ސިނގިރޭޓް ވައްކަން: އާއްޓޭއާއި ދިގަލި މާދަމާ އަނެއްކާވެސް ކޯޓަށް ހާޒިރު ކުރަނީ

(ވ) ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) --

ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވަނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރެއްގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ދަޢުވާލިބޭ 10 މީހުންގެ ޝަރީޢަތުގެ ދެވަނަ އަޑުއެހުން މާދަމާ މެންދުރު 1 ޖަހާއިރު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ އިސް ފަރާތްތަކުގެ ތެރޭގައި ލޮޓަސް ފިހާރައިގެ ވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުޙައްމަދު ވަޙީދު (ދިގަލި) ހިމެނެއެވެ. މި ދެ ވިޔަފާރިވެރިން ކުރިން ހައްޔަރުކުރި ނަމަވެސް، ވައްކަމުގައި ޢަމަލީގޮތުން ބައިވެރިވިކަމުގެ ހެކި ނެތުމުން، ޝަރުޠުތަކަކާއެކު މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. ފުލުހުންގެ ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި މި ވައްކަން ކޮށްފައިވަނީ އަސްލު ކޮންޓެއިނަރުތަކާ އެއްގޮތް ފޭކު ކޮންޓެއިނަރުތަކެއް އެމްޕީއެލް ޓާމިނަލްގައި ބެހެއްޓުމަށްފަހު، އަސްލު ކޮންޓެއިނަރުތައް ތިލަފުށްޓަށް ގެންގޮސްގެންނެވެ.

  • މާދަމާގެ ޝަރީޢަތަކީ މި މައްސަލައިގެ އިބްތިދާއީ މަރުޙަލާގެ ދެވަނަ އަޑުއެހުމެވެ.
  • އާއްޓޭ އާއި ދިގަލި ހިމެނޭހެން ޖުމްލަ 10 މީހެއްގެ މައްޗަށް މި މައްސަލައިގައި ދަޢުވާ އުފުލާފައިވެއެވެ.
  • ކުށް ކޮށްފައިވަނީ އުޅަނދުގެ ނަމާއި ރަޖިސްޓްރީ ބަދަލުކޮށް، ސިނގިރޭޓު ކޮންޓެއިނަރުތައް ތިލަފުށްޓަށް ގެންގޮސް ހަލާކުކޮށްލައިގެންނެވެ.
  • ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް އުފުލާފައިވަނީ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރުފޯރުވުމަށް ރޭވުމާއި، ވައްކަން ކުރުމަށް ރޭވުމާއި، ވައްކަމުގެ ކުށުގެ ދަޢުވާއެވެ.
  • ސިނގިރޭޓު ވައްކަމުގެ މައްސަލައިގެ ޝަރީޢަތް މާދަމާއަށް ތާވަލުކުރުން.
  • ވައްކަންކުރަން ރޭވިކަމުގެ ތުހުމަތު އޮތްނަމަވެސް، އާއްޓޭ އަދި ދިގަލި ތިބީ ބަންދުން ދޫކޮށްލާފައި.
  • ކުށްކޮށްފައިވަނީ ވަރަށް ބޮޑަށް ރާވައިގެން، ފޭކު ކޮންޓެއިނަރު ބޭނުންކޮށްގެންކަން ފުލުހުންގެ ތަޙުޤީޤަށް ވަނީ ސާބިތުވެފައި.

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ ވިޔަފާރިވެރިން ކަމަށްވާ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން އެ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރިއަތުގެ ދެވަނަ އަޑު އެހުން ކްރިމިނަލް ކޯޓުން މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑު އެހުން މީގެ މަހެއްހާ ދުވަސް ކުރިން ފެށިފައިވާއިރު، އަދި ކުރިއަށް ދަނީ އިބްތިދާއީ އަޑު އެހުމުގެ ބައެވެ. މާދަމާގެ ޝަރިއަތް އޮތީ މެންދުރު އެކެއް ޖަހާއިރަށް ތާވަލުކޮށްފައެވެ.

މި މައްސަލައިގައި ދިގަލި އަދި އާއްޓޭވެސް ކުރިން ހައްޔަރު ކުރިއެވެ. އެކަމަކު ފަހުން އެ މީހުން ދޫކޮށްލީއެވެ. ޕީޖީން ކުރިން ބުނީ ދިގަލި ވަހީދާއި އާއްޓޭ, ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކޮށް ބެހެއްޓުމަށް ފަހު، އެމްޕީއެލް ޓާމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސްގެން ކަމަށެވެ. އެ ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަވި ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފަވާކަމާއި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދިގަލި އަދި އާއްޓޭ ހިމެނޭހެން 10 މީހުންގެ މައްޗަށް ދައުވާކޮށްފައިވާއިރު، އެ މީހުންގެ މައްޗަށް ދައުވާ ކުރަން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަން ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

comment ކޮމެންޓް