ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. ބާރަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތާއި، ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް އަދި ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

ބާރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް، ޕިޗު ހަދައި، ބައުންޑަރީ ފާރު ރާނައި، ފެންސު ޖަހައި، ލައިޓިންގ ސިސްޓަމް ހަރުކޮށް، އަދި ޓާރފް އެޅުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 13.64 މިލިއަން ރުފިޔާއަށް 200 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މީގެއިތުރުން، އެމްޓީސީސީއާ ދެން ހަވާލުކުރެވުނު ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށު ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 7.82 މިލިއަން ރުފިޔާއަށް 250 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު