ހޯދަން އިއުލާނުކުރުމުން، ވަގަށް ނެގި ހެލްމެޓު އަމިއްލައަށް ފުލުހުންނާ ހަވާލުކޮށްފި

ސައިކަލެއްގައި އިންދައި، ވަގަށް ނެގި ހެލުމެޓު އަމިއްލައަށް ފުލުހުންނާ ހަވާލުކޮށްފިއެވެ.

އިއްޔެ ފުލުހުން ވަނީ، ހެލްމެޓެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހޯދަން އިއުލާނުކޮށް، ވީޑިއޯއެއް އާންމުކޮށްފައެވެ.

އެ ވީޑިއޯއިން ފެންނަނީ، ޖީއެން ސައިކަލެއްގައި ތިބި ޒުވާން ދެ ފިރިހެނުންނެވެ. އެ ދެމީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން މީހާ ވަނީ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ހުންގާނުގައި އަޅުވާފައި އޮތް ހެލްމެޓެއް ވަގަށް ނަގައިފައެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައިގައި ހޯދަމުން ދިޔަ މީހާ އަމިއްލައަށް ފުލުހަށް ހާޒިރުވެ، ހެލްމެޓު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި، މި ކަމުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

https://sun.mv/227085

މި މައްސަލަ ތަހުގީގު ކުރަނީ، ހުޅުމާލެ ފޭސް ދޭއްގެ ފުލުހުން ކަމަށްވާއިރު، މި މައްސަލަ އަދިވެސް އިތުރަށް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފާހަގަކުރެވޭ ގޮތުގައި، ވައްކަމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އެގޮތުން، މިހާތަނަށް ވެސް ފުލުހުންނަށް ވައްކަމުގެ 2،300އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް