ފިޔޯރީއަށް އަދިވެސް ވާރޭ ވެހެނީ، 90 އިންސައްތަ ގެތަކަށް ފެން ވަދެއްޖެ

ގދ. ފިޔޯރީއަށް ބޯކޮށް ވާރޭވެހި އެ ރަށުގެ މަގެއްގައި ފެން ބޮޑުވެފައި --- ފޮޓޯ: އެންޑީއެމްއޭ

ގދ. ފިޔޯރީއަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހި އެ ރަށުގެ 90 އިންސައްތަ ގެއަށް ފެން ވަދެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ ރޭ ދަންވަރު 1:30އިން ފިޔޯރީއަށް މެދުނުކެނޑި ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން އެ ރަށުގެ 90 އިންސައްތަ ގެއަށް ފެން ވަދެފައިވާ ކަމަށެވެ.

ފިޔޯރީ ކައުންސިލުގެ ރައީސް ޢަބްދުﷲ މުބާޙް 'ސަން'އަށް މިއަދު ވިދާޅުވީ މިހާރު ވެސް އެ ރަށަށް ވާރޭ ވެހެމުންދާ ކަމަށާއި ޕަމްޕު ބޭނުންކުރުމުގެ އިތުރުން ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގޭބިސީތަކަށް ލިބުނު ގެއްލުންތައް އެންޑީއެމްއޭއާ ގުޅިގެން ބަލަމުން އަންނަ ކަމަށް ވެސް މުބާޙް ވިދާޅުވިއެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނީ، އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް އަދި ދިމާނުވާ ކަމަށެވެ.

ވިއްސާރައާ ގުޅިގެން އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކައުންސިލާ ގުޅިގެން ހަމަޖައްސަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.

comment ކޮމެންޓް