ފިޔާ ހުހެއްނުވޭ، އަންނަ ހަފުތާގައި ހޯލްސޭލްކޮށް ވިއްކަން ފަށާނަން: އެސްޓީއޯ

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާތަކެއް: އަންނަ ހަފުތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ވިއްކަން ފަށާނެކަމަށް އެސްޓީއޯއިން ބުނޭ -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

ރާއްޖޭގެ މައި ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި، ބާޒާރުގައި ފިޔާ ލިބުމުގެ ދަތިކަމެއް އުޅޭކަމަށާއި އަގުބޮޑުވެފައިވާކަމަށް މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ. އެ ކުންފުނީގައި ފިޔާގެ ސްޓޮކް އެބަހުރިކަމަށާއި، މިހާރުވެސް ކިލޯއެއް ވިއްކަމުންދަނީ ކުރިންވެސް ވިއްކި އަގުކަމަށްވާ 13 ރުފިޔާއަށެވެ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހޯލްސޭލްކޮށް ފިޔާ ވިއްކަން ފެށުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. އަދި އަތޮޅުތެރޭގައި ހުންނަ އެ ކުންފުނީގެ ސަރަހައްދީ ފިހާރަތަކަށް ފިޔާ ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ބާޒާރުގައި ބައެއް އާންމު ފިހާރަތަކުން 30 އާއި 35 ރުފިޔާއަށް ފިޔާ ކިލޯއެއް ވިއްކަމުންދާ ދަނޑިވަޅެއްގައި، އާންމުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މައިގަނޑު އެއް އަމާޒެވެ.

  • އެސްޓީއޯގައި ފިޔާގެ ސްޓޮކް ހުސްނުވެ އެބަހުރިކަން ކަށަވަރުކޮށްދިނުން.
  • އަންނަ ހަފުތާގައި ފިޔާ ހޯލްސޭލްކޮށް ވިއްކަން ފެށުމަށް ނިންމުން.
  • އެސްޓީއޯއިން ފިޔާ ކިލޯއެއް އަދިވެސް 13 ރުފިޔާއަށް ވިއްކަމުންދާކަން ހާމަކުރުން.
  • ސަރަހައްދީ ފިހާރަތަކަށް ފިޔާ ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދިއުން.
  • ބާޒާރުގައި ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއް 35 ރުފިޔާއަށް ވިއްކަމުންދާކަން ފާހަގަކުރުން.

ކުރިޔެކޭ އެއްގޮތަށް އަދިވެސް ފިޔާ ލިބެން އެބަހުރި ކަމަށާއި، އަންނަ ހަފުތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ވިއްކަން ފަށާނެ ކަމަށް، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން މިއަދު ބުނެފިއެވެ.

އެސްޓީއޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ، ފިޔާ ލިބުމުގައި ދަތިތައް އުޅޭ ކަމާއި އަގުބޮޑުކޮށް ފިޔާ ލިބޭ ކަމަށް ބުނެ ބައެއް ޚަބަރުތައް މީސްމީޑިއާގައި ފެންނަމުން އަންނަ ކަމަށެވެ.

އެކަމަކު ކުރިޔެކޭ އެއްގޮތަށް އެސްޓީއޯގައި އަދިވެސް ފިޔާ އެބަހުރި ކަމަށާއި، އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ ކުރިންވެސް ވިއްކާ އަގު ކަމަށްވާ 13 ރުފިޔާއަށް ކަމަށް، އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އަންނަ ހަފުތާގައި ހޯލްސޭލްކޮށް ފިޔާ ވިއްކަން ފަށާނެ ކަމަށާއި، އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކަށްވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް، އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ފިޔާ ކިލޯއިން 13 ރުފިޔާއަށް ލިބެންހުންނަ އިރު، އާންމު ގޮތެއްގައި ފިހާރަތަކުން 16 ނުވަތަ 18 ރުފިޔާއަށް ފިޔާ ކިލޯއެއް ލިބެއެވެ. އެކަމަކު، މީގެ ދެ ހަފުތާ ކުރިން މާލޭގެ ފިހާރަތަކުން ފިޔާ ކިލޯއެއް ލިބެން ހުރީ 30 އާއި 35 ރުފިޔާއަށެވެ.

comment ކޮމެންޓް