނެއްގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށެވެ.

https://sun.mv/221659

އަންނަ މަހު ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ، އެ ދާއިރާގެ މެންބަރު ކަމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އެއީ، އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ މަހު ހުކުމް ކުރުމާ ގުޅިގެންނެވެ.

އެ ގޮނޑިއަށް މިހާރު ވާދަކުރައްވަނީ ދެ މެންބަރުންނެވެ. އެއީ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އާއި، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ)އެވެ.

ދެ ބޭފުޅުން ވެސް ކެމްޕެއިން ކުރައްވަމުން އަންނައިރު، ބަހުގެ ހަމަލާތައް ވެސް އަންނަނީ ރައްދުކުރައްވަމުންނެވެ.

comment ކޮމެންޓް