ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ދެކޮޅަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ހެކިބަސް ބަލައިގަންނަން ކްރިމިނަލް ކޯޓުން އިއްޔެ ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ފާޑުވިދާޅުވެއްޖެއެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލައިގައި، އަދީބުގެ ހެކިބަސް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ނިންމާފައެވެ.
ދައުލަތުން ހުށަހެޅި މި ހެކިބަސް ބަލައިގަތުމާ ގުޅިގެން މެންބަރު ހުސައިން ޝަރީފް ވަނީ އެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވައި ފާޑުވިދާޅުވެފައެވެ.
ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މެމްބަރު ޙުސައިން ޝަރީފް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަނީ އިސްލާމީ ޝަރީޢަތާ ވަރަށް ބޮޑަށް ގުޅިލާމެހިފައި ކަމަށާއި، ފާސިގުންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އިއްޔެ ޝަރީޢަތުގެ މަޖިލީހެއްގައި ކަން ހިނގައިދިޔަ ގޮތުން، ސުޕްރީމް ކޯޓުން ފާސިގެއްގެ ހެކިބަސް ނުނެގޭނެ ކަމަށް ކަނޑައަޅާފައި އޮތް އޮތުމާ ޚިލާފަށް ދަށު ކޯޓުން ފާސިގެއްގެ ހެކިބަސް ނެގޭނެ ކަމަށް ބަލައިގެންފައިވާ މަންޒަރު ފެނިގެންދިޔަ ކަމަށެވެ.
އަދީބާއި ޒިޔަތު --މީގެއިތުރުން ސުޕްރީމް ކޯޓުން މީހަކާ މެދު ގޮތެއް ނިންމާފައި އޮއްވައި، އެންމެ ދަށު ކޯޓުން އެކަން ބަލައިގަންނަން ނިންމުމުން ގާނޫނުން އެކަމަށް ރަނގަޅު ފަރުވާއަކާއި ހައްލެއް ހޯދައިދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އިއްޔެ ޝަރީއަތުގެ މަޖިލީހެއްގައި ހިނގައިދިޔަ ދިޔުމުން އަޅުގަނޑުމެންނަށް ފެނޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، ސުޕީރިއާ އެންމެ މަތީ ހަރުފަތުގެ ކޯޓުން ފާސިގެއްގެ ހެކިބަސް ނުނެގޭނެ ކަމަށް ކަނޑައަޅާފައި އޮތް އޮތުން ދަށު ކޯޓުން އެ އޮތީ ބަލައިގަނެފައި ހެކިބަސް ނެގޭނެ ކަމަށް،" މެމްބަރު ހުސެއިން ވިދާޅުވިއެވެ.
ޙުސައިން މިފަދައިން ވިދާޅުވިއިރު، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތް ހިންގި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ނިންމައިފައެވެ.
އައްޑޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްކަވަނީ.. ފޮޓޯ; ތޭރައޮންލައިންއެ މައްސަލައިގައި ޔާމީންގެ ފަރާތްޕުޅުން އެ ހެކިތައް ބަލައިނުގަތުމަށް އެދިފައިވީ ނަމަވެސް، މައްސަލަ ބައްލަވާ ޤާޒީ ޢަލީ ނަދީމް ނިންމެވީ އެ ދެ ބޭފުޅުންގެ ހެކިބަހަކީ މައްސަލައިގައި ނަގަންޖެހޭ ހެކިބަހެއް ކަމަށެވެ.
ހެއްކާ ބެހޭ ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ހެކިބަސް ދޭ ފަރާތުގެ ތެދުވެރިކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ފަރާތްތަކަކީ ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ގެއްލިފައިވާ ފަރާތްތަކުގެ ގޮތުގައި ބެލެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ވަކި މައްސަލައަކާ ގުޅިގެން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން ފަރާތެއް ނެތް ޙާލަތެއްގައި، ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަނުވާ މީހެއްގެ ހެކިބަސް ވެސް ބަލައިގަނެވިދާނެ ކަމަށެވެ.
މީގެއިތުރުން، އިސްލާމީ ޝަރީޢަތުގައި ހެކިބަސް ނެގޭ މީހާގެ ޢާންމު ދިރިއުޅުމަށް ވެސް ބަލާ ކަމަށާއި، ޙަނަފީ އަދި ޝާފިޢީ މަޒްހަބުގައި ނަށާ މީހުންގެ ހެކިބަސް ވެސް ބަލައިނުގަނެވޭކަން މެންބަރު ޙުސައިން ޝަރީފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.