ގޭސް ލީކުވި ހާދިސާ: 19 އަހަރުގެ އަންހެން ކުއްޖާގެ ހާލު އެބަ ރަނގަޅުވޭ

މާލޭގެ ގޭއެއްގެ ތެރޭގައި ގޭސް ލީކުވެ، ހާލު ދެރަވި ދެ މީހުންގެ ތެރެއިން 19 އަހަރުގެ އަންހެން ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައިވަނީ، މިއަދު ހެނދުނު 10:34 ހާއިރު މާފަންނު ދިލްކްޝާ ގޯޅީގައި ހުންނަ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ހާލު ދެރަވެފައި ތިބިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެންދެވުނު ދެ މީހުންގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ދަފްތަރު ނަންބަރު ރސ621، މާލެ، ޒާހިދާ ތައުފީޤުއެވެ.

މީގެ އިތުރުން، މި ހާދިސާގައި ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދެވުނު 19 އަހަރުގެ އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި، އޭނާގެ ހާލު މިހާރު ރަނގަޅުވަމުންދާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު