މުވައްޒަފުން ވަކިކުރަނީ ކައުންސިލު އިންތިޚާބުން ނާކާމިޔާބުވީމާ ދޭ އަދަބެއްގެ ގޮތުގައި: ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެންބަރު ފިއްޓޭ: އޭނާ ވިދާޅުވީ، މުވައްޒަފުން ވަކިކުރަނީ މިދިޔަ ލޯކަލް ކައުންސިލު އިންތިޚާބު ސަރުކާރަށް ނާކާމިޔާބުވުމުން އެކަމުގެ އަދަބެއްގެ ގޮތުގައި ކަމަށް -- ފޮޓޯ/ މަޖިލިސް

{

  • {
  • "summary": "# ސިޔާސީ ބޭނުމަށް މުވައްޒަފުން ވަކިކުރާކަމުގެ ތުހުމަތު\n\nސަރުކާރު ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަނީ ލޯކަލް ކައުންސިލު އިންތިޚާބުގެ ނާކާމިޔާބީގެ އަދަބެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ. ޚަރަދު ކުޑަކުރުމުގެ ނަމުގައި، ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރާ މީހުން ވަކިކުރަނީ އެއްވެސް އުސޫލެއް ނެތި ކަމަށާއި، މިއީ ނަހައްގުން ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުރީ ސަރުކާރާއި މި ސަރުކާރުން ވެސް ނުކަތާ ވަރަށް މުވައްޒަފުން ނަގާފައިވީ ނަމަވެސް، ސިޔާސީ ބޭނުމަށް ގަނޑުކޮށް މީހުން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޒިޔާދު ވިދާޅުވިއެވެ.\n\n- އިންތިޚާބުގެ ނާކާމިޔާބީއާ ގުޅުވައިގެން 33 އިންސައްތަ މުވައްޒަފުން ވަކިކުރާކަމުގެ ތުހުމަތު.\n- ޚަރަދު ކުޑަކުރުމުގެ ނަމުގައި ވަޒީފާއިން ކަނޑަނީ ގާނޫނުގައި ލާޒިމުކުރާ އުސޫލުތަކާ ޚިލާފަށް.\n- ދެ ސަރުކާރުން ވެސް ކުންފުނިތަކަށް ގިނައިން މުވައްޒަފުން ނަގާފައިވާކަމަށް އެއްބަސްވުން.\n- ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރާ އަދި އިދިކޮޅު ހަރަކާތްތަކުގައި އުޅޭ މީހުންނަށް އަމާޒުކޮށް އަދަބުދިނުން.\n\n## މައިގަނޑު ނުކުތާތައް\n- ސިޔާސީ ގޮތުން މުވައްޒަފުންނަށް އަދަބުދިނުން.\n- ގާނޫނީ ހަމަތަކާ ޚިލާފަށް ވަޒީފާއިން ވަކިކުރުން.\n- ކުންފުނިތަކުގެ މުވައްޒަފުން ގިނަވުމުގެ މައްސަލަ.",

ސަރުކާރު ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަނީ މިދިޔަ ލޯކަލް ކައުންސިލު އިންތިޚާބު ސަރުކާރަށް ނާކާމިޔާބުވުމުން އެކަމުގެ އަދަބެއްގެ ގޮތުގައި ކަމަށް، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެއެވެ.

މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ގޮތުން އެތައް މުވައްޒަފުންތަކެއް ވަކިކުރަމުންދާ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ ވަޒީފާތަކަށް ނެގި މީހުން ގިނަވުމުގެ ސަބަބުން މީހުން ވަކިކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ކުރީ ސަރުކާރުން ކުންފުނިތަކަށް ގިނައިން މުވައްޒަފުން ނެގި ކަމަށް ޒިޔާދު ގަބޫލުކުރައްވައެވެ.

"އެހެންނަމަވެސް އަޅުގަނޑުގެ ދާއިރާގައި މި ސަރުކާރުން ނެގި ވަޒީފާ ގިނަ އިއްޒަތްތެރި ރައީސް، މިހެން ރާއްޖޭގެ ހުރިހާ ދާއިރާއެއް ވެސް އޮތީ، އަދި އަމުދުން ފެނަކަ އެންމެ ބަނގުރޫޓުވެފަ އޮތް ކުންފުނި، އެ ކުންފުންޏަށް ނެގި މީހުން މާ ގިނަ އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، ކުންފުނިތަކުގައި އެކަށީގެންނުވާ ވަރަށް މުވައްޒަފުން އެބަ ތިބި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެހެންނަމަވެސް އިންތިޚާބަކުން ބަލިވެ އޭގެ އަދަބެއްގެ ގޮތުގައި މިކަން އަދި ކޮންމެ ކަމެއްގައި ވެސް މި ޒާތުގެ ކޮންމެ ކަމެއްގައި ސަރުކާރުން ކޮންމެވެސް ރީތި ނަމެއް މި ކިޔަނީ، މިއަދު މުވައްޒަފުންތަކެއް ގަނޑުކޮށް ވަކިކުރަން ވީމާ މި ކިޔަނީ ރައިޓް ސައިޒްކުރަނީ އޭ،" ޒިޔާދު ވިދާޅުވިއެވެ.

ގެއްލިގެން ދަނީ އެތައް ހާސް ރައްޔިތުންތަކެއްގެ ވަޒީފާ ކަމަށާއި މިއީ ސަރުކާރުތަކުން ކުންފުނިތަކަށް ނުކަތާ ވަރަށް މުވައްޒަފުން ނެގުމުގެ ނަތީޖާ ކަމަށް ޒިޔާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެކަމުގެ ހުރިހާ ބުރައެއް މިއަދު އުފުލަން ޖެހެނީ ރައްޔިތުންނެވެ.

މިދިޔަ ފަސް އަހަރުތެރޭ ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ކުރާ ޚަރަދު ބިލިއަނަކަށް ވުރެ އިތުރުވެއްޖެކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ މިއަދު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންތައް ވަކިކުރަނީ އެއްވެސް ހަމައެއް އުސޫލެއް ނެތި ކަމަށެވެ.

"ހަމަ މި ހުރިހާ ކަމެއް މި ގުޅެނީ އިއްޒަތްތެރި ރައީސް، ސީދާ އިންތިޚާބުތަކާ،" ޒިޔާދު ވިދާޅުވިއެވެ.

އެމްޑީޕީ ވެރިކަމުގައި މުވައްޒަފުން އިތުރަށް ނަގައި، އެކަމުގެ ގޯސް ހިނގައިފައި އޮތުމަކީ މި ސަރުކާރުން އެ ގޯސް ތަކުރާރުކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ. މި ހާލަތު ބަދަލުކުރަން މި ސަރުކާރަށް ދޮޅު އަހަރު ލިބުނުކަން ޒިޔާދު ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް ބަދަލު ނުކޮށްފައި ކައުންސިލު އިންތިޚާބުގެ ނަތީޖާ ނިކުތީމާ ކުއްލިއަކަށް ގަނޑުކޮށް މުވައްޒަފުންތަކެއް ވަކިކުރާ ކުރުމަކީ އަޅުގަނޑު އެކަމަށް ތާއީދުކުރާނެ ކަމެއް ނޫން، މިއީ ނަހައްގުން ރައްޔިތުންތަކަށް ދޭ އަނިޔާއެއް،" އޭނާ ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުގެ ފަހުކޮޅު މަޢުރޫފް ހުށަހެޅުއްވި ގަރާރުގައި ވަނީ ވަޒީފާއިން ވަކިކުރަމުން ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މި ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރާ، އަދި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ކަމަށާއި އެ މުވައްޒަފުން ވަކިކުރަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބެއް ނެތި، އެއްވެސް އުސޫލަކަށް ބެލުމެއް ނެތި ކަމަށެވެ.

ނަމަވެސް މިދިޔަ ޖޫން މަހު ފަހުކޮޅު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެކަން ދޮގުކުރެއްވި ކަމަށް އެ ގަރާރުގައިވެއެވެ.

ގަރާރުގައި ސިފަކޮށްފައިވާ ގޮތުގައި ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމި ނިންމުން ބޭނުންކުރަނީ ނާޖާއިޒު ގޮތެއްގައި، ސަރުކާރަށް ތާއީދުނުކުރާ މީހުންނަށް އަދަބު ދިނުމުގެ ގޮތުންނެވެ.

comment ކޮމެންޓް