އާންމު އުނދަގޫ ކުރާކަމަށް ތުހުމަތު ކުރެވި، މާލޭން އަންހެނަކު ހައްޔަރުކޮށްފިއެވެ.
އާންމު އުނދަގޫ ކުރާކަމަށް ތުހުމަތު ކުރެވި ހައްޔަރުކޮށްފައިވާ އަންހެން މީހާއަކީ، ރ. އިންނަމާދޫ މީހެކެވެ. އޭނާގެ އުމުރަކީ 33 އަހަރެވެ.
މި އަންހެން މީހާ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.
މި އަންހެން މީހާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް، ބަންދު މަޖިލީހުގައި އެ މީހާވަނީ އިންކާރުކޮށްފައެވެ. ނަމަވެސް އޭނާ ކޮށްފައިވާ ކަމެއްގެ އެއްވެސް ތަފުސީލެއް ބަންދު އަމުރުގައި ހާމަކޮށްފައިނުވެއެ.
އާންމު އުނދަގޫ ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އުޤޫބާތުގެ ދަށުން ޖިނާއީ ކުށެކެވެ. މިއީ އާންމު ރައްޔިތުންގެ ސަލާމަތާއި، އަރާމާއި، ސިއްހަތަށް ނުވަތަ އިޖުތިމާއީ ސުލްހަވެރިކަމަށް ހުރަސްއެޅޭ ގޮތަށް ހިންގާ އަމަލުތަކެވެ.
ޤާނޫނު އުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން އާންމު އުނދަގޫ ކުރުމުގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި އާންމު ތަނެއްގައި ނުވަތަ މީހުން ދިރިއުޅޭ ސަރަހައްދެއްގައި އާންމުންނަށް އުނދަގޫވާ މިންވަރަށް ގަދައަށް އަޑުގަދަކުރުން، ލަވަޖެހުން ނުވަތަ ސައުންޑް ސިސްޓަމް ބޭނުންކުރުމާއި، ދަތުރުފަތުރާއި ހިނގާބިނގާވެއުޅުމަށް ހުރަސްއެޅުން ހިމެނެއެވެ. އަދި އާންމު މަގުތަކާއި ގޯޅިތަކުގައި ތަކެތި ބަހައްޓައިގެން ނުވަތަ އެ ނޫން ވެސް ގޮތަކުން މީހުންނާއި އުޅަނދުފަހަރަށް ދަތުރުފަތުރުކުރަން ހުރަސްއެޅުން ވެސް ހިމެނެއެވެ.
ޤާނޫނު އުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލުކުރުމުގެ ތެރޭގައި އާންމު ތަނެއްގައި މާރާމާރީ ހިންގުމާއި، ހުތުރު ބަހުން ވާހަކައްކައި އިންޒާރުދިނުން ފަދަ ކަންކަން ހިމެނެއެވެ.
މިއީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ. މިއަށް ދެވޭ އަދަބުތަކުގެ ތެރޭގައި ޖަލަށް ލުން، ޖޫރިމަނާކުރުން ނުވަތަ މުޖުތަމައަށް ޚިދުމަތްކުރުން ހިމެނެއެވެ.