އަނިޔާއިން ސަލާމަތްވެ ނޭމާ އެމެރިކާގައި ބްރެޒިލްގެ ތަމްރީނުތަކުގައި ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެ

ބްރެޒިލްގެ ފަރިތަކުރުންތަކުގެ ތެރެއިން ނޭމާ--

ކަނާތު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ވޭތުވެދިޔަ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، ނޭމާ ވަނީ ނިއު ޖާޒީގެ މޮރިސްޓައުންގައި ގާއިމުކޮށްފައިވާ ބްރެޒިލްގެ ބޭސް ކޭމްޕުގައި ލުއި ފަރިތަކުރުންތަކެއް ފުރިހަމަކޮށްފައެވެ. ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ކޯޗު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން އޭނާ ދަނޑުމަތީގައި ތަމްރީނުތައް ފެށުމަކީ އަނިޔާއިން ސަލާމަތްވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މިދިޔަ މެއި މަހު ލިބުނު އަނިޔާއާ ގުޅިގެން، ކުރިއަށް އޮތް ހުކުރު ދުވަހު ފިލަޑެލްފިއާގައި ހައިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނުމާމެދު ވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް، ނޭމާގެ ތަޖުރިބާއާއި ލީޑަޝިޕްގެ ބޭނުން ހިފުމުގެ ގޮތުން އޭނާ ވަނީ 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނާފައެވެ. އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

  • ކަނާތު ފަޔަށް ލިބުނު އަނިޔާއަކަށްފަހު ނޭމާ ބްރެޒިލްގެ ގައުމީ ޓީމުގެ ތަމްރީނުތަކާ ގުޅުން.
  • ނިއު ޖާޒީގައި ހުންނަ ބްރެޒިލްގެ ބޭސް ކޭމްޕުގައި އޭނާ ލުއި ފަރިތަކުރުންތަކެއް ފުރިހަމަކުރުން.
  • ހައިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ކުޅުމާމެދު ސުވާލު އުފެދިފައިވީ ނަމަވެސް، ސްކޮޑުގައި ހިމެނުން.
  • ގާތްގަނޑަކަށް 700 އެއްހާ ދުވަހަށްފަހު ގައުމީ ޓީމާއެކު އޭނާ ފެނިގެންދިއުން.

ބްރެޒިލްގެ ގައުމީ ޓީމުން އެމެރިކާގައި ކުރިއަށްގެންދާ ފަރިތަކުރުންތަކުގައި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަރި ނޭމާ ފުރަތަމަ ފަހަރަށް ބައިވެރިވާން ފަށައިފިއެވެ.

ކަނާތު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ވޭތުވެދިޔަ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި ނޭމާ، ނިއު ޖާޒީގެ މޮރިސްޓައުންގައި ހުންނަ ބްރެޒިލްގެ ބޭސް ކޭމްޕުގައި އިއްޔެ ވަނީ ދަނޑުމަތީގައި ލުއި ފަރިތަކުރުންތަކެއް ފުރިހަމަކޮށްފައެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން (ސީބީއެފް) ހާމަކުރި ގޮތުގައި، ސަންތޯސްއަށް ކުޅެމުން އަންނަ އުމުރުން 34 އަހަރުގެ ފޯވާޑް ދަނޑުމަތީގައި ތަމްރީނުތައް ފެށުމަކީ އޭނާ އަނިޔާއިން ސަލާމަތްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ފުރަތަމަ ތަމްރީނުގައި އޭނާ ވަނީ ހެޑް ކޯޗު ކާލޯ އަންޗެލޮޓީގެ ކޯޗިން ސްޓާފުންގެ އިރުޝާދުގެ ދަށުން ބައެއް ކުދި ތަމްރީނުތައް ހަދާފައެވެ.

މިދިޔަ މެއި މަހުގެ 17 ގައި ބްރެޒިލް ލީގު މެޗެއްގައި ނޭމާއަށް ލިބުނު އަނިޔާއާ ގުޅިގެން، ކުރިއަށް އޮތް ހުކުރު ދުވަހު ފިލަޑެލްފިއާގައި ހައިޓީއާ ދެކޮޅަށް ބްރެޒިލް ކުޅޭ ގްރޫޕް ސީގެ މެޗުގައި އޭނާ ފެނުމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ނަމަވެސް އޭނާގެ ތަޖުރިބާއާއި ލީޑަޝިޕްގެ ބޭނުން ހިފުމަށްޓަކައި ކޯޗު އަންޗެލޮއްޓީ ވަނީ އޭނާ 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނާފައެވެ.

ނޭމާ އެންމެ ފަހުން ބްރެޒިލްގެ ގައުމީ ޓީމަށް މެޗެއް ކުޅެދީފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އުރުގުއާއީއާ ދެކޮޅަށެވެ. އެ މެޗުގައި ކަކުލަށް ލިބުނު ބޮޑު އަނިޔާއަކަށްފަހު، އެކި ސަބަބުތަކާ ހުރެ އޭނާ ގައުމީ ޓީމާ ދުރުގައި ހުންނަތާ މިހާރު ގާތްގަނޑަކަށް 700 އެއްހާ ދުވަސް ވެދާނެ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

comment ކޮމެންޓް