ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފިޔަވަހީގައި ރޭ، ވިއަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ހަ ލަނޑާއެކު އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން ޕީއެސްޖީ، ފައިދާ ގޯލުގެ ބޮޑު ތަފާތަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ވިއަރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ނިމެންދެން، އެއްކޮށް ޑޮމިނޭޓުކޮށްފައި ވަނީ ޕީއެސްޖީންނެވެ. އެގޮތުން އެ ޓީމުން 71 ޕަސެންޓު ބޯޅަ ހިފަހައްޓާފައިވާއިރު، ޖުމްލަ 15 ހަމަލާއެއް ގޯލަށް ފޮނުވާލައި، އޭގެން 12 ހަމަލާ ގޯލަށް އަމާޒުކޮށްފައި ވެސް ވެއެވެ. ބަދަލުގައި ވިއަރެއާލަށް މުޅި މެޗުގައި ވެސް ފޮނުވާލެވިފައި ވަނީ އެންމެ ނުވަ ހަމަލާއެވެ. އޭގެ ތެރެއިން ވެސް ގޯލަށް އަމާޒުވެފައި ވަނީ އެންމެ ދެ ޝޮޓެވެ.
މި މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ފުރަތަމަ ހަތަރު ލަނޑު ކާމިޔާބުކޮށްފައި ވަނީ އެންމެ އަށް މިނެޓު ތެރޭގައެވެ. އެގޮތުން މެޗުގައި ޕީއެސްޖީން ވިއަރެއާލްގެ ގޯލު ހުޅުވާލާފައި ވަނީ މެޗުގެ ނުވަ ވަނަ މިނެޓުގައި ޔާއޯ ނެވެސް ކާމިޔާބުކުރި ލަނޑާއެކުއެވެ. ދެވަނަ ލަނޑު، މެޗުގެ 12 ވަނަ މިނެޓުގައި ޑިޒައިރޭ ޑުއޭ ކާމިޔާބުކުރިއިރު އޭގެ ސިކުންތުކޮޅެއް ފަހުން މެޗުގެ 13 ވަނަ މިނެޓުގައި ސެނީ މަޔޫލޫ ވަނީ އެޓީމުގެ ތިންވަ