އެމްއައިބީން ދިއްގަރުގައި އާ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް ހުޅުވައިފި

ދިއްގަރުގައި އެމްއައިބީން ހުޅުވި އާ ސޭލްސް ސެންޓަރާއި އޭޓީއެމްއެއް -- ފޮޓޯ/ އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މ. ދިއްގަރުގައި އާ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މި ތަންތަން ހުޅުވައިދެއްވީ ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާނާއި އެމްއައިބީގެ އިސްވެރިންނެވެ. މި އައު މަރުކަޒުގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މި މަޝްރޫޢަކީ ރަށުގެ އިޤުތިޞާދީ އަދި މާލީ ބޭނުންތަކަށް އެހީތެރިވުމަށް އެމްއައިބީން އެޅި މުހިންމު ފިޔަވަޅެކެވެ.

  • އެމްއައިބީގެ އާ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް މ. ދިއްގަރުގައި ގާއިމުކުރުން.
  • މި މަރުކަޒުތައް ހުޅުވައިދެއްވީ ދިއްގަރު ކައުންސިލުގެ ރައީސާއި އެމްއައިބީގެ އިސްވެރިން.
  • އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ފަސޭހަ ލިބިގެންދާނެ.
  • މިއީ މުޅި ރާއްޖެއަށް މާލީ ޚިދުމަތްތައް ފުޅާކުރުމަށް ބޭންކުން ކުރާ މަސައްކަތުގެ ބައެއް.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މ. ދިއްގަރުގައި އެ ބޭންކުގެ އާ ސޭލްސް ސެންޓަރަކާއި، އޭޓީއެމްއެއް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާނާއި، އެމްއައިބީގެ އިސްވެރިންނެވެ.

އެމްއައިބީން ބުނި ގޮތުގައި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެެކެވެ. އަދި، އަލަށް ގާއިމުކުރި މި ސޭލްސް ސެންޓަރުން ބޭންކިން ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ދިއްގަރުގައި އެމްއައިބީން ހުޅުވި އާ ސޭލްސް ސެންޓަރާއި އޭޓީއެމްއެއް -- ފޮޓޯ/ އެމްއައިބީ

ހަމައެއާއެކު އަލަށް ހުޅުވުނު އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ދިއްގަރު ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެމްއައިބީން ބުނި ގޮތުގައި މި ޚިދުމަތްތައް ފަރުމާކޮށްފައި ވަނީ ބޭންކިން ފަސޭހަކުރުމާއި ރަށުގެ މުޖުތަމައުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށެވެ. މީގެ އިތުރުން ވެސް އެ ބޭންކުން ގެންދަނީ މާލީ ޚިދުމަތް ފޯރުކޮށްދިނުން އިތުރުކުރުމުގެ ގޮތުން މުޅި ރާއްޖޭގައި އެ ބޭންކުގެ ޚިދުމަތްދޭ މަރުކަޒުތަކާއި އޭޓިއެމްތައް ގާއިމުކުރަމުންނެވެ.

comment ކޮމެންޓް