ޕީއެންސީ ކޮންގްރެސް: އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން ހޮވައިފި، އެންމެ ގިނަ ވޯޓު ޝިއުނާއަށް

ޕީއެންސީ ކޮންގްރެސް: އަންހެނުންގެ މަޖިލީހަށް ހޮވުނު ބައެއް އަންހެން މެމްބަރުން... ފޮޓޯ/ ޕީއެންސީ

ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި، އެ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން އަންހެން ބޭފުޅުންނަށް ޚާއްސަކުރި 10 ގޮނޑިއަށް މެމްބަރުން އިންތިޚާބުކޮށްފިއެވެ.

މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އެއްވަނަ ހޯއްދެވީ 931 ވޯޓާ އެކު، 88.18 އިންސައްތަ ލިބުނު މަރިޔަމް ޝިއުނާއެވެ.

އަންހެނުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބޭއްވި މި އިންތިޚާބުގައި ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރެއްވި އިރު، 1085 މަންދޫބުން ވަނީ ވޯޓު ދެއްވާފައެވެ. އިއްޔެ ފެށުނު ޕީއެންސީގެ މަތީ މަޖިލީހުގައި މިއަދު ކުރިއަށްދަނީ ޕާޓީގެ އެކި މަގާމުތަކަށް ބޭފުޅުން އިންތިޚާބުކުރުމުގެ މަސައްކަތެވެ. އެގޮތުން ޕާޓީގެ ނައިބުރައީސްކަމަށް ހަ ބޭފުޅަކު މިހާރު ވަނީ އިންތިޚާބުކޮށްފައެވެ.

ޕީއެންސީ ކޮންގްރެސް: އަންހެނުންގެ މަޖިލީހަށް ކުރިމަތިލި އަންހެން މެމްބަރުން... ފޮޓޯ/ ޕީއެންސީ


އިންތިޚާބީ ކޮމިޓީން އިއްވި ނަތީޖާއިން ދައްކާގޮތުން އަންހެނުންގެ ގޮނޑިތަކަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ އިންސައްތައަކީ:

1. މަރިޔަމް ޝިއުނާ - 930 ވޯޓު (88.18 އިންސައްތަ)
2. ޝެރީނާ އަބްދުއްސަމަދު - 885 ވޯޓު (81.57 އިންސައްތަ)
3. ފާތިމަތު މިޒްނާ އަލީ - 881 ވޯޓު (81.20 އިންސައްތަ)
4. މަރިޔަމް ޝާމިއާ - 870 ވޯޓު (80.18 އިންސައްތަ)
5. އާއިޝަތު މުޙައްމަދު - 863 ވޯޓު (79.54 އިންސައްތަ)
6. އާމިނަތު ނަމްޒާ - 846 ވޯޓު (77.97 އިންސައްތަ)
7. އާސިޔަތު ރީޝާ މުހައްމަދު - 843 ވޯޓު (77.51 އިންސައްތަ)
8. ފާތިމަތު ރުކުޝާނާ - 837 ވޯޓު (77.14 އިންސައްތަ)
9. އާމިނަތު ޝުހުދާ - 819 ވޯޓު (75.48 އިންސައްތަ)
10. ފާތިމަތު މުހައްމަދު - 841 ވޯޓު (78 އިންސައްތަ)

ޕީއެންސީގެ މެންބަރުންގެ މަޖިލީހުގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިތަކުގެ އިތުރުން ޒުވާނުންނަށްވެސް ގޮނޑިތަކެއް ވަނީ ޚާއްސަކޮށްފައެވެ. އަދި އެންމެންނަށް ކުރިމަތިލެވޭ ގޮތަށް އާންމު މެންބަރުންގެ 18 ގޮނޑިއަކަށް ބޭފުޅުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާއިރު، އެ 18 މަގާމަށް 70 އަށްވުރެ ގިނަ ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ.

comment ކޮމެންޓް