އައިފޯން 18 ގެ ޕްރީއޯޑަރު ރާއްޖޭގައި ފަށައިފި: އެންމެ ދަށް އަގު ވެސް އުޅެނީ 35،000 އިން މަތީގައި!

އެޕަލްގެ ފަހުގެ އައިފޯން18ގެ ފޯނުތަކެއް ޑިސްޕްލޭގައި --

ދުނިޔޭގެ މަގްބޫލު ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އައިފޯން 18 ސީރީޒްގެ ފޯނުތައް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ރާއްޖޭގެ މަޝްހޫރު ގިނަ މޯބައިލް ފިހާރަތަކުން މިހާރު ހުޅުވާލައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކެކޭ އެއްފަދައިން ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކުން މި ފޯނަށް ދަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.

އެކި ފިހާރަތަކުން މިހާރު އާންމުކޮށްފައިވާ އަގުތަކަށް ބަލާއިރު، މި ފަހަރުގެ އައިފޯނުތަކުގެ އަގުތައް ވަރަށް ބޮޑަށް އުޅެނީ މަތީގައެވެ. އެގޮތުން އެންމެ ދަށް އަގު ވެސް އެވްރެޖުކޮށް ފެށެނީ 35،000 ރުފިޔާއިންނެވެ.

ރާއްޖޭގެ ބާޒާރުގައި އައިފޯން 18 ގެ އަގުތައް އުޅޭ ނިސްބަތް:

އައިފޯން 18 ޕްރޯ:

  • 256 ޖީބީ: -/35،000 އާއި -/40،000 ރުފިޔާއާ ދެމެދު
  • 512 ޖީބީ: -/37،000 އާއި -/43،000 ރުފިޔާއާ ދެމެދު

އައިފޯން 18 ޕްރޯ މެކްސް:

  • 256 ޖީބީ: -/38،000 އާއި -/45،000 ރުފިޔާއާ ދެމެދު
  • 512 ޖީބީ: -/40،000 އާއި -/46،000 ރުފިޔާއާ ދެމެދު
  • 1 ޓީބީ: -/45،000 އާއި -/50،000 ރުފިޔާއާ ދެމެދު

ގިނަ ފިހާރަތަކުން އާންމުކޮށްފައިވާ ގޮތުގައި، ޕްރީއޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި -/10،000 ރުފިޔާ ދައްކަންޖެހެއެވެ. އަދި ބާކީ ފައިސާ ދައްކަން ޖެހޭނީ ފޯނު ލިބުމުންނެވެ.

މީގެ އިތުރުން، ކަސްޓަމަރުން ޝައުގުވެރި ކުރުވުމުގެ ގޮތުން ބައެއް ފިހާރަތަކުން އަންނަނީ ޕްރީއޯޑަރު ކުރާ ފަރާތްތަކަށް ޚާއްޞަ ޕްރޮމޯޝަންތަކެއް ވެސް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިލޭ ކަވަރާއި ސްކްރީން ޕްރޮޓެކްޓަރު ދިނުމާއި، ފައިސާގެ އިނާމު ފަދަ ޚާއްސަ އިނާމުތައް ހިމެނެއެވެ.

https://sun.mv/227663

އަގު ބޮޑު ނަމަވެސް ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ޓެކްނޮލޮޖީގެ ފަހުގެ އުފެއްދުންތައް ހޯދަން ބޮޑު ޝައުގެއް އޮވެއެވެ.

އެޕަލްއިން ހާމަކުރި ގޮތުގައި އައިފޯން 18 ޕްރޯއެއް އުޅެނީ 1،199 ޑޮލަރަށެވެ. އަދި އައިފޯން 18 ޕްރޯ މެކްސްއެއްގެ އަގު އުޅެނީ 1،299 ޑޮލަރަށެވެ.

މި ފަހަރު އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އައިފޯން 18އާއެކު ނެރުނު އައިފޯން ޑުއޯ ނުވަތަ އެޕަލް ފަށްޖެހި ފޯނަށެވެ. މި ފޯނުގެ އަގަކީ 1،999 ޑޮލަރެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 30،000 ރުފިޔާއެވެ.

comment ކޮމެންޓް