ކްލަބް މޯލްޑިވްސް ސެކްޓަރ ލީގު 2026 ގެ ކުއާޓާ ފައިނަލަށް މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)، ކުލަބު ހޯކްސް، ލިއޯ އެފްސީ އަދި ކުލަބު ވެލިގާ ދަތުރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގަދަ 16 ބުރުގެ މެޗުތައް ރޭ ފެށިއިރު، ފުރަތަމަ މެޗުން އެމްއޭޑަބްލިއުސީ މޮޅުވީ ޔޫރޯ ރެކްރިއޭޝަން ކުލަބު އަތުން 6-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެމްއޭޑަބްލިއުސީގެ ޢަބްދުالله ރިޒާން މުޙައްމަދު ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އާދަމް ޝަހީމް ވަނީ ދެ ލަނޑު ޖަހާފައެވެ. އެމްއޭޑަބްލިއުސީގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ހައިޒަމް އަންވަރެވެ. މި މެޗުގައި ޔޫރޯގެ ލަނޑުތައް ޖަހައިދިނީ އަޙަމްދު ރިޒާން އާއި، ޢަލީ އިޒްވާނެވެ.
މި މުބާރާތުގެ ކުއާޓާގެ ޖާގައެއް އެންމެ ފަހުގެ ރަނަރަޕް ހޯކްސްއިން ހޯދީ ރޭ ކުޅުނު ގަދަ 16 ގެ މެޗުގައި އާރްއޯއެލް އަތުން 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ.
ކުލަބު މޯލްޑިވްސް ސެކްޓާ ލީގު 2026 ގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާމި މެޗުގައި ހޯކްސްގެ މުޙައްމަދު ނާއިމް ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އިބްރާހީމް ނަދާދު އާއި އަޙްމަދު އައިހަމް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. ހޯކްސްގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސައިން ސުހާދު ސުހާން، އުލާން، ހޫދު އަޙްމަދު ފަތުހީ އަދި ހަސަން ރަޝީދެވެ.
މީގެ އިތުރުން މި މުބާރާތުގެ ކުއާޓާއަށް ލިއޯ ދަތުރުކުރީ ރޭ ކުޅުނު ގަދަ 16 ގެ މެޗުގައި 4-2 ގެ ނަތީޖާއަކުން ކުލަބު ލޯކަލްޗަރ ބަލިކުރުމަށްފަހުއެވެ. މި މެޗުގައި ލިއޯގެ ޢަބްދުالله ފިޒާމް ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ މުޙައްމަދު ޔަފާއުއެވެ. ލޯކަލްޗަރގެ ލަނޑުތައް މި މެޗުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު ފައިޒާން ފަޒީން އާއި، އަޙްމަދު އަތުވާން ޢަލީއެވެ.
ކުލަބު މޯލްޑިވްސް ސެކްޓާ ލީގު 2026 ގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާރޭ ކުޅުނު ގަދަ 16 ގެ ފަހު މެޗުގައި ވެލިގާއިން ވަނީ 4-2 ގެ ނަތީޖާއަކުން ކުލަބު އެސްބީއައި ބަލިކޮށް، ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުގައި ވެލިގާގެ އައްޒާމް ނިޔާޒް އާއި އަޙްމަދު ޝަޒީމް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. އެސްބީއައިގެ ދެ ލަނޑުވެސް މި މެޗުގައި ކާމިޔާބުކޮށްދިނީ އަޙްމަދު ތަހުޝީނެވެ.
މި މުބާރާތުގެ ގަދަ 16 ގެ ފަހު މެޗުތައް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ކުޅޭ މެޗުތަކުގެ ތެރެއިން 20:30 ގައި ބައްދަލުކުރާނީ ސިލްވަރ ސޭންޑްސްއާއި ބަރޮސް އަދި އާރުސީސީއާއި މެޑްޓެކެވެ. އަދި 22:00 ގައި ބައްދަލުކުރާނީ މިބްސާއާއި މީޑިއާނެޓު އަދި އެރީނާ ހޮޓެލްސްއާއި މާކޯއެވެ މި ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދޭނެއެވެ.