އެޑްވަޓޯރިއަލް: އަނގައިގެ ދުޅަހެޔޮކަން؛ ދަތުގެ އާންމު މައްސަލަތަކާއި އޭގެ ޒަމާނީ ހައްލު

އަނގައިގެ ދުޅަހެޔޮކަން: ދަތުގެ އާންމު މައްސަލަތަކާއި އޭގެ ޒަމާނީ ހައްލު

ފިނި އެއްޗެއް ބޯލާ ވަގުތު ދަތަށް އަރާ ތޫނު ތަދާއި، ދަތް އުނގުޅާއިރު ހިރުގަނޑުން ލޭއައުމަކީ ގިނަ ފަހަރަށް މާ ބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލެވޭ ކަންކަމެވެ. މީގެއިތުރުން، އަނގައިގައި ދަތެއް މަދުވުން، ނުވަތަ ގެއްލުމެއް ލިބިގެން ދަތެއް އުފުރާލުމަށްފަހު ގިނަ ދުވަސްތަކެއް ވުމުން އެކަމަށް ހޭނި، އެއީ މާ ބޮޑު ކަމެއް ނޫން ކަމަށް ދެކި ދޫކޮށްލުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. ހަމައެފަދައިން، ޠަބީޢީ ގޮތުން ދަތްތައް އެތުރިފައި ހުންނަ ބައްޓަމަށް އަންނަ ބަދަލުތަކާއި ދަތްޕިލަ އެއްވަރުނުވުމުގެ މައްސަލަތަކަށް ސަމާލުކަން ދެވެނީ ވެސް ވަރަށް މަދު ފަހަރަކުއެވެ.

ދަތުގައި ކެތްނުކުރެވޭ ވަރުގެ ބޮޑު ރިހުމެއް ނުވާނަމަ، ޑެންޓިސްޓަކަށް ދެއްކުމާއި ދަތުގެ ފަރުވާތައް ހޯދުން ފަސްކޮށްލުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް އަށަގެންފައިވާ އާދައެކެވެ. ނަމަވެސް، ދަތާއި ހިރުގަނޑަށް ދިމާވާ ކުދިކުދި މައްސަލަތަކަށް ވެސް ވަގުތުން ފަރުވާ ނުހޯދައިފިނަމަ، ފަހުން އެކަންކަން ހައްލުކުރުމަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހެއެވެ. ޒަމާނީ ދަތުގެ ސިއްޙީ ފަރުވާއަކީ ހަމައެކަނި ދަތުގައި އަޅާ ވޭނާއި ރިހުމަށް ދެވޭ ހައްލެއް ނޫނެވެ. މިއީ އަނގައިގެ ދުޅަހެޔޮކަން ދަމަހައްޓައި، ދަތްޕިލައިގެ ރީތިކަމާއި ފުރިހަމަކަން ވެސް ޔަޤީންކޮށްދޭ ފުޅާ ދާއިރާއެއްގެ ޚިދުމަތެކެވެ.

ދަތުގެ އޮޕަރޭޝަނެއް ނުވަތަ ސާޖަރީއެއް ހަދަންޖެހެނީ ކޮން ހާލަތްތަކެއްގައި؟

ބައެއް ޙާލަތްތަކުގައި ދަތާއި، އަނގަ އަދި މޫނުމަތީގެ މައްސަލަތަކަށް ޚާއްޞަ ސާޖިކަލް ފަރުވާ ނުވަތަ އޮޕަރޭޝަންތައް ބޭނުންވެއެވެ. އޭގެތެރޭގައި ވިސްޑަމް ޓޫތު ނުވަތަ ކޮލުދަތުގައި ތަކުރާރުކޮށް ރިއްސުމާއި، އާދައިގެ ގޮތަކަށް ނުނެގޭ ވަރަށް އަޑީގައި ހުންނަ ދަތްތައް އުފުރުމާއި، އަނގައިގެ އެތެރެ ދުޅަވެ ފާރުވުމުގެ އިތުރުން، ދަތްދޮޅިއާއި މޫނުމަތީގެ ކަށިތަކަށް ލިބޭ ގެއްލުމާއި ދިމާވާ އެކި ކަހަލަ މައްސަލަތަކުގައި "އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަން" އެއްގެ އެހީތެރިކަން ކޮންމެހެން ބޭނުންވެއެވެ.

މިފަދަ މައްސަލަތަކަށް ފަރުވާ ދެއްވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުންނަވަނީ، އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީގެ ދާއިރާއިން ފުންނާބުއުސް ތަޖުރިބާކާރެއް ކަމަށްވާ ސީނިއާ ކޮންސަލްޓަންޓް ޑރ. މުޙައްމަދު ސަލްމާން ބާޝާއެވެ. އެގޮތުން ނެގުމަށް އުނދަގޫ ދަތްތައް އޮޕަރޭޝަން ކޮށްގެން ނެގުމާއި، ޑެންޓަލް އިމްޕްލާންޓް ޖެހުމާއި، ކަށި އަލުން އުފެއްދުމުގެ ފަރުވާ (ބޯން ގްރާފްޓިންގ) އަދި އެކްސިޑެންޓްތަކުގެ ސަބަބުން މޫނުމައްޗާއި ދަތްދޮޅިއަށް ލިބޭ ގެއްލުންތަކަށް ޚާއްޞަ ރިކޮންސްޓްރަކްޓިވް ސާޖަރީގެ ފަރުވާ ޑރ. ސަލްމާން ފޯރުކޮށްދެއްވައެވެ.

ދަތްތައް އެތުރިފައި ހުންނަ ގޮތުން ޞިއްޙަތަށް ކުރާ އަސަރަކީ ކޮބާ؟

ގިނަ ބަޔަކު ދެކޭގޮތުގައި ދަތްޕިލަ އެއްވަރުކުރުން ނުވަތަ 'ބްރޭސަސް' އެޅުވުމަކީ ހަމައެކަނި ހިނިތުންވުން ރީތިކޮށްލުމަށް ކުރާ ކަމެކެވެ. ނަމަވެސް، އުފެދުމުގައި ދަތްޕިލަ އެތުރިފައި ހުންނަ ގޮތުގެ ސަބަބުން ކާތަކެތި ހަފަން އުނދަގޫވުމާއި، ވާހަކަދެއްކުމަށާއި، އަދި އަނގައިގެ ޢާންމު ދުޅަހެޔޮކަމަށް ވެސް ނޭދެވޭ އަސަރު ފޯރައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮރތޯޑޮންޓިކްސް އެންޑް ޑެންޓޯފޭޝަލް އޮރތޯޕީޑިކްސް ސްޕެޝަލިސްޓް ޑރ. އާސިމް ޣައުޘް ބާޝާ، މިފަދަ މައްސަލަތައް ދެނެގަނެ ޚާއްޞަ ފަރުވާތައް ފޯރުކޮށްދެއްވައެވެ. އޭގެތެރޭގައި ދަތްތައް މާބޮޑަށް ތޮއްޖެހިފައި ހުރުމާއި، ދަތްތަކުގެ ދޭތެރެ ދުރުވުން، އަދި އަނގަ ލައްޕާއިރު މަތީ އަދި ތިރީ ދަތްޕިލަ ރަނގަޅަށް ބައްދަލުނުވުން ފަދަ މައްސަލަތަކަށް އޮރތޯޑޮންޓިކް ފަރުވާ ދެއްވުން ހިމެނެއެވެ. މި ފަރުވާއަކީ ހަމައެކަނި ކުޑަކުދިންނަށް ޚާއްޞަ ފަރުވާއެއް ނޫނެވެ. ދަތްޕިލައިގެ އެތުރުން ހުންނަ ގޮތުން ދިގު މުއްދަތަކަށް އުނދަގޫތައް ތަޙައްމަލުކުރަމުންދާ ބޮޑެތި މީހުންނަށް ވެސް މި ފަރުވާގެ އެހީގައި ފުރިހަމަ ހައްލެއް ލިބިގެންދާނެއެވެ.

ދަތެއް މަދުވުމަކީ ހޭނިގެން ދޫކޮށްލަންވީ ކަމެއް ނޫން!

ދަތެއް މަދުވުމަކީ ހަމައެކަނި ސިފައަށް ނުވަތަ ރީތިކަމަށް އަންނަ ބަދަލެއް ނޫނެވެ. އެއީ ކާތަކެތި ރަނގަޅަށް ހެފުމަށާއި، ވާހަކަދެއްކުމުގެ އިތުރުން، އަނގައިގައި ބާކީ ހުރި އެހެން ދަތްތަކުގެ މަސައްކަތަށާއި އެތުރުމަށް ވެސް ނޭދެވޭ އަސަރު ފޯރުވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި 'ޕްރޮސްތޮޑޮންޓިކްސް' ނުވަތަ މަދުވާ ދަތްތައް އަލުން ޖުހުމަކީ ނުހަނު މުހިންމުވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޕްރޮސްތޮޑޮންޓިސްޓް ޑރ. ޝަބީނާ އައިޝާ ބޭގަމް މައްކަޕާލަމް، މަދުވާ ދަތްތައް އަލުން ޖެހުމާއި ބަދަލުކުރުމުގެ ޚާއްޞަ ފަރުވާތައް ފޯރުކޮށްދެއްވައެވެ. މީގެ ތެރޭގައި ކްރައުން އެޅުވުމާއި، ބްރިޖް ހެދުމުގެ އިތުރުން ދަތްޕިލަ ޖެހުން ފަދަ ފަރުވާތައް ހިމެނެއެވެ. އެހެންކަމުން، ދަތެއް ނެތުމުން އެކަމަށް އާދަވެފައި ހުރުމުގެ ބަދަލުގައި، މިފަދަ ފަރުވާތަކުގެ އެހީގައި އަނގައިގެ ދުޅަހެޔޮކަމާއި ފުރިހަމަ ހިނިތުންވުން އަލުން ހޯދިދާނެއެވެ.

ދަތުގެ އާންމު މައްސަލަތައް ތަކުރާރުވާނަމަ

ދަތުގައި މެދުނުކެނޑި ރިއްސުމާއި، ދަތަށް އަރާ ތޫނު ތަދާއި، ހިރުގަނޑުން ލޭއައުމުގެ އިތުރުން، އަނގައިން ނުބައި ވަސް ދުވުމާއި، ދަތް ބިންދައިގެން ދިއުން ނުވަތަ ކާތަކެތި ކާއިރު އުނދަގޫވުމަކީ ލަސްނުކޮށް ދަތުގެ ޑޮކްޓަރަކަށް ދައްކަންޖެހޭ މުހިންމު ސަބަބުތަކެވެ.

މިފަދަ މައްސަލަތަކަށް ޚާއްޞަ ފަރުވާ ދެއްވުމުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑެންޓަލް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑެންޓަލް ސާޖަން ޑރ. ނާއިފާ އަފީފް، ޖެނެރަލް ޑެންޓިސްޓް ޑރ. އަމާން އުﷲ ސިއްދީގީ، އަދި ސީނިއާ ޑެންޓިސްޓް ޑރ. އާމިނަތު ރީޝާ އިސް ދައުރެއް އަދާކުރައްވައެވެ. ގަވާއިދުން ދަތްތައް ޗެކްކުރުމަކީ ދަތުގައި ރިއްސަން ފެށުމުގެ ކުރިން މައްސަލަތައް ދެނެގަނެ، ދުރާލާ ފިޔަވަޅު އެޅުމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ. އެގޮތުން، ބަލިމީހާގެ ހާލަތަށް ރިޢާޔަތްކޮށް، ދަތްތައް ރައްކާތެރިކުރުމުގެ ފިޔަވަޅުތަކުން ފެށިގެން، ދަތުގައި ފުޓުނު އެޅުމާއި، ރޫޓް ކެނަލް ހެދުމާއި، ހިރުގަނޑުގެ ބަލިތަކަށް ފަރުވާދިނުން އަދި ދަތް އުފުރުން ފަދަ އެންމެހައި ޒަމާނީ ޚިދުމަތްތައް އެ ހޮސްޕިޓަލުން ފޯރުކޮށްދެއެވެ.

ދަތުގެ ކޮން ޚާއްސަ ފަރުވާއެއްކަން ބޭނުންވަނީ ސީދާކޮށް ނޭނގޭ ހާލަތެއްގައި، އެންމެ އެކަށީގެންވާ ގޮތަކީ ފުރަތަމަ އާންމު ދަތުގެ ޑޮކްޓަރަކަށް ނުވަތަ ޖެނެރަލް ޑެންޓިސްޓަކަށް ދެއްކުމެވެ. އާންމު ދަތުގެ ޑޮކްޓަރުން ބަލިމީހާގެ އަނގަޔާއި ދަތުގެ ދުޅަހެޔޮކަން ފުރިހަމައަށް ބަލާ، ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެކަށީގެންވާ ފަރުވާގެ އިރުޝާދު ދެއްވާނެއެވެ. އަދި ޚާއްސަ ފަރުވާއެއް ބޭނުންވާ ހާލަތްތަކުގައި ނުވަތަ މައްސަލަތަކުގައި، އިތުރު ތަހުގީގުތަކާއި ފަރުވާއަށްޓަކައި، އެކަމާ ގުޅޭ ޚާއްސަ ޑެންޓަލް ޑޮކްޓަރަކަށް ނުވަތަ ސްޕެޝަލިސްޓަކަށް ބަލިމީހާ ރިފަރ ކުރެވޭނެއެވެ.

ދަތުގެ ޑޮކްޓަރަށް ދައްކަންވީ ހަމައެކަނި ދަތުގައި ރިއްސުމުންތަ؟

ކޮންމެ މީހެއްގެ ވެސް ދަތުގެ ސިއްޙީ ބޭނުންތައް ތަފާތެވެ. އެކަކަށް ހިރުގަނޑުގެ ބައްޔަކަށް ފަރުވާ ބޭނުންވާއިރު، އަނެކަކަށް ބޭނުންވަނީ ދަތްޕިލަ އެއްވަރުކޮށް ހިނިތުންވުން ރީތިކުރުމެވޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް މެޑިސިން އަދި އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީ ޑިޕާޓްމަންޓުން، އާންމު ދަތުގެ ފަރުވާތަކުން ފެށިގެން އެންމެ ޚާއްޞަ ސާޖިކަލް ފަރުވާތައް އެއް ތަނަކުން ފަސޭހަކަމާއެކު ލިބިގެންދެއެވެ.

ދަތުގެ ޑޮކްޓަރަކަށް ދައްކަންޖެހޭ ހަމައެކަނި ސަބަބަކީ ދަތުގައި ރިއްސުމެއް ނޫނެވެ. މުހިންމު ކަމަކީ ކުޑަ މައްސަލައެއް ބޮޑުވެ، ވޭންދެނިވި ތަދަކަށް ބަދަލުވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅުއްވުމުން އިތުރު މަޢުލޫމާތާއި އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް