މުމްބާއިއަށް 300 މިލިލީޓަރުގެ ވާރޭވެހި އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް

މުމްބާއި އަށް ބޯކޮށް ވާރޭވެހެނީ

މުންބާއި (7 ޖުލައި 2026): އިންޑިޔާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ މަހާރާޝްޓްރާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ސްޓޭޓްގެ ވައިގެ ދަތުރުތަކަށާއި ވިޔަފާރިއާއި ސްކޫލްތަކާއި ކޮލެޖްތަކުގެ ކިޔެވުންފަދަ އެތަށް ހަރަކާތްތަކަކަށް ހުރަސްއެޅިއްޖެއެވެ.

މުބާއިގެ ބައެއް އަވަށްތަކުގެ އިތުރުން އެ ސިޓީގެ ކައިރީގައިވާ ބައެއް ޓައުންތަކާއި ވިލެޖްތަކުގައި ފެންބޮޑުވެ ދަތުރު ފަތުރަށާއި އާންމު ޚިދުމަތްތަކަށް ވަނީ ހުރަސްތަކެއް އެޅިފައެވެ. އިންޑިއާގެ ނޫސްތައް ބުނާގޮތުން މަހާރާޝްޓްރާ އަށް ކުރަމުންދަނީ މޫސުމީ ވިއްސާރައެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރު އެސްޓޭޓްގެ ވެރިރަށް މުމްބާއީއާއި އެ ސިޓީގެ ކައިރީގައިވާ ވިލެޖްތަކަށް 250 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު އަނެއްބައި ސަރަހައްދުތަކަށް 300 މިލިމީޓަރުގެ ވާރޭވެހުނުކަމަށް ޚަބަރުތަކުން ހާމަވެއެވެ.

އިންޑިޔާގެ މޫސުމާބެހޭ އިދާރާ، އިންޑިއާގެ މެޓްރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ވަނީ މުމްބާއި ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭވެހި, ކޮޅިގަނޑުގައި ބާރަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން މަހާރާޝްޓްރާ ގެ ބޮޑުބަޔަކަށް އިއްޔެއާއި މިއަދު ވައިބާރުވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަނުންވަނީ މުމްބާއި ގެ ސްކޫލްތަކާއި ކޮލެޖްތައް މިއަދު ބަންދުކުރުމުގެ އަމުރެއް ނެރެފައެވެ. އެއީ މުމްބާއީއަށް ބޯކޮށް ވާރޭވެހޭތީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއްކަމަށް އެއިދާރާއިން ބުނެފައިވެއެވެ. މިއަމުރާއެކު މުމްބާއިގެ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލްތަކާއި ކޮލެޖުތައްވަނީ ބަންދުކޮށްފައެވެ. ނަމަވެސް އޮފިސްތައް ބަންދެއް ނުކުރެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މުމްބާއި އެއާޕޯޓަށް އަށް ދަތުރުކުރާ ބައެއް އެއާލައިންތަކުން ބައެއް ފްލައިޓްތައްވެސް ކެންސަލްކޮށްފައިވެއެވެ. އެއީ ބޯ ވާރެއާއި ގަދަ ވައިގެ ސަބަބުން މުމްބާއީގެ ވައިގެ ބަނދަރުގެ ރަންވޭ ދެތިން ގަޑިއިރަކަށް ބަންދުކުރުމާ ގުޅިގެންނެވެ. ގަދަވައިގެ ސަބަބުން ބައެއް ގަސްތައްވެސް ވަނީ ވެއްޓިފައެވެ. އަދި ބައެއް ތަންތަނުން ކަރަންޓްވެސްވަނީ ކަނޑައިގެން ގޮސްފައެވެ. މުމްބާއި އެއާޕޯޓްގެ ރަންވޭ ބަންދުކުރުމުން އެއެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ބައެއް ފްލައިޓްތައް ވަނީ ކައިރީގައިވާ އެހެން ވައިގެ ބަނދަރުތަކަށް ޑައިވާޓްކޮށްފައެވެ.

ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި ނޫނީ މި ދެދުވަހު ބޭރަށް ނުނިކުތުމަށް މުމްބާއި ނިސްބަތްވާ މަހާރާޝްްޓްރާގެ ލޯކަލް ސަރުކާރުން ވަނީ މުމްބާއިއާއި އެސިޓީގެ ކައިރީގައިވާ ސަރަހައްދުތަކުގެ އާންމުން އިލްތިމާސްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު