ފުވައްމުލަކު ބޭރަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

ފުވައްމުލަކު ސިޓީ -- ފޮޓޯ/ ޑްރީމްސް ޓައިމް

ފުވައްމުލަކު ބޭރަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު މިއަދު މަރުވެއްޖެއެވެ.

ފުލުހުން 'ސަން' އަށް މިއަދު ބުނީ ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 9:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

އަދި ހޮސްޕިޓަލަށް އެ މީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައި ވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން 'ސަން' އާ ވާހަކަދެއްކި ފުވައްމުލަކު ޑައިވިން ސްކޫލްގެ މީހަކު ބުނި ގޮތުގައި އެ ފަތުރުވެރިޔާ މޫދުގައި ޚަބަރު ހުސްވެފައި އޮއްވައި ނަގައިގެން ގެނައީ އެވަގުތު ފީނަން އުޅުނު މީހެކެވެ. އަދި ބެލެވޭ ގޮތުގައި އޭނާއަށް ޖެހުނީ ހާޓްއެޓޭކެއް ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

comment ކޮމެންޓް