ޓެލެގްރާމްގެ ޕްރީމިއަމް ޔޫޒަރުންނަށް އައު ރިޗް ޓެކްސްޓް އެޑިޓަރެއް ތަޢާރަފުކޮށްފި

މިފީޗާތައް ލިބޭނީ ޕްރެމިއުމް ޔޫޒަރުންނަށް އެކަނި ----

ފޯމެޓް ކުރެވިފައިވާ މެސެޖުތައް ފޮނުވުމަށް އެހީތެރިވެދޭ އައު ރިޗް ޓެކްސްޓް އެޑިޓަރަކާ އެކު، ޓެލެގްރާމްއަށް ގިނަ އައު ފީޗަރުތަކެއް ތަޢާރަފުކޮށްފިއެވެ.

މި ފީޗާގެ އެހީގައި މެސެޖުތަކުގައި ހެޑިންތަކާއި، ތާވަލުތަކާއި، ލިސްޓުތަކާއި، ކޯޑު ބްލޮކްތައް ހިމެނުމުގެ އިތުރުން ފޮޓޯއާއި ވީޑިއޯ ވެސް ސީދާ މެސެޖުގެ ތެރެއަށް އެމްބެޑް ކުރެވޭނެއެވެ. ޓެލެގްރާމްގެ އޭއައި ޓޫލްސްތައް ވެސް އެކުލެވޭ މި އެޑިޓަރުން އެއް މެސެޖެއްގައި 32،768 އަކުރު ފޮނުވޭ އިރު، މިއީ ހަމައެކަނި ޕްރީމިއަމް ބޭނުންކުރާ ފަރާތްތަކަށް ޚާއްޞަ ފީޗަރެކެވެ.

މީގެ އިތުރުން، ގުޅުންހުރި ގްރޫޕްތަކާއި، ޗެނަލްތަކާއި ބޮޓްތައް އެއްތަނަކުން ބަލަހައްޓައި ތަރުތީބުކުރުމަށްޓަކައި "ޓެލެގްރާމް ކޮމިއުނިޓީސް" ގެ ނަމުގައި އައު ފީޗަރެއް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. މި ފީޗާގެ ސަބަބުން ކޮމިއުނިޓީގެ މެންބަރުންނަށް އޭގައި ހިމެނޭ ޗެޓްތައް ފަސޭހަކަމާ އެކު ފެނި، ގުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މި ޗެޓްތަކަކީ ހުރިހާ މެންބަރުންނަށް ފެންނަ ގޮތަށް ނުވަތަ ހަމައެކަނި އެޑްމިނުންނަށް ފެންނަ ގޮތަށް ސެޓް ކުރެވޭނެ ޗެޓްތަކެކެވެ.

https://sun.mv/208267

މި އަޕްޑޭޓާ އެކު ގްރޫޕްތަކުގައި ބޭނުންކުރާ ބޮޓްތަކަށް ޚާއްޞަ "އެފެމަރަލް ބޮޓް މެސެޖް" ފީޗާއެއް ވެސް ވަނީ ގެނެސްދީފައެވެ. މީގެ ސަބަބުން ގްރޫޕްތަކުގައި ހިމެނޭ ބޮޓްތަކަށް، ވަކި ޚާއްޞަ މީހަކަށް އެކަނި ފެންނާނެ ފަދަ މެސެޖުތައް ފޮނުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި މަރުޙަބާގެ މެސެޖުތަކާއި، އޭއައި ސަމަރީތަކާއި، އެކި ކަހަލަ ކޮންފޮމޭޝަން މެސެޖުތައް ހިމެނޭ އިރު، މި މެސެޖުތައް ފެންނާނީ ހަމައެކަނި އެ ބޮޓަކަށާއި އެ ކޮމާންޑެއް ބޭނުންކުރި މީހަކަށް އެކަންޏެވެ.

ޓެލެގްރާމުން ވަނީ އެ ކުންފުނީގެ ޖިފް ލައިބްރަރީ ވެސް އިތުރަށް ފުޅާކޮށް، 36 ބަހަކުން 350 މިލިއަނަށް ވުރެ ގިނަ ޖިފް ހޯދޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ. އަދި ޓެލެގްރާމްގައި ކުރާ ޖިފް ސާޗްތަކަކީ މުޅިން ޕްރައިވެޓް ނުވަތަ ސިއްރު ސާޗްތަކެއްގެ ގޮތުގައި ބެހެއްޓޭނެ ކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު