ހުރްމުޒް ކަނޑުއޮޅިން ބޯޓުތައް ހުއްޓުވުމުން ތެލުގެ އަގު މައްޗަށް

ހުރްމުޒް ކަނޑުއޮޅިން ދަތުރުުރަމުންދިޔަ އުޅަނދުތައް އީރާނުން ހުއްޓުވުމުން ތެލުގެ އަގު އަނެއްކާވެސް ވަނީ މަތިވެފައި. ފޮޓޯ/ ރޮއިޓާސް

ހުރްމުޒް ކަނޑުއޮޅިން ނުކުންނަން ދިޔަ ދެ އުޅަނދެއް ހުއްޓުވާފައިވާ ކަމަށް އީރާނުން ބުނުމުން ތެލުގެ އަގު އަނެއްކާވެސް މަތިވެއްޖެއެވެ.

ހުކުރު ދުވަހު ތެލުގެ އަގު އެއް ޕަސަންޓަށްވުރެ މައްޗަށް ގޮސްފައި ވާއިރު، ބައިނަލްއަގުވާމީ ބެންޗްމާކް ބްރެންޓް ކްރޫޑް ފިއުޗާސްގެ ތެލުގެ އަގު ޖުލައި މަހު 23 ޕަސަންޓް މަތިވުމުގެ މަގުމަތީގައި އޮތްއިރު، ރޮއިޓާސް އިން ކުރި ސާވޭއެއްގައި އިގްތިސާދީ މާހިރުންނާއި ތަހުލީލު ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި އަހަރު ތެލުގެ އަގުތައް އިތުރަށް މައްޗަށް ދާނެއެވެ.

ގަލްފުން ތެޔޮ އުފުލާ ބޮޑު ދެ ޓޭންކަރު ކަނޑުއޮޅިން ދަތުރުކޮށްފައިވާ ކަމަށް ރެކޯޑްކޮށްފައިވެއެވެ.

ކަޕްލާ ޝިޕިން ޑޭޓާއިން ދައްކާ ގޮތުގައި ކަނޑުއޮޅީގައި އިތުރު ދެ އުޅަނދު ވެސް ޓްރާންސިޓްކޮށްފައިވެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފެށި ފަހުން އީރާނުން ހޮރްމުޒް ކަނޑުއޮޅިން ގިނަ ބޯޓުފަހަރު ދުއްވުން ހުއްޓުވާފައި ވާއިރު، ޔަމަނުގައި ތިބި ހޫޘީން މި މަހު ވަނީ ސައުދީ ތެޔޮ އެކްސްޕޯޓްކުރާ ކަނޑުމަގުތައް ބަންދުކޮށްފައެވެ.

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް އީރާނުން އުފެއްދި ޖަމިއްޔާއަކުން ބުނި ގޮތުގައި އެމެރިކާގެ އަސްކަރީ ބާރުތަކުން މި ސަރަހައްދުގައި އުދުވާނީ އަމަލުތައް ކުރިއަށް ގެންދަތީ ކަނޑުއޮޅި ހުރަސްކުުރުން ވަނީ ދަތިވެފައެވެ.

ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީން ބުނީ ހަމަޖެހުން ގާއިމް ކުރެވުނުހާ އަވަހަކަށް ކަނޑުއޮޅިން ދަތުކުރަން އެދިފައިވާ ހުއްދަތައް މުރާޖައާކޮށް މަޑުމަޑުން ޓްރާންސިޓް ހުއްދަ ދޫކުރާނެ ކަމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުރާސްފަތި ދުވަހު ބުނީ އެމެރިކާ ސިފައިން އަދިވެސް ގަލްފް މެދުވެރިކޮށް އީރާނުން ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުވަމުންދާ ކަމަށެވެ.

comment ކޮމެންޓް