ޗެޓް ބެކަޕްތައް މެނޭޖްކުރެވޭ އައު ފީޗާއެއް ވަޓްސްއެޕުން ޓެސްޓްކުރަނީ

ބެކަޕް ފީޗާގެ އިތުރުން، ކޮންޓެކްޓްތައް އޮންލައިންގައި ތިބިތޯ ބެލޭނެ ފީޗާއެއްވެސް ވަޓްސްއެޕުން ދަނީ ޓެސްޓްކުރަމުން ----

މަޝްހޫރު މެސެޖިންގ އެޕްލިކޭޝަން ވަޓްސްއެޕުން ދަނީ އެންޑްރޮއިޑް ފޯނުތަކުގައި ޗެޓް ބެކަޕްތައް ފަސޭހައިން މެނޭޖްކުރެވޭނެ އައު ސެކްޝަނެއް ޓެސްޓްކުރަމުންނެވެ. މި ބަދަލާއެކު، ފޯނުގެ ސްޓޯރޭޖް ފުރެމުންދާނަމަ ކުރީގެ ބެކަޕްތައް ވަކިވަކިން ބަލައި، ފޮހެލައި ނުވަތަ ޑުޕްލިކޭޓް ހެދުމާއި، ގޫގުލް ޑްރައިވްގެ ސްޓޯރޭޖް ބެލެހެއްޓުމުގެ ފުރިހަމަ އިޚްތިޔާރު ޔޫޒަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ގޫގުލް ޕްލޭ ސަރވިސަސް މެދުވެރިކޮށް އެޕްލިކޭޝަނަށް ނުވަދެ ފޯނުގެ ސެޓިންގްސްއިންވެސް ސީދާ ބެކަޕްތައް ކޮންޓްރޯލްކުރެވޭނެ މަގުވަނީ ތަނަވަސްވެފައެވެ. މިއީ ދާދިފަހުން ގޫގުލްއިން ވަޓްސްއެޕް ބެކަޕްތަކަށް ދެމުންދިޔަ ހިލޭ އަންލިމިޓެޑް ސްޓޯރޭޖް ކަނޑާލައި، 15 ޖީބީގެ ލިމިޓެއް ކަނޑައެޅުމާ ގުޅިގެން ޔޫޒަރުންނަށް ދިމާވި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ގެނެވޭ ބަދަލެކެވެ. މި ފީޗާގެ އިތުރުން، ކޮންޓެކްޓް ލިސްޓުގައި ހިމެނޭ މީހުން އޮންލައިންގައި ތިބިކަން އަންގައިދިނުމަށް ޕްރޮފައިލް ފޮޓޯގައި ފެހި ކުލައިގެ ތިއްކެއް ދައްކުވައިދޭ އަވަސް ނިޒާމެއްވެސް ދަނީ ޓެސްޓްކުރަމުންނެވެ. ކުރިންނަމަ މީހަކު އޮންލައިންގައި ހުރިކަން އެނގެނީ ޗެޓް ހުޅުވުމުންނެވެ. ނަމަވެސް މި ބަދަލާއެކު ޗެޓް ނުހުޅުވައި ސީދާ ޕްރޮފައިލުން އެކަން އެނގޭނެއެވެ. އަދި ޕްރައިވެސީ ސެޓިންގްސް ބޭނުންކޮށްގެން މި ފެހި ތިކި އެހެން މީހުންނަށް ނުފެންނަ ގޮތަށް ފޮރުވުމުގެ އިޚްތިޔާރުވެސް ޔޫޒަރުންނަށް ލިބޭނެއެވެ.

  • ވަޓްސްއެޕްގެ ތެރެއިންނާއި ފޯނުގެ ސެޓިންގްސް މެދުވެރިކޮށް ޗެޓް ބެކަޕްތައް ފަސޭހައިން މެނޭޖްކުރެވޭނެއެވެ.
  • ކުރީގެ ބެކަޕްތައް ފޮހެލައިގެންނާއި ޑުޕްލިކޭޓްކޮށްގެން ފޯނުގެ ސްޓޯރޭޖް ހުސްކުރުމުގެ ފުރިހަމަ ބާރު ޔޫޒަރަށް ލިބޭނެއެވެ.
  • ޕްރޮފައިލް ފޮޓޯއިން ފެންނަ ފެހި ތިއްކެއް މެދުވެރިކޮށް ކޮންޓެކްޓުން އޮންލައިންގައި ތިބިކަން ދެނެގަނެވޭނެއެވެ.
  • ޕްރައިވެސީ ސެޓިންގްސް މެދުވެރިކޮށް އޮންލައިން އިންޑިކޭޓަރ ފޮރުވުމުގެ ފުރުޞަތު އޮންނާނެއެވެ.
  • ގޫގުލްގެ ސްޓޯރޭޖް ލިމިޓްކުރުމާ ގުޅިގެން ދިމާވި މައްސަލަތަކަށް މެޓާއިން ހައްލެއް ހޯދައިދެނީއެވެ.
  • ކްލައުޑް ސްޓޯރޭޖް އަމިއްލައަށް ކޮންޓްރޯލްކުރުމުގެ ބާރު ޔޫޒަރުންނަށް ލިބެނީއެވެ.
  • ފޭސްބުކް އަދި އިންސްޓަގްރާމްއާ އެއްގޮތަށް ވަޓްސްއެޕްގެ އޮންލައިން އިންޑިކޭޓަރ ބަދަލުވަނީއެވެ.

މަޝްހޫރު މެސެޖިން އެޕްލިކޭޝަން، ވަޓްސްއެޕް ބޭނުންކުރާ އެންޑްރޮއިޑް ފޯނުތަކުގައި ޗެޓް ބެކަޕްތައް މެނޭޖްކުރަން ޚާއްސަ ސެކްޝަނެއް ހިމަނައިގެން، ބެކަޕްތައް ފަސޭހައިން ބެލެހެއްޓޭނެ އައު ފީޗާއެއް އެޕްގެ ތެރޭގައި ޓެސްޓްކުރަން ފަށައިފިއެވެ.

މި ފީޗާގެ އެހީގައި ފޯނުގެ ސްޓޯރޭޖް ފުރެމުންދާނަމަ ކުރީގެ ބެކަޕްތައް ވަކިވަކިން ބަލައި، ފޮހެލައި ނުވަތަ ޑުޕްލިކޭޓް ހެދުމުގެ ފުރުޞަތު ޔޫޒަރުންނަށް ލިބިގެންދާނެއެވެ. ހަމައެއާއެކު، ގޫގުލް ޑްރައިވްގެ ސްޓޯރޭޖް މެނޭޖްކުރުމަށް ބޭނުންވާ ޝޯޓްކަޓްތައްވެސް މި ސެކްޝަނުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި އައު ބަދަލުތަކަށް އެހީތެރިވުމުގެ ގޮތުން ގޫގުލް އިންވެސް ދަނީ އެންޑްރޮއިޑް ސިސްޓަމް ސެޓިންގްސްގެ ތެރެއަށް ވަޓްސްއެޕް ބެކަޕް ކޮންޓްރޯލްތައް އެއްކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގޫގުލް ޕްލޭ ސާވިސަސްގެ އައު އަޕްޑޭޓާއެކު، އެޕްގެ ތެރެއަށް ނުވަދެ ސީދާ ފޯނުގެ ސެޓިންގްސްއިންވެސް ބެކަޕްތައް ބަލަހައްޓައި މެނޭޖްކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

https://sun.mv/223400

ބެކަޕް ފީޗާގެ އިތުރުން، ކޮންޓެކްޓްތައް އޮންލައިންގައި ތިބިތޯ ބަލައިލެވޭނެ އަވަސް ގޮތްތަކެއްވެސް ވަޓްސްއެޕުން ދަނީ ޓެސްޓްކުރަމުންނެވެ.

މި ބަދަލާއެކު މީހަކު އޮންލައިންގައި ހުރިކަން އެނގުމަށްޓަކައި ޗެޓް ހުޅުވަން ނުޖެހި، އެމީހެއްގެ ޕްރޮފައިލް ފޮޓޯއިން ސީދާ ފެންނަން ހުންނާނެއެވެ.

އަލަށް ތައާރަފްކުރަން އުޅޭ މި އޮންލައިން އިންޑިކޭޓަރަކީ ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ އެޕްތަކުގައިވެސް ބޭނުންކުރާ ފަދަ ފެހި ކުލައިގެ ތިއްކެކެވެ. މީގެ ސަބަބުން މިހާރު ޗެޓްގެ މަތީގައި އަރާ "އޮންލައިން" މި ލަފުޒުގެ ބަދަލުގައި، ކޮންޓެކްޓް ލިސްޓުން ނުވަތަ ޗެޓް އިންފޯއިން ފެހި ތިިއްކަށް ބަލައިލުމުން އެމީހަކު އެވަގުތު އެޕް ބޭނުންކުރަމުންދާކަން އެނގޭނެއެވެ. ނަމަވެސް، ޕްރައިވެސީ ސެޓިންގްސް މެދުވެރިކޮށް މި ފެހި ތިިކި އެހެން މީހުންނަށް ނުފެންނަ ގޮތް ހެދުމުގެ އިޚްތިޔާރުވެސް ލިބިގެންދާނެއެވެ.

މި ބަދަލަކީ ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް އެޕްލިކޭޝަންގެ ތެރެއިން ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ސްޓޯރޭޖްގެ މައްސަލަތަކަށް ލުޔެއް ހޯދައިދިނުމަށް އެޕްލިކޭޝަންގެ މައި ކުންފުނި ކަމަށްވާ މެޓާ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެންނަ ބަދަލެކެވެ.

މީގެ ކުރިން ވަޓްސްއެޕްގެ ބެކަޕްތައް އޮޓޮމެޓިކުން ގޫގުލް ޑްރައިވްގައި ސޭވްވަމުންދިޔަ ނަމަވެސް، ބެކަޕްތައް ވަކިވަކިން މެނޭޖްކުރުމުގެ ފުރުޞަތު އެޕްގެ ތެރެއިން ސީދާ ލިބިފައެއް ނުވެއެވެ. ނަމަވެސް، ދާދިފަހުން ގޫގުލް އިން ވަޓްސްއެޕް ބެކަޕްތަކަށް ހިލޭ ދެމުންދިޔަ އަންލިމިޓެޑް ސްޓޯރޭޖްގެ ޚިދުމަތް ހުއްޓާލައި، ގޫގުލް އެކައުންޓުން ލިބޭ 15 ޖީބީގެ ހިލޭ ސްޓޯރޭޖްގެ ތެރޭގައި ވަޓްސްއެޕް ބެކަޕްތައްވެސް ހިމަނަން ފެށުމާއެކު، ގިނަ ބައެއްގެ ސްޓޯރޭޖް ފުރިގެން ދަތިތަކާ ކުރިމަތިވިއެވެ. އެހެންކަމުން، އަލަށް މި ތައާރަފްކުރާ ފީޗާގެ ސަބަބުން ބޭނުންނެތް ބެކަޕްތައް ފޮހެލައިގެން ފޯނާއި ކްލައުޑް ސްޓޯރޭޖް ހުސްކުރުމުގެ ފުރިހަމަ ބާރު ޔޫޒަރުންނަށް ލިބިގެންދާނެއެވެ.

comment ކޮމެންޓް