އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ޝަކީލް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި މުޙައްމަދު ޒާހިދު މިދިޔަ މެއި މަހު މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުޙައްމަދު ޝަކީލް ޢައްޔަންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޝަކީލަށް މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. އަދި މި ރަސްމިއްޔާތުގައި މަޤާމުގެ ލިޔުން ޝަކީލާ ވަނީ ޙަވާލުކުރައްވާފައެވެ. މުޙައްމަދު ޝަކީލަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އިއްޔެ ނެގުނު ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މީގެ ކުރިން ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުކަމާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝަކީލަކީ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

  • އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މުޙައްމަދު ޝަކީލް ޢައްޔަންކުރައްވައި، މަޤާމުގެ ލިޔުން ޙަވާލުކުރައްވައިފި.
  • މިއަދު ބޭއްވި ރަސްމިއްޔާތުގައި މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމް.
  • މި މަޤާމު ހުސްވީ މެއި މަހުގެ 1 ވަނަ ދުވަހު ކޮމިޝަނުގެ ކުރީގެ ރައީސް މުޙައްމަދު ޒާހިދު އިސްތިއުފާދެއްވުމާ ގުޅިގެން.
  • ޝަކީލް އެ މަޤާމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ 51 މެންބަރަކު ވަނީ ވޯޓުދެއްވައި ރުހުން ދެއްވާފައި.
  • ޝަކީލަކީ މީގެ ކުރިންވެސް އެ ކޮމިޝަނުގެ މެންބަރުކަމާއި، ސަރުކާރުގެ އެހެނިހެން އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެއް.

އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި, އަދި ވެރިކަން ކުރާ ޕީއެންސީގައި އިސްކޮށް އުޅުއްވި މުޙައްމަދު ޝަކީލް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައެވެ. ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މުޙައްމަދު ސަލީމެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލާ ހަވާލުކޮށްދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން ފެންނަ ކަމަށް އިއްޔެ މަޖިލީހުގެ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 51 މެންބަރަކު ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓުދެއްވިއެވެ.

https://sun.mv/223761

ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ގައުމީ ބޭންކު ބީއެމްއެލްގައި ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، އަދި އޭގެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ވެސް ޑިރެކްޓަރު ޖެނެރަލްގެ މަގާމް ފުރުއްވި ޝަކީލް، އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރީ ޑިސެންބަރު ތިނެއް، 2014ގައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މެއި ނުވައެއް، 2018ގައެވެ.

އިލެކްޝަންސް ކޮމިޝަނުން ޝަކީލް އިސްތިއުފާދެއްވުމަށްފަހު ދެން އަދާކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމެވެ.

comment ކޮމެންޓް