އޮޔާ ދިޔަ ބޮޑު ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބަކަށް މިރޭ އުރިއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ތެޔޮ ޓަގު ބޯޓު މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާލުން އޮޔާ ގޮސް، ބްރިޖާ ދިމާލަށް ދެއެވެ.
އަދި އޭގެ ފަހުން އާންމުވި މަންޒަރުތަކުން ފެންނަނީ އެ ބޯޓު ކޮންޓްރޯލުން ނެއްޓި ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރިފައިވާ ތަނެވެ.
މިރެއަކީ މާލެ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސް، ވައިބާރު އަދި ކަނޑުތައް ވެސް ގަދަ ރެއެކެވެ.
މި ހާދިސާއާ ގުޅިގެން ބްރިޖަށާއި ބޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ. ކޯސްޓުގާޑުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.