އިޓަލީ ޑައިވަރުންގެ މަރު: ޕްރޮފެސަރާއި ދަރިފުޅުގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާ ދައްކަނީ އޮކްސިޖަން ނުލިބުނީ ކަމަށް

ޑައިވް ހާދިސާގައި މަރުވި ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރު، އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު އުމުރުން 23 އަހަރުގެ ޖިއޯޖިއާ ސޮމަކާލް --

މި ހާދިސާގައި މަރުވި ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯންއާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އިޓަލީއަށް ގެންދިއުމުގެ ގާނޫނީ ހުއްދަ މިހާރު ވަނީ ލިބިފައެވެ. އިޓަލީގެ ގަލަރާޓޭ ހޮސްޕިޓަލުގައި ހެދި ތަހުލީލުތަކުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، މި ދެމައިން މަރުވާން މެދުވެރިވީ ގެނބިގެން ނުވަތަ އެކަށީގެންވާ ވަރަށް ހަށިގަނޑަށް އޮކްސިޖަން ނުލިބުމުގެ ސަބަބުންނެވެ. މި ހާދިސާގައި އެ މީހުންގެ އިތުރުން އިޓަލީގެ އެހެން ތިން ރައްޔިތަކާއި، ރިކަވަރީ އޮޕަރޭޝަންގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ ޑައިވަރެއް ވެސް ވަނީ މަރުވެފައެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރޯމްގެ ޕްރޮސެކިއުޓަރުގެ އޮފީހުން މިހާރު ވަނީ އިހުމާލުން މީހަކު މަރުވުމުގެ ކުށުގެ ދަށުން ހާއްސަ ޖިނާއީ ތަހުގީގެއް ފަށާފައެވެ. މި ތަހުގީގަށް ބޭނުންވާ މަރުވި މީހުންގެ ފޯނުތަކާއި އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި ތަކެތި އިޓަލީއަށް ގެންގޮސްދިނީ އެ މީހުންނާއެކު ދަތުރުކުރި އެހެން ޕްރޮފެސަރެކެވެ. މަރުވި މީހުންގެ ހަށިތައް އިޓަލީއަށް ފޮނުވާފައިވާއިރު، މަރުވި ސީދާ ސަބަބު ކަށަވަރުކުރެވޭ ފުރިހަމަ ރިޕޯޓެއް ލިބުމަށް އަދި ހަފުތާތަކެއް ނަގާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

  • ޕްރޮފެސަރާއި އޭނާގެ ދަރިފުޅުގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކަނީ މަރުވީ އޮކްސިޖަން ނުލިބިގެން ކަމަށެވެ.
  • މި ހާދިސާގައި ޖުމްލަ ފަސް އިޓަލީ މީހުންނާއި ދިވެހި ސިފައިންގެ ޑައިވަރަކު ވަނީ މަރުވެފައެވެ.
  • މައްސަލައާ ގުޅިގެން ރޯމްގެ ޕްރޮސެކިއުޓަރުގެ އޮފީހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފައެވެ.
  • ތަހުގީގަށް ބޭނުންވާ ފޯނާއި އިލެކްޓްރޯނިކް ސާމާނުތައް އިޓަލީގެ ފުލުހުން ވަނީ އެއްކޮށްފައެވެ.
  • ފުރިހަމަ އޮޓޮޕްސީ ރިޕޯޓު ލިބުމަށް އަދި ހަފުތާތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.
  • މަރުގެ މައިގަނޑު ސަބަބަކީ ގެނބުން ނުވަތަ އޮކްސިޖަން ނުލިބުން ކަމަށް ބެލެވުން.
  • އިހުމާލުން މީހަކު މަރުވުމުގެ ކުށުގެ ދަށުން އިޓަލީގައި ޖިނާއީ ތަހުގީގު ކުރިއަށް ދިއުން.
  • މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިލެކްޓްރޯނިކް ހެކިތައް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން.

ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާގައި މަރުވި އިޓަލީގެ ޕްރޮފެސަރާއި އޭނާގެ ދަރިފުޅުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު، ވަގުތީ ނަތީޖާ ލިބިއްޖެއެެވެ.

އިޓަލީގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެމައިން މަރުވާން މެދުވެރިވި ސަބަބެއް ކަމަށް ވަގުތީ ނަތީޖާ ދައްކަނީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމެވެ.

މި ހާދިސާގައި މަރުވި ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރު، އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު އުމުރުން 23 އަހަރުގެ ޖިއޯޖިއާ ސޮމަކާލްގެ ހަށިގަނޑު މިއަދު އެ މީހުންގެ އުފަން ރަށް ކަމަށްވާ ޖެނޯއާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޑައިވް ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު --

އިޓަލީގެ ގަލަރާޓޭ ހޮސްޕިޓަލުގައި ހެދި ޕޯސްޓްމޯޓަމް ތަހުލީލުތަކަށްފަހު، ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގާނޫނީ ހުއްދަ މިހާރު ލިބިފައިވާ ކަމަށް ވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ހާދިސާގައި ޖުމްލަ ފަސް އިޓަލީ މީހުންނާއި ދިވެހި ސިފައިންގެ ޑައިވަރަކު ވަނީ މަރުވެފައެވެ. ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ މަރުވީ ރިކަވަރީ އޮޕަރޭޝަންގެ ތެރޭ ޑައިވްކުރަނިކޮށެވެ.

ދެމައިންގެ އިތުރުން މި ހާދިސާގައި މަރުވި އިޓަލީގެ އެހެން ރައްޔިތުންނަކީ ރިސާޗަރެއް ކަމަށްވާ، 31 އަހަރުގެ މުރިއެލް އޮޑެނީނޯއާއި، 30 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީ އަދި ޑައިވިން އިންސްޓްރަކްޓަރު 44 އަހަރުގެ ޖިއަންލޫކާ ބެނެޑެޓީއެވެ.

މި މައްސަލައާ ގުޅިގެން ރޯމްގެ ޕްރޮސެކިއުޓަރުގެ އޮފީހުން މިހާރު ވަނީ "އިހުމާލުން މީހަކު މަރުވުމުގެ ކުށުގެ" ދަށުން ޖިނާއީ ތަހުގީގެއް ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޓަލީ އެންމެންގެ ހަށިތައް އިޓަލީއަށް ފޮނުވީ މި މަހުގެ 23ވަނަ ދުވަހެވެ.

އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތަހުގީގަށް ބޭނުންވާ މަރުވި މީހުންގެ ފޯނުތަކާއި އިލެކްޓްރޯނިކް ސާމާނުތައް މިހާރު ވަނީ ޖެނޯއާ ފްލައިން ސްކޮޑުން ނަގާފައެވެ. މި ތަކެތި އިޓަލީއަށް ގެންގޮސްދިނީ އެ މީހުންނާއެކު ދަތުރުކުރި ޕްރޮފެސަރު ސްޓެފާނޯ ވެނިން ކަމަށް މަސްދަރުތަކުން ބުނެއެވެ.

މަރުވި ސީދާ ސަބަބު ކަށަވަރުކުރެވޭ ފުރިހަމަ ރިޕޯޓެއް ލިބުމަށް އަދި ހަފުތާތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް