ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ދެމަފިރިންނަށް ލިބުނު ދެވަނަ ދަރިފުޅަށް ކިޔައިފައިވާ ނަން ރަސްމީކޮށް އާންމުކޮށްފިއެވެ.
ދީޕިކާއާއި ރަންވީރު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައި ބުނެފައިވާ ގޮތުގައި، މިދިޔަ މަހުގެ އަށް ވަނަ ދުވަހު އުފަންވި ދަރިފުޅަށް ކިޔާފައިވަނީ "ދެވީ ޕަދުކޯން ސިންގް" އެވެ. އެ ފޮޓޯއިން ދެމަފިރިންނާއި ދޮށީ ދަރިފުޅު ދުއާ ވެސް ފެނެއެވެ.
ދީވާލީގެ މުނާސަބަތާ ދިމާކޮށް މި އުފާވެރި ޚަބަރު އާންމުކުރުމާ ގުޅިގެން، ބޮލީވުޑްގެ ގިނަ ފަންނާނުންނާއި އެ މީހުންގެ ސަޕޯޓަރުން އަންނަނީ ދެމަފިރިންނަށާއި ދަރިފުޅަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމުންނެވެ.
ހަ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2018 ވަނަ އަހަރު ކައިވެނިކުރި ދީޕިކާ އާއި ރަންވީރަކީ ބޮލީވުޑްގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެއް ޖޯޑެވެ. އެ ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބުނީ ސެޕްޓެންބަރު 2024ގައެވެ.
ދަރިފުޅު އުފަންވުމާ ގުޅިގެން ދީޕިކާ މިވަގުތު ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރި ނަމަވެސް، ދާދިފަހުން ރިލީޒްވި "ސިންގަމް އެގެއިން" އިން މި ދެތަރިން ވަނީ އެކުގައި ފެނިފައެވެ.