ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިލްވާން އަވަހާރަވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ނަމަވެސް ފަރުވާއަށް ވަޑައިގަތީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ސާފުވެފައިނުވެއެވެ.
ރިލްވާން، ދިރާގުގެ ޗެއާމަން ކަމަށް އައްޔަންކުރީ 2014 ވަނަ އަހަރެވެ. ނަމަވެސް ޖެހިގެން އައި އަހަރުގެ ފެބުރުވަރީ މަހު އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
އޮސްޓްރޭލިއާގެ އާރުއެމްއައިޓީ ޔުނިވާސިޓީން ބިޒްނަސް ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ރިލްވާން ވަނީ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ދިގު މުއްދަތަކަށް ފުރުއްވާފައެވެ.