އިތުރު ހަތަރު ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި

އަލަށް ދެ ކުންފުންޏެއްގެ ބޯޑަށް އައްޔަނުކުރި މެންބަރުންތައް ---- ފޮޓޯ/ ޕީސީބީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތަކުގެ ތެރޭގައި އެމްޓީސީސީ އާއި އެމްއޭސީއެލް އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑަށް އައު މެންބަރުން ވަނީ އައްޔަނުކޮށްފައެވެ. މީގެ އިތުރުން ވިޒިޓް މޯލްޑިވްސް އާއި އެމްޕީއެލްގެ ބޯޑުން ދެ މެންބަރަކު ވަނީ މަގާމުން ވަކިކޮށްފައެވެ. މި ބަދަލުތައް ގެނައި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. މިއީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ދަނޑިވަޅެއްގައި ގެނައި ބަދަލުތަކެކެވެ.

  • އެމްޓީސީސީގެ ޗެއާޕާސަން އަދި ބޯޑު ޑިރެކްޓަރު ކަމަށް ސަޢާދާ އިބްރާހިމް އައްޔަނުކުރުން.
  • އައްޑޫ އިންޓަަނޭޝަނަލް އެއާޕޯޓުގެ ބޯޑު ޑިރެކްޓަރަކަށް ޝެރީނާ ޞާލިހު ހަމަޖެއްސުން.
  • އެމްއޭސީއެލްގެ ބޯޑަށް ޒައިނާ އަބްދުﷲ އާއި އަހުމަދު ނާސިފު އައްޔަނުކުރުން.
  • ވިޒިޓް މޯލްޑިވްސް އާއި އެމްޕީއެލްގެ ބޯޑުގައި ތިއްބެވި ދެ މެންބަރަކު މަގާމުން ވަކިކުރުން.
  • ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށްދާކަން.

ސަރުކާރުގެ އިތުރު ތިން ކުންފުންޏެއްގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ބަދަލު ގެނެސްފިއެވެ.

ޕީސީބީން ވަކިވަކިން މިއަދު ކުރި ޕޯސްޓުތަކަށް ބަލާއިރު، ބައެއް ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަނުކުރިއިރު، ބައެއް މެންބަރުން ވަނީ ބޯޑުން ވަކިކޮށްފައެވެ.

ކުންފުނިތަކަށް އައްޔަނުކުރެއްވި މެންބަރުން:

  • އައްޑޫ އިންޓަަނޭޝަނަލް އެއާޕޯޓުގެ ބޯޑު ޑިރެކްޓަރަކަށް ޝެރީނާ ޞާލިހު
  • އެމްޓީސީސީގެ ޗެއާޕާސަން އަދި ބޯޑު ޑިރެކްޓަރު ކަމަށް ސަޢާދާ އިބްރާހިމް

ދެ މެންބަރަކު މިއަދު ޕީސީބީން ވަނީ، މަގާމުން ވަކިވެސް ކޮށްފައެވެ. އެއީ، ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު ޢާއިޝަތު އަލީއާއި އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު އައިމިނަތު ރައިޝަމެވެ.

މީގެއިތުރުން، ޕީސީބީގެ ބޭންކިން ދާއިރާގެ މެންބަރު ކަމަށް ޒައިނާ އަބްދުﷲއާއި އަހުމަދު ނާސިފު, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ވަނީ އައްޔަނުކޮށްފައެވެ.

https://sun.mv/223820

ޕީސީބީން ބައެއް ކުންފުނިތަކުގެ ބޯޑަށް ބަދަލު ގެނައި، ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ދައުލަތުގެ ކުންފުނިތަކަށް ބޮޑު ޚަރަދެއް ކޮންމެ އަހަރަކު ވެސް ކުރަމުން އަންނައިރު، ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ، ސަރުކާރު ކުންފުނިތަކުން 33 މުވައްޒަފުން މަދުކުރަން ޕީސީބީއަށް އަންގާފައެވެ.

އޭގެ ފަހުން ކުންފުނިތަކުން މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް