ފަޒާގައި ވެސް ހަތިޔާރު ބަހައްޓާފައިވާނެކަމަށް އެމެރިކާ އިއުތިރާފު ވެއްޖެ

އެމެރިކާގެ ފަޒާއާބެހޭ ކޮމާންޑުގެ މަރުކަޒެއް

ވޮޝިންޓަން (16 ސެޕްޓެމްބަރު 2026): ފަޒާ ނުވަތަ ޖައްވުގައި ހަތިޔާރު ބަހައްޓާފައިވާނެކަން ފުރަތަމަ ފަހަރަށް އެމެރިކާ ހާމަކޮށްފިއެވެ.

އެމެރިކާގެ އަސްކަރިއްޔާގައި ހިމެނޭ ސްޕޭސް ފޯސްއިން ހާމަކުރިގޮތުގައި ޖައްވުގައި ހަތިޔާރު ބަހައްޓާފައިވަނީ އެމެރިކާގެ ދިފާއުގައެވެ. ނަމަވެސް ހަތިޔާރު ބަހައްޓާފައިވާ އޯބިޓްތަކާއި ބަހައްޓާފައިވާ ހަތިޔާރުތަކުގެ ވައްތަރުތަކާއި ބާވަތްތައް އެ ކޮމާންޑުން ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާއަކީ ދުނިޔޭގެ އަމަނާއި ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ދިފާއީ ކަންކަމާބެހޭ ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ އެމެރިކާ އިސްވެ ގައުމުތަކަށް ހަމަލާދީ އުދުވާން ހިންގާފައިވާ މިންވަރު އެހެން ހުރިހާ ގައުމުތަކަކަށްވުރެ އިތުރުވުމާއި އެމެރިކާގެ ހަތިޔާރުގެ ވިޔަފާރިވެސް ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ ފުޅާވެފައިވުމެވެ. މީގެއިތުރުން ދުނިޔޭގައި އެޓަމިކް ހަތިޔާރު އިންސާނުންނާ ދެކޮޅަށް ބޭނުންކުރި ހަމައެކަނި ގައުމަކީވެސް އެމެރިކާކަމަށް ވެފައި އީރާން އާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އެމެރިކާ ނިއުކްލިޔާ ޓެކްޓިކަލް ހަތިޔާރު ބޭނުންކުރާ ހިސާބަށް ހިނގައިދާނެކަމުގެ ބިރު ހީވެފައިވުމެވެ.

އެމެރިކާގެ ބިރުދެއްކުންތަކާ ގުޅިގެން ދުނިޔޭގައި ނިއުކްލިޔާ ހަތިޔާރު އުފައްދާ ގައުމުތައް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ކިބައިން ސަލާމަތްވުމަށް ދިފާއީ އައްޑަނައެއްގެ ގޮތުގައި ނިއުކްލިޔާ ހަތިޔާރުން ހިމާޔަތް ހޯދުމުގެ ވިސްނުން އީރާންވެސް މިހާރު ގެންގުޅޭކަމަށް ބެލެވޭއިރު އީރާނުގެ ނިއުކްލިޔާ ހާލަތު މިހާރުއޮތީ ގޮތްނޭންގޭ ހިސާބެއްގައި ކަމަށް އިންޓަނޭޝަނަލް ޕީސް އާ ބެހޭ ދިރާސާ ރިޕޯޓްތައް ބުނެއެވެ. އުތުރުކޮރެއާ ވެސް ނިއުކްލިޔާ ހަތިޔާރު އުފެއްދީ އެމެރިކާގެ ބިރުދެއްކުންތަކާ ގުޅިގެންކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އެމެރިކާގެ ސްޕޭސް ފޯސް ގެ ތަރުޖަމާނު ބުނިގޮތުގައި އެމެރިކާ މިހާރުވަނީ ދުޝްމަނުންގެ އަސްކަރީ ގާބިލްކަން ކުޑަކުރުމަށްޓަކައި ޖައްވު ކޮންޓުރޯލު ކުރުމުގެ ގާބިލްކަން ހޯދައިފައެވެ. ޗައިނާއާއި ރަޝިއާ އަކީވެސް ބޭނުންވެއްޖެ ހާލަތެއްގައި ޖައްވުގެ އޯބިޓްތަކުގައި ހަތިޔާރު ބެހެއްޓުމުގެ ފަންނީ އަދި އިލްމީ ގާބިލްކަން ލިބިފައިވާ ދެގައުމު ކަމަށްވެފައި މިކަމަށް ހުރަސްއެޅުމަކީ އެމެރިކާއަށް ކުރެވޭނެ ކަމަކަށް ނުވާތީ ޖައްވު ކޮންޓްރޯލް ކުރުމުގެ ގާބިލްކަން އެމެރިކާއަށް ލިބިފައިވާ މިންވަރާމެދު ވަނީ ސުވާލު އުފެދިފައެވެ.

ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު އޭރުގެ ރޫސީވިލާތަކީ ޖައްވުގައި ހަތިޔާރު ބެހެއްޓުމުގެ ގާބިލްކަން އެންމެ ބޮޑަށް ހޯދާފައިވާ ގައުމެކެވެ. އޭރުގެ ރޫސީވިލާތުގައި ހުރި ހުރިހާ ހަތިޔާރެއް އަދި ޓެކްނޮލޮޖީ އެއް މިހާރުގެ ރަޝިއާއަށް ވަނީ ލިބިފައެވެ. އެމެރިކާގެ ސްޕޭސް ފޯސްގެ އިން ނެރެފައިވާ ބަޔާނެއްގައިވާގޮތުން އެމެރިކާ ޖައްވުގައި ހަތިޔާރު ބަހައްޓަން ނިންމި މައިގަނޑު ސަބަބަކީ ޗައިނާ އަދި ރަޝިއާގެ ފަރާތުން އެގައުމަށް ކުރިމަތިވާ ނުރައްކާތަކުން ދިފާއުވުމެވެ. ނަމަވެސް މިނުރައްކާތަކުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނާގޮތުން އެމެރިކާއެކޭ އެއްގޮތަށް ޗައިނާއާއި ރަޝިއާވެސް ވަނީ ޖައްވުގައި ހަތިޔާރު ބަހައްޓައިފައެވެ. ޗައިނާއާއި ރަޝިއާ މިފެންވަރުގައި އޮތްއިރު އެމެރިކާ އެކަންޏަށް ޖައްވުގެ ކޮންޓްރޯލް ހޯދޭނެ ގޮތާމެދު ވަނީ ސުވާލު އުފެދިފައެވެ. ނިއުކްލިޔަރ ހަތިޔާރާއި އެނޫންވެސް ފަނާކުރަނިވި ހަތިޔާރު ޖައްވުގައި ބެހެއްޓުމަކީ ބައިނަލްއަގްވާމީ ގޮތުން މަނާކަމެކެވެ. މިކަން މަނާކޮށްފައިވަނީ 1967 ގައި އެކުލަވާލި މުއާހަދާއެއްގެ ދަށުންނެވެ. ނަމަވެސް އެމެރިކާއާއި ރަޝިއާ އަދި ޗައިނާ މި މުއާހަދާއަށް އަމަލުނުކުރާކަމަށް ވެއެވެ.

ނިއުކްލިޔާ ހަތިޔާރަކީވެސް މަނާއެއްޗެކެވެ. ނަމަވެސް ދުނިޔޭގެ ނުވަ ގައުމަކުން ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އިތުރު ފަސް ގައުމަކުން ހޯދާފައިވެއެވެ. މީގެތެރޭގައި ދެކުނު ކޮރެއާ، ޖަޕާން، ޖަރުމަނު، އާޖެންޓީނާ، ބްރަޒީލް އަދި އީރާން ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު