ދިރާގުން ރީލޯޑުކޮށްގެން 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް

ދިރާގުން ރީލޯޑުކޮށްގެން 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް --- ފޮޓޯ: ދިރާގު

ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން އަގުހުރި ފައިސާގެ އިނާމުތަކެއް ލިބޭ ރީލޯޑް ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ވަނީ އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިޔަކަށް 15،000 ރުފިޔާ ލިބޭނެ ކަމަށް ބުނެފައެވެ. އަދި މުޅި ޕްރޮމޯޝަންގެ ގްރޭންޑް ވިނާ ނުވަތަ ބޮޑު އިނާމުގެ ނަސީބުވެރިޔާއަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ދިރާގުން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ދިރާގު އެޕް މެދުވެރިކޮށް ރީލޯޑް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ރީލޯޑް ކުރާ މިންވަރު އިތުރުވާ ވަރަކަށް، ގުރުއަތުން ހޮވުމުގެ ފުރުސަތު ވެސް އިތުވާނެ ކަަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ދިރާގު އެޕް މެދުވެރިކޮށް ކުރާ ކޮންމެ 100 ރުފިޔާގެ ރީލޯޑަކަށް ގުރުއަތުގައި ބައިވެރިވުމަށް ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. މީގެ އިތުރުން 200 ރުފިޔާއަށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވުމަށް ދެ ފުރުސަތު އަދި 300 ރުފިޔާގެ ރީލޯޑަކަށް ތިން ފުރުސަތު ލިބޭނެކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނަކީ ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ލުއިފަސޭހަ އަދި ފައިދާހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް