''ތައުލީމު ލިބިފައިވާ މީހެއްގެ ކިބައިން، ޖަމާއަތުގެ މަސްލަހަތު އިސްކުރުން ފަދަ ހަރުދަނާ އަޚުލާގު ފެންނާނެ''

ފަސްޓް ލޭޑީ ސާޖިދާ:ތައުލީމު ލިބިފައިވާ މީހެއްގެ ކިބައިން، ޖަމާއަތުގެ މަސްލަހަތު އިސްކުރުން ފަދަ ހަރުދަނާ އަޚުލާގު ފެންނާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް އިމާދުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ތައުލީމާއި މީހާގެ އަޚުލާގާ ހުރި ގުޅުމުގެ މައްޗަށް ފުޅާ ދާއިރާއެއްގައި އަލިއަޅުއްވާލައްވާފައެވެ. އެ ކަމަނާ ފާހަގަކުރެއްވި ގޮތުގައި، ތައުލީމަކީ އިންސާނާ ތަރައްގީކޮށްދޭ މައިގަނޑު ވަސީލަތެވެ. އަދި ހަގީގީ ތަރައްގީއަކީ އިންސާނާގެ އުޅުމަށާއި ގުޅުމަށް އަންނަ ހެޔޮ ބަދަލެވެ. ރަނގަޅު ތައުލީމެއް ލިބިފައިވާ މީހެއްނަމަ، އެ މީހެއްގެ އަމަލުތަކުންނާއި، އެހެން މީހުންނާއެކު ކުރާ މުއާމަލާތްތަކުން އެކަން ސާފުކޮށް ސާބިތުވާނެކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، މިއާންޒް ކޮލެޖަކީ ކުރު މުއްދަތެއްގެ ތެރޭގައި ހަލުވިކަމާއެކު ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކޮށް، ގައުމީ ފެންވަރުގައި ހަރުދަނާ ތަރުބަވީ އާ ޖީލެއް ބިނާކުރުމުގެ ބިންގާ އަޅައިދިން މުއައްސަސާއެއްކަން ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި، އެ ކޮލެޖަށް އެކި މުއްދަތްތަކުގައި ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ވަނީ ހަވާލުކޮށްދެއްވާފައެވެ.

  • މިއާންޒް ކޮލެޖުގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވުން.
  • ތައުލީމު ލިބިފައިވާ ފަރާތްތަކުގެ ކިބައިން ޖަމާއަތުގެ މަސްލަހަތު އިސްކުރުމާއި، ދީނީ ކަންކަމަށް ފަރުވާތެރިވުން ފަދަ މާތް ސިފަތައް ފެންނާނެކަން ބަޔާންކުރެއްވުން.
  • މުސްލިމުން އުނގެނުމުގެ މައިގަނޑު މަގުސަދަކީ ދީނާއި، ގައުމާއި، އަމިއްލަ ނަފުސާއި އާއިލާއަށް ބާއްޖަވެރިކަން ހޯދައިދިނުންކަމުގައި ފާހަގަކުރެއްވުން.
  • އަނެކުންނަށް އިޙުތިރާމުކުރުމާއި، އަބަދުވެސް އާ ކަންކަން ދަސްކޮށް އިލްމީ ގޮތުން ކުރިއަރަން މަސައްކަތްކުރުމަކީ ތައުލީމީ މީހެއްގެ ސިފައެއްކަން އަންގައިދިނުން.
  • ކޮލެޖަށް 5، 10 އަދި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގުވަޒަންކޮށް، އެ ބޭފުޅުންނަށް ހަނދާނީ ފިލާ ދެއްވުން.
  • ތައުލީމުގެ ސަބަބުން މީހާގެ އަޚުލާގާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އައުން.
  • މިއާންޒް ކޮލެޖުން ގައުމީ ފެންވަރުގައި ތަރުބަވީ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތް ބަލައިގަތުން.
  • މުވައްޒަފުންގެ ދިގު މުއްދަތުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ މުހިންމުކަން.

ތައުލީމު ލިބިފައިވާ މީހެއްގެ ކިބައިން، ޖަމާއަތުގެ މަސްލަހަތު އިސްކުރުން ފަދަ ހަރުދަނާ އަޚުލާގު ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ ވަނީ މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައެވެ.

އިމާދުއްދީން ސްކޫލުގައި އޮތް އެ ރަސްމިއްޔާތުގައި އެ ކަމަނާ ވަނީ މިއާންޒް ކޮލެޖަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކޮލެޖުން ދެއްވާ ހަނދާނީ ފިލާ، އެ ބޭފުޅުންނާ ޙަވާލުކޮށްދެއްވާފައެވެ.

އެ ރަސްމިއްޔާތުގައި އެ ކަމަނާ ދެއްކެވި ވާހަކަފުޅުގައި، މިއާންޒް ކޮލެޖަކީ ކުރު މުއްދަތެއްގައި، ހަލުވި ދުވެލީގައި ކާމީޔާބީއަށް ވާޞިލުވި މުއައްސަސާއެއްކަން ފާހަގަކުރައްވައި، ގައުމީ ފެންވަރެއްގައި ރަނގަޅު ތަރުބަވީ އާޖީލެއްގެ ބިންގާ އެޅުނީތީ މުޅި ދައުލަތްވެސް އުފާކުރާކަމަށް ވިދާޅުވިއެވެ.

އެ ކަމަނާ ވިދާޅުވީ، ތައުލީމަކީ އިންސާނާ ތަރައްގީ ކޮށްދޭ ވަސީލަތެއް ކަމަށާއި ތަރައްގީއަކީ އިންސާނާއަށް އަންނަ ބަދަލަށް ކިޔާ ނަމެއް ކަމަށެވެ. އެ ބަދަލު ފެންނާނީ ދެވޭ ތައުލީމެއްގެ ބާވަތާއި އެ ތައުލީމެއް ދެވޭ ގޮތަކުންކަން ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި ރަނގަޅު ތައުލީމެއް ލިބިފައިވާނަމަ އެ މީހަކު ތަރައްގީވެފައިވާތަން އޭނާ ކުރާ ކަންކަމުން އެނގޭނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މުސްލިމުން ތައުލީމު އުނގެނެނީ ދީނާއި ގައުމާއި އަމިއްލަ ފަސްގަނޑާއި އަމިއްލަ ނަފުސާއި އަމިއްލަ އާއިލާއަށް ބާއްޖަވެރިކަން ގެނައުމަށް ޓަކައި އެހެންކަމުން ތައުލީމު ލިބިފައިވާ މީހާގެ ކިބައިން ފާޅުވާ ހަރުދަނާ އަޚުލާގުތަކެއް ހުރޭ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

އޭގެ ތެރޭގައި، ދީނީ ކަންކަމަށް ފަރުވާތެރިވުމާއި، ވާހަކަ ދެއްކުމުގައި ވެސް އަދި ކުރާ މުއާމަލާތްތަކުގައި ވެސް އަނެކުންނަށް އިޙުތިރާމު ކުރުމުގެ އިތުރުން ޖަމާއަތުގެ މަސްލަހަތު އިސްކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި މިއާންޒް ކޮލެޖަށް ފަސް އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނާއި، 10 އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ.

comment ކޮމެންޓް