މި ފަހަރު ވެސް ދިރާގު ޢީދު ބޮނޑިބަތަށް ބޮޑު ތަރުޙީބެއް!

ދިރާގުން ކުރިއަށް ގެންދިއަ ޢީދު ބޮނޑިބަތް ބެހުމުގެ ހަރަކާތުގެ ތެރެއިން... ފޮޓޯ/ ދިރާގު

މިއަހަރުގެ ބޮޑު ޢީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ކުރިއަށްގެންދިޔަ "ދިރާގު ޢީދު ބޮނޑިބަތް" ހަރަކާތް، އާންމުންގެ ބޮޑު ތަރުޙީބަކާއެކު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މާލޭ ސިޓީ ކައުންސިލާ ގުޅިގެންނެވެ. ޢީދު ނަމާދަށްފަހު މާލޭގެ ސަލްމާން މިސްކިތް ސަރަހައްދުގައާއި ހުޅުމާލޭގައި ބޮނޑިބަތް ބަހާފައިވާއިރު، މީގެ މައިގަނޑު މަޤުޞަދަކީ ދިވެހި ސަގާފަތް ދިރުވައި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމެވެ.

  • ބޮޑު ޢީދާ ގުޅިގެން ދިރާގުން ބޭއްވި ބޮނޑިބަތް ބެހުމުގެ ހަރަކާތަށް އާންމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
  • މި ހަރަކާތް ކުރިއަށް ގެންދިޔައީ މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީއާ ގުޅިގެން މާލެ އަދި ހުޅުމާލޭގައެވެ.
  • ބޮނޑިބަތް ބަހާފައިވަނީ ޢީދު ނަމާދަށްފަހު ސަލްމާން މިސްކިތް އަދި ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައެވެ.
  • ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު ފާހަގަކުރުމަށް ކައުންސިލްތަކާއި ޖަމިއްޔާތަކަށް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
  • މިއީ ދިވެހި ސަގާފަތް ދިރުވައި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ދިރާގުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

ދިރާގުން ބޮޑު އީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ 'ދިރާގު އީދު ބޮނޑިބަތް' ހަރަކާތް މި އަހަރު ވެސް އާންމުންގެ ގިނަބައެއްގެ ބައިވެރިވުމާއި ތަރުހީބާއެކު ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ދިރާގުން ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ބާއްވަމުން އަންނަ ހަރަކާތެއް ކަމަށް ދިރާގުން ބުނެއެވެ.

މި އަހަރުގެ އީދު ބޮނޑިބަތް ބަހާފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލޭގައާއި، މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގައެވެ.

ދިރާގުން ކުރިއަށް ގެންދިއަ ޢީދު ބޮނޑިބަތް ބެހުމުގެ ހަރަކާތުގެ ތެރެއިން... ފޮޓޯ/ ދިރާގު

މި ހަރަކާތް ކުރިއަށްދިޔައީ މިއަދު ހެނދުނު އީދު ނަމާދަށް ފަހު، މާލޭގެ ސަލްމާން މިސްކިތް ސަރަހައްދުގައާއި ހުޅުމާލެ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް ސަރަހައްދުގައެވެ.

ދިރާގުން ބުނި ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ބޮޑު އީދުގެ އުފަލުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމެވެ. މިއީ ކޮންމެ އަހަރަކު ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ހަރަކާތެކެވެ.

މި ހަރަކާތުގެ އިތުރުން، ދިރާގުން ވަނީ އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއީ ދިވެހިންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް އެ ކުންފުންޏަކުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ދިރާގުން ދަނީ އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގައި، މުޖުތަމައަށް ފައިދާހުރި ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރަމުންނެވެ.

މިގޮތުން ސަގާފީ ކަންކަމާއި އިޖްތިމާއީ ގުޅުން ބަދަހިކުރާ މިފަދަ ހަރަކާތްތަކަށް އެ ކުންފުންޏަކުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެއެވެ.

comment ކޮމެންޓް