ރާއްޖޭގެ ފުރަތަމަ ގްލޮކޯމާ ސަބްސްޕެޝަލިސްޓް ޑރ. އަލްމާސް، އައިކެއާ ހޮސްޕިޓަލާ ގުޅިވަޑައިގެންފި

ރާއްޖޭގެ ފުރަތަމަ ގްލޮކޯމާ ސަބްސްޕެޝަލިސްޓް ޑރ. އަލްމާސް: ޑޮކްޓަރު ވަނީ އައިކެއާ ހޮސްޕިޓަލާ ގުޅިވަޑައިގެންފައި -- ފޮޓޯ: އައިކެއާ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާގެ ޚިދުމަތް ދެމުން އަންނަ އައިކެއާ ހޮސްޕިޓަލަށް، ގްލޮކޯމާ ބައްޔަށް ޚާއްސަ ފުރަތަމަ ދިވެހި ސަބްސްޕެޝަލިސްޓް ޑރ. އަލްމާސް އަދުނާން އިސްމާއިލް ގުޅިވަޑައިގެންފިއެވެ.

ޑރ. އަލްމާސް އައިކެއާއާ ގުޅިވަޑައިގެންފައި ވަނީ ކޮންސަލްޓަންޓް އޮފްތަލްމޮލޮޖިސްޓެއްގެ ގޮތުގައެވެ.

ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ވިޜަން އައި ހޮސްޕިޓަލުން ގްލޮކޯމާގެ ރޮނގުން ފެލޯޝިޕް ފުރިހަމަކުރައްވާފައިވާ ޑރ. އަލްމާސް ވަނީ 'މިނިމަލީ އިންވޭސިވް ގްލޮކޯމާ ސާޖަރީ' އަދި ފެކޯއެމަލްސިފިކޭޝަންގެ ދާއިރާއިން ކުރިއަރާފައިވާ ތަމްރީނުތައް ފުރިހަމަކުރައްވައި، އިންޓަނޭޝަނަލް ކައުންސިލް އޮފް އޮފްތަލްމޮލޮޖީ އިމްތިހާނުގެ ދެ ބައި ވެސް ކާމިޔާބު ކުރައްވާފައިވާފައެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ލޮލުގެ ބަލިތަކާބެހޭ ކޮންފަރެންސްތަކުގައި މިހާރު ވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައެވެ.

ޑރ. އަލްމާސް ބައްލަވާނީ އައިކެއާ ހޮސްޕިޓަލުގެ ހުޅުމާލެ އެނެކްސްގައެވެ.

ގްލޮކޯމާއަކީ ދުނިޔޭގެ ނިސްބަތުންވެސް މީހުންގެ ފެނުން ދާއިމީކޮށް ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. "ހިމޭން ދުޝްމަނު" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ބައްޔަކީ، އެއްވެސް އަލާމާތެއް ނުފެނި މަޑުމަޑުން ފެނުން ދަށްވަމުން ގޮސް، ބޮޑުބައެއް ގެއްލޭއިރު ވެސް ނޭނގި އޮވެދާނެ ބައްޔެކެވެ. އެހެންކަމުން ބަލި އަވަހަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދިނުމަކީ ފެނުން ސަލާމަތްކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

ޑރ. އަލްމާސް އަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އައިކެއާ ހޮސްޕިޓަލުގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ 7201026 އަށް ވަޓްސްއަޕް ނުވަތަ ވައިބާ މެދުވެރިކޮށް އެޕޮއިންޓްމަންޓް ބުކް ކުރެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް