ސުކޫލަށް ދިޔުން މަދުވުމުން ހެދި ދިރާސާއަކުން ދެއްކީ، ގްރޭޑް 9، 10ގެ ކުދިން ނިދަނީ މެންދަމުކަން!

ސްކޫލް ކުދިންތަކެއް: ސުކޫލަށް ދިޔުން މަދުވުމުން ހެދި ދިރާސާއަކުން ދެއްކީ، ގްރޭޑް 9، 10ގެ ކުދިން ނިދަނީ މެންދަމުކަން -- ސަން ފޮޓޯ/ މުހައްމަދު އަފްވާން

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި، ގްރޭޑް ނުވައެއް އަދި ދިހައެއްގެ ދަރިވަރުން ސުކޫލަށް ދިޔުން މަދުވުމުގެ މައިގަނޑު ސަބަބަކީ ދަންވަރުގެ ވަގުތުތަކުގައި ނިދުމެވެ. މި ދިރާސާގެ މައުލޫމާތު ހާމަކުރައްވާފައިވަނީ ދާލު އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި، އައިޔޫއެމްގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާއެވެ. މާލެ ސަރަހައްދާއި ބައެއް އަތޮޅުތަކުގެ ސުކޫލުތައް ހިމަނައިގެން ކުރިއަށްގެންދިޔަ މި ދިރާސާއިން އެނގުނު ގޮތުގައި، ފޯނު ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ދަރިވަރުންނަށް ނިދެނީ މެންދަމުން އަލިވެ ދޭއް ނުވަތަ ތިނެއް ޖަހާ ފަހުންނެވެ. މިގޮތަށް ލަހުން ނިދުމުގެ ސަބަބުން ހެނދުނު ހޭލާއިރު ބޮލުގައި ރިހުމާއި، މޫޑު ގޯސްވުމާއި، ބަނޑު ސަކަރާތްވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސުކޫލަށް ހާޒިރުނުވެވޭ ދުވަސްތައް ގިނަވާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ވަގުތު ރާވައިގެން ރަނގަޅު އިންތިޒާމެއްގެ ދަށުން ނިދުމަށް ދަރިވަރުންނަށް ވަނީ އިރުޝާދު ދެއްވާފައެވެ.

  • ގްރޭޑް ނުވައެއް އަދި ދިހައެއްގެ ދަރިވަރުން ސުކޫލަށް ދިޔުން މަދުވުމާ ގުޅޭގޮތުން އައިޔޫއެމްއިން ވަނީ ދިރާސާއެއް ކޮށްފައެވެ.
  • މި ދިރާސާއިން ދައްކާގޮތުގައި ގިނަ ދަރިވަރުން ނިދަނީ ދަންވަރު 1:30 އާއި 4:00 އާ ދެމެދުގެ ވަގުތުތަކުގައެވެ.
  • ލަހުން ނިދުމުގެ މައިގަނޑު ސަބަބަކީ ސްމާޓްފޯނާއި އިންޓަނެޓްގެ ވަސީލަތްތައް ބޭނުންކުރުމުގައި ހޭލާ ތިބުމެވެ.
  • ނިދި މަދުވުމުގެ ސަބަބުން ހެނދުނު ބޮލުގައި ރިހުމާއި ބަނޑު ސަކަރާތްވުން ފަދަ ކަންކަން ދަރިވަރުންނަށް ކުރިމަތިވެއެވެ.
  • ތައުލީމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ވަގުތު ރާވައިގެން ނިދުމަށް ދަރިވަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ގްރޭޑް ނުވައަކާއި ދިހައެއްގެ ދަރިވަރުން ނިދަނީ މެންދަމު ކަމަށް, ދަރިވަރުން ސުކޫލަށް ދިޔުން މަދުވާތީ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

އެ ދިރާސާގެ މައުލޫމާތުތައް ހާމަކުރެއްވީ، މިދިޔަ ބުރާސްފަތި ދުވަހު ދ. އަތޮޅުގެ ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވި އައިޔޫއެމްގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާއެވެ.

އޭނާ ވިދާޅުވީ، ފުރާވަރުގެ ކުދިން ސްކޫލަށް ދިޔުން މަދުވާތީ އައިޔޫއެމްއިން މި ފަހުން ދިރާސާއެއް ހެދި ކަމަށާއި އެ ދިރާސާ ހެދީ ގްރޭޑް ދިހައަކާއި ނުވައެއްގެ ދަރިވަރުންނާ ސުވާލުކޮށްގެން ކަމަށެވެ.

އެ ދިރާސާ ހެދުމަށް އައިޔޫއެމްއިން މާލެ ސަރަހައްދުގެ ގިނަ ސުކޫލުތަކާއި އއ. އަތޮޅާއި ކ. އަތޮޅާއި ހދ. އަތޮޅުގެ ބައެއް ސުކޫލުތަކުގެ ދަރިވަރުންނާ ސުވާލުކުރިއެވެ.

ޑރ ޝާފިއާ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ---- ފޮޓޯ/ ދ. އަތޮޅު ތައުލީމީ މަރުކަޒު

އެ ދިރާސާއާ ހަވާލާދެއްވައި ޑރ. ޝާފިއާ ވިދާޅުވި ގޮތުގައި، ގްރޭޑް ނުވައަކާއި ދިހައެއްގެ ދަރިވަރުން ނިދަނީ ދަންވަރުގެ ގަޑިތަކުގައެވެ.

[އެ ކުދިން] ނިދާ ގަޑިއަކީ [ދަންވަރު] 3:30. 02:30. 01:30. ހަތަރެއް ޖަހާއިރު. މި ދައްކަނީ ބޮޑެތި މީހުންގެ ވާހަކައެއް ނޫނޭ. މި ދައްކަނީ ތި ކުދިންގެ އުމުރުފުރައިގެ ކުދިންގެ ވާހަކައައިޔޫއެމްގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާ

އޭނާ ވިދާޅުވީ، ފޯނުގައި ގިނަ މައުލޫމާތުތަކެއް ހުންނައިރު، އެ ތަކެތި ބެލުމުގައި ދަރިވަރުންނަށް ނޭނގި ގިނަ ވަގުތު ހޭދަކުރަން ނުނިދާ އޮވެވިދާނެ ކަމަށެވެ. އެހެންވެ، ބުއްދީގެ ބޭނުންކޮށްގެން، ވަގުތުތައް ރާވައިގެން ނިދުމުގެ އިންތިޒާމުތައް ބެހެއްޓުމަށް ދަރިވަރުންނަށް ޝާފިއާ އިރުޝާދުދެއްވިއެވެ.

މި ދިރާސާއަކީ، ކުދިން ސުކޫލަށް ދިޔުން މަދުވުމުން ހެދި ދިރާސާއެއްކަން ފާހަގަކުރައްވައި، ޝާފިއާ ވިދާޅުވީ، ކުދިން ލަހުން ނިދުމުން ހެނދުނު ބަނޑު ސަކަރާތްވުމާއި މޫޑު ގޯސްވުމާއި ބޮލުގައި ރިހުން ފަދަ ކަންކަން ދިމާވެގެން ސުކޫލަށް ނުދެވޭ ކަމަށެވެ.

މި ދިރާސާގެ އިތުރު އެހެން ތަފުސީލުތައް ޝާފިއާ ހާމައެއް ނުކުރައްވައެވެ.

އެ ރަސްމިއްޔާތުގައި ޝާފިއާ ވަނީ، ކާމިޔާބު ދަރިވަރަކަށް ވުމަށް ކުރަން ޖެހޭ ކަންތައްތަކާއި ކޮށްގެން ނުވާނެ ކަންތައްތަކަށް ތަފުސީލީ ގޮތެއްގައި އަލިއަޅުވާލައްވާފައެވެ.

comment ކޮމެންޓް