ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފި

ބަނގުރަލުގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ބަންގްލަދޭޝަށް ނިސްބަތްވާ ދެ މީހުން --- ފޮޓޯ/ ފުލުހުން

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި، އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ އަލް ނޫމާން އަދި 20 އަހަރުގެ ރަކީބުލް ހަސަން ޕަޕޫންއެވެ. މީގެ އިތުރުން، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންނަށްވެސް ވަނީ ބަންދުގެ މުއްދަތު ޖަހައިދީފައެވެ.

  • ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ 2 ފިރިހެނުންނެވެ.
  • ހުޅުމާލެ ފޭސް 1 ގައި ހިންގި މި އޮޕަރޭޝަނުގައި އެޕާޓްމަންޓަކުން 15 ފުޅި ބަނގުރާ ހޯދާފައިވެއެވެ.
  • ކޯޓުން ވަނީ އަލް ނޫމާންގެ ބަންދަށް 5 ދުވަސް އަދި ރަކީބުލް ހަސަން ޕަޕޫންގެ ބަންދަށް 10 ދުވަސް ދީފައެވެ.
  • މި މައްސަލަ ދިވެހި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ބަނގުރާ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަލް ނޫމާނާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 20 އަހަރުގެ ރަކީބުލް ހަސަން ޕަޕޫނެއެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

ހުކުރު ދުވަހު ހުޅުމާލެ ފޭސް އެކެއްގެ ފުލުހުން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް ނޫމާން ފަސް ދުވަހަށް އަދި ރަކީބުލް ހަސަން ޕަޕޫން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް