ސްކޫލް ބަންދުވުން: މެޓުން ލަފާކުރަނީ ކުރިއަށް އޮތީ ރާއްޖެއަށް މޫސުން ރަނގަޅު ދުވަސްތަކެއް ކަމަށް

މީހުން ރަށްރަށަށް ފުރުން: މެޓުން ވަނީ ސްކޫލު ބަންދާ ދިމާކޮށް މުޅި ރާއްޖެއަށްވެސް މޫސުން ރަނގަޅުވާނެ ކަމަށް ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްކޫލު ބަންދާ ދިމާކޮށް މުޅި ރާއްޖެއަށް ވެސް މޫސުން ރަނގަޅު ވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ, މެޓް އޮފީހުން މިއަދު ބުނެފިއެވެ.

މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު، މިއަދު ދަރިވަރުންނަށް ރިޕޯޓް ފޮތް ދޫކޮށް ޗުއްޓީ ވަނީ ފަށައިފައެވެ. މިއާއެކު ގިނަ ބަޔަކު އަތޮޅުތެރެއަށާއި ރާއްޖޭން ބޭރަށް ދަތުރުތައް ފަށާނެެއެވެ.

ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ނިމި ދެން އަލުން ކިޔެވުން ފެށޭނީ އޮގަސްޓު ދެ ވަނަ ދުވަހެވެ.

https://sun.mv/224719

މެޓް އޮފީހުން މިއަދު 'ސަން'އަށް މައުލޫމާތު ދެމުން ބުނީ، މި ހަފުތާ ބަންދާއި ކުރިއަށް އޮތް ހަފުތާގައި ވެސް މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އުތުރުގެ ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މާދަމާ ހެނދުނު 06:00 އަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖެއަށް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް