ސައިބާ ހަމަލާތަކުން ދިފާއުވުމަށް ޚާއްޞަކޮށްގެން ޗައިނާއިން އާ އޭއައި މޮޑެލެއް ތަޢާރަފުކޮށްފި

މި މޮޑެލް މިހާރުވެސް އެ ކުންފުނީގެ ބައެއް ކްލައުޑް އަދި ވޯކްޕލޭސް އެޕްލިކޭޝަންތައް މެދުވެރިކޮށް ލިބެން ހުންނާނެ ---

ސައިބާ ހަމަލާތަކުން ދިފާއުވުމާއި ބަޔޮލޮޖިކަލް ދިރާސާތަކުގައި ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ކުޑަކުރުމުގެ މަގްސަދުގައި، ޗައިނާގެ މަޝްހޫރު ޓެކް ކުންފުނި ޓެންސެޓުން "ހައި4"ގެ ނަމުގައި އައު އާޓިފިޝަލް އިންޓެލިޖެންސް މޮޑެލެއް ތައާރަފްކޮށްފިއެވެ.

ވީޗެޓް މެސެންޖިން އެޕް ތަރައްގީކުރުމަށް މަޝްހޫރުވެފައިވާ ޝެންޒެންއަށް ނިސްބަތްވާ މި ކުންފުނިން ބުނީ، މި މޮޑެލް ތަމްރީނުކޮށްފައިވަނީ ސޮފްޓްވެއާގައި ހުންނަ ނުރައްކާތެރި މައްސަލަތައް ދެނެގަނެ ރަނގަޅުކުރުން ފަދަ ދިފާއީ މަސައްކަތްތަކަށް އަލިއަޅުވާލައިގެން ސައިބަރ ސެކިއުރިޓީގެ މައުލޫމާތު ބޭނުންކޮށްގެން ކަމަށެވެ. އަދި ހަމަލާދިނުމަށް ބޭނުންވާނެ އެއްވެސް މައުލޫމާތެއް މީގެ ތެރޭގައި ހިމަނާފައިނުވާނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.

މި މޮޑެލްގައި ހުރި ސަލާމަތީ ކަންކަން ދެނެގަތުމަށް އެ ކުންފުނީގެ އެތެރޭގެ ދިރާސީ ޓީމުތަކުން ހެދި ސެކިއުރިޓީ އެސެސްމަންޓްތަކުން، ޓެސްޓުކުރެވުނު ދާއިރާތަކުގައި ސައިބާ ހަމަލާތަކަށް އެހީތެރިވުމުގެ ގާބިލުކަމާ މެދު އެއްވެސް ބޮޑު ކަންބޮޑުވުމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ޓެންސެޓުން ހާމަކޮށްފައިވެއެވެ.

https://sun.mv/230099

މި މޮޑެލަށް ބަޔޮލޮޖިކަލް ދިރާސާތަކުގައި ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ކުޑަކުރުމުގެ ރަނގަޅު އަލިމަގެއް ލިބިފައިވީ ނަމަވެސް، އެންމެ ޒަމާނީ އޭއައި މޮޑެލްތަކާ އަޅައިބަލާއިރު، ކޮންމެފަދަ ހާލަތަކަށްވެސް ފެތޭ ހުޅުވާލެވިފައިވާ ތަޖުރިބާތައް ފަރުމާކުރުމުގެ ގާބިލުކަން ކުޑަވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ރައްކާތެރިކަމުގެ މި ވަސީލަތްތަކުގެ އިތުރުން، ފޮޓޯތައް ދެނެގަތުމާއި، އުނދަގޫ ޗާޓުތައް ދޭހަކޮށްދިނުމާއި، ކޮމްޕިއުޓަރު ކޯޑު ލިޔުމާއި ސޮފްޓްވެއާ އިންޓަފޭސްތައް މެދުވެރިކޮށް މަސައްކަތް ކުރުމުގެ ގާބިލުކަން ހައި4 ގައި ހުރި ކަމަށް ޓެންސެޓުން މައުލޫމާތު ދީފައިވެއެވެ.

މި މޮޑެލް މިހާރުވެސް އެ ކުންފުނީގެ ބައެއް ކްލައުޑް އަދި ވޯކްޕްލޭސް އެޕްލިކޭޝަންތައް މެދުވެރިކޮށް ލިބެން ހުރިއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި މޮޑެލްގެ ބިންގާ ކަމުގައިވާ ވެއިޓްސް އާއި ޓެކްނިކަލް ލިޔެކިޔުންތައް އާންމުކުރުމަށް ރާވާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި އަހަރުގެ އޮގަސްޓު މަހު ޕްރިވިއު ވާޝަނެއް ނެރުމަށްފަހު، ޓެންސެޓުން ކުރިއަށް ގެންދާ އޭއައި ޕޯޓްފޯލިއޯއަށް އިތުރުކުރެވުނު އެންމެ ފަހުގެ ވަސީލަތަކީ ހައި4 ކަމަށްވާއިރު، މާލީ ދިރާސާކުރުމާއި، ސައިންޓިފިކް ދިރާސާތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުން މި އައު މޮޑެލްގެ ސަބަބުން ރަނގަޅު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް