އިއާދަކުރުވަނިވި ހަކަތައާ ގުޅޭ ބައިނަލްއަގުވާމީ އިދާރާ (އިރީނާ) އަށް ރާއްޖޭން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަގާމަށް، ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މިވަގުތު އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގެ ސަފީރުކަމުގެ މަގާމުގައި ހުންނެވި ޠާރިޤްގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވުމާ ގުޅިގެން، އެ ނަން ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ޠާރިޤް އިބްރާހީމަކީ ރާއްޖޭގެ ތިން ސަރުކާރެއްގައި އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ރާއްޖެ ހިމެނޭހެން 171 ގައުމު ބައިވެރިވާ އިރީނާއަކީ ދެމެހެއްޓެނެވި ގޮތެއްގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުން ކުރިއެރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ މުހިންމު އިދާރާއެކެވެ.
- އިރީނާގެ ދާއިމީ މަންދޫބަކަށް އައްޔަންކުރުމަށް ހުށަހެޅީ ޠާރިޤް އިބްރާހީމްގެ ނަންފުޅު.
- ޠާރިޤަކީ މިވަގުތު ރާއްޖޭން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު.
- މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައި.
- އޭނާއަކީ ތިން ސަރުކާރެއްގައި އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެއް.
- އިރީނާއަކީ އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ އިދާރާއެއް.
އިއާދަކުރުވަނިވި ހަކަތައާ ގުޅޭ ބައިނަލްއަގުވާމީ އިދާރާ (އިރީނާ)އަށް ރާއްޖޭން ކަނޑައަޅާ ދާއިމީ މަންދޫބު ކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ހަމަޖައްސަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިވަގުތު އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ސަފީރުކަމުގައި ހުންނެވި ޠާރިޤްގެ ނަން ރައީސް ހުށަހެޅުއްވީ މިއަދެވެ.
ރައީސް ފޮނުއްވި ސިޓީ އިއްވުމަށް ފަހު ރިޔާސަތުން ވަނީ ޠާރިޤްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
ޠާރިޤް ވަނީ ތިން ފަހަރު މަތިން ތިން ސަރުކާރެއްގައި އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އެއީ މި ސަރުކާރުގެ އިތުރުން ކުރީގެ ދެ ރައީސުން ކަމަށްވާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރާއި ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައެވެ. ޠާރިޤަކީ މި ސަރުކާރުގެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރެވެ.
ޖަނަވަރީ 26، 2009ގައި އުފެއްދި އިރީނާއަކީ ހަކަތައަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވާ އިދާރާއެކެވެ.
އިގުތިޞާދީ އަދި އިޖުތިމާއީ ކުރިއެރުން އޮންނަ މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި، އިރީނާއިން ދެމެހެއްޓެނެވި ގޮތެއްގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމަށް ބާރު އަޅައެވެ. ރާއްޖެ ވެސް ހިމެނޭހެން މި އިދާރާގައި 171 މެންބަރު ގައުމު ހިމެނެއެވެ.