ކުލަބު މޯލްޑިވްސް ކަޕް 2026 ގެ ފައިނަލަށް އެސްޓީއޯ ރެކްރިއޭޝަން ކުލަބުން ދަތުރުކުރީ ޓީމުގެ މުހިއްމު ހަތަރު ވަރަކަށް ކުޅުންތެރިން ނުލާ ކަމަށާއި، އެ ހާލަތުގައިވެސް ކުޅުންތެރިން ހޯދީ ހައްގު މޮޅެއް ކަމަށް އެސްޓީއޯގެ ކޯޗު އަޙްމަދު ނިޔާޒް (ނިޔާ) ބުނެފިއެވެ.
ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ފައިނަލަށް އެސްޓީއޯ ރެކްރިއޭޝަން ކުލަބު ދަތުރުކުރީ ސެމީ ފައިނަލުގައި ކްލަބް އެޗްޑީސީ އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެގެންނެވެ.
މި މެޗާއި އެސްޓީއޯއިން ކުރިމަތިލިއިރު ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުޙައްމަދު އިމްރާން (އިންމި) އާއި ހުޒެއިފަތު ރަޝީދު (ހުޒޭ) ހުރީ އަނިޔާއާއި ގުޅިގެން ކުޅުމާ ދުރުގައެވެ. އެހެންކަމުން މި މެޗުގައި އެސްޓީއޯއަށް މާ ގިނަ ބަދަލުތަކެއް ގެނެވޭނެ ފުރުސަތެއް ނެތެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ކަށަވަރުކުރި މެޗަށްފަހު "ސަން" އާއި ވާހަކަދައްކަމުން ކޯޗު ނިޔާ ބުނީ މި މޮޅު ލިބުނީ ޓީމަށް ދިމާވި ބޮޑެތި އިންޖަރީތަކާއެކުވެސް ކުޅުންތެރިން ކުރި ހިތްވަރުގަދަ މަސައްކަތުން ކަމަށެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗު ކާމިޔާބުކުރުމަށްފަހު އެސްޓީއޯގެ ކުޅުންތެރިން--
"އިންޖަރީވެގެން ރިކަވާ ނުވެވި އުޅެނިކޮށް ލިބުނު ޓައިމަށް ބަލާފައި އަދި ކުޅުންތެރިންގެ އެފޯޓަށް ބަލާފައި މި މޮޅަކީ ޑިޒާވްވާ (ޙައްޤު) މޮޅެއް" ކޯޗު ނިޔާ ބުންޏެވެ.
މީގެއިތުރުން ނިޔާ ވަނީ މުބާރާތުގެ ފައިނަލް މެޗަށް ޓީމުގެ ކެޕްޓަން އިންމި ފެންނާނެކަމުގެ އުންމީދު ބޮޑުކަމަށް ބުނެފައެވެ. އަދި ކެޕްޓަން އެނބުރި އައުމަކީ ބޯނަސް ޕޮއިންޓެއްގެ ގޮތުގައި ނިޔާ ސިފަކުރިއެވެ.
ރާއްޖޭގެ ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ، އެފްއޭއެމް އިން އެންޑޯސްކޮށްފައިވާ ކްލަބް މޯލްޑިވްސް ކަޕްގައި ރެހެންދި ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ނާއިޒް ހަސަން (ދާޑު) ގެ ލަނޑުން އެޗްޑީސީން ފެށުމުގައި ލީޑު ނެގި ނަމަވެސް، އަލީ ހައިސަމް (ޗުޕާ) ވަނީ އެސްޓީއޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އަލީ ހުމޭޒު ޖެހި ލަނޑުން އެސްޓީއޯއިން ލީޑު ނެގިއިރު، މެޗުގެ ފަހު ވަގުތު ބިދޭސީ ކުޅުންތެރިޔާ ސޮރޯޝް ވަނީ އެސްޓީއޯގެ ތިންވަނަ ލަނޑު ޖަހައި ފައިނަލުގެ ޖާގަ ކަށަވަރުކޮށްދީފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މިރޭ 20:30 ގައުމީ ކުޅޭނީ ކްލޯބް އެމްޓީސީސީ އާއި އާރްއާރްސީއެވެ. މި މެޗު އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ފައިނަލުގައި، މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އެސްޓީއޯ ނުކުންނާނީ ފަސްވަނަ ތަށި އުފުލާލުމުގެ ބޮޑު އުންމީދާއެކުގައެވެ.
މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.